Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރެސްޓޯރެންޓުތަކާއި ކެފޭތައް

ރެސްޓޯރެންޓުތަކާއި ކެފޭތަކުން ރޭގަނޑު 11:30 އާހަމައަށް ޑައިނިންގގެ ޚިދުމަތް ދެވޭނެ

7 ޖުލައި 2021 | ބުދަ 10:43

މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖުލައި 2021 | ބުދަ 10:43
މިނޫޝިއާ ރެސްޓޯރެންޓް

މިނޫޝިއާ ރެސްޓޯރެންޓް

ރެސްޓޯރެންޓުތަކާއި ކެފޭތަކުން ރޭގަނޑު 11:30 އާހަމައަށް ޑައިނިންގ ގެ ޚިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މި މަހުގެ އެއްވަނަ ދުވަހު ލުއިތައް ދީފައިވާއިރު ސަރުކާރުން މިވަނީ އަނެއްކާވެސް ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީފައެވެ. އެގޮތުން ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރެސްޓޯރެންޓުތަކާއި ކެފޭތަކުން ރޭގަނޑު 11:30 އާހަމައަށް ޑައިނިންގގެ ޚިދުމަތް ދިނުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށާއި ކަނޑައެޅިފައިވާ މިންގަނޑުތައް ތަންފީޒުކުރުމާއި މޮނިޓަރ ކުރުން ހަރުދަނާ ކުރާނެ ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ކުރިން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ދިން ލުއިތަކުގެ ތެރޭގައި ރޭގަނޑު އަށެއް ޖެހުމާ ހަމައަށް ޑައިނިންގގެ ޚިދުމަތް ދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ސިނަމާތައް ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ހުޅުވާލާފައިވާއިރު ރީޓެއިލް ޚިދުމަތް ދޭ ތަންތަނަށް ކާފިއު ގަޑި ބަދަލުވުމާ ގުޅިގެން ޚިދުމަތްދޭ ތަންތަން ބަންދުކުރާ ގަޑިތައް މި ވަނީ އިތުރުކޮށްފައެވެ.

ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުންނާއި އަމިއްލަ ޖިމް، ސެލޫން ވިޔަފާރި ހިންގާ ފަރާތްތަކުން ވަނީ އެތަންތަން ބަންދުކުރުމާ ގުޅިގެން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް ކެފޭ/ރެސްޓޯރެންޓުތަކުން ޑައިން އިން ގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ އެމީހުންގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާކަމަށް ބުނެފައެވެ. ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގެއްލުންވާތީވެ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަކި ޕްލޭންތަކެއް ވެސް ތައާރަފުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

26 މާރިޗު 2020

ކޮވިޑް-19: އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި

26 މާރިޗު 2020
ކޮވިޑް-19: އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި
15 ޖެނުއަރީ 2019

ރޭގަނޑު ފްލައިޓްތައް ފެށުމުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ: އައިލެންޑް އޭވިއޭޝަން

15 ޖެނުއަރީ 2019
ރޭގަނޑު ފްލައިޓްތައް ފެށުމުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ: އައިލެންޑް އޭވިއޭޝަން
15 ޖެނުއަރީ 2019

މޯލްޑިވިއަނުން ތިމަރަފުއްޓަށް ރޭގަނޑު ޝެޑިއުލް ފްލައިޓްތައް ފަށައިފި

15 ޖެނުއަރީ 2019
މޯލްޑިވިއަނުން ތިމަރަފުއްޓަށް ރޭގަނޑު ޝެޑިއުލް ފްލައިޓްތައް ފަށައިފި
15 މެއި 2018

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި

15 މެއި 2018
ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް