Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ އަދި އޯޑެކް އިން ޕާޓްނާޝިޕް ހެދުން

އުރީދޫ މޯލްޑިވްސްއިން އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމާއެކު ޕާޓްނާޝިޕް ހަދައިފި

މި ޕަރޓްނަރޝިޕްގެ ދަށުން ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ޑޮކްޓަރަށް ދައްކަން އިތުރަށް ފަސޭހަވެގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2020 | އާދީއްތަ 16:08
އުރީދޫ މޯލްޑިވްސްއިން އޯޑެކް އާއި އެކު ޕާޓްނާޝިޕް ހެދުން

އުރީދޫ މޯލްޑިވްސްއިން އޯޑެކް އާއި އެކު ޕާޓްނާޝިޕް ހެދުން

އުރީދޫ މޯލްޑިވްސް އާއި ސްރީލަންކާގެ ޓެލެމެޑެސިން ޕްލެޓްފޯރމް، އޯޑޮކްގެ ޕާޓްނަރޝިޕް މިއަދު އިއުލާނުކޮށްފިއެވެ.

ސްރީލަންކާ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ މި ޕްލެޓްފޯރމް އަކީ ޕޭޝަންޓުންނާއި ޑޮކްޓަރުން، ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯރމްއެކެވެ.

Advertisement - businessAdvertisement

އުރީދޫއިން ބުނީ މި ޕަރޓްނަރޝިޕް ގާއިމް ކުރެވިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ޚިދުމަތްތަކާ ދިވެހި ރައްޔިތުން (ރާއްޖޭގައި ތިބެގެން) ގުޅުވާލަދިނުމުގެ މަގްސަދުގައެވެ. މި ޕަރޓްނަރޝިޕްގެ ދަށުން އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން އިން ފައިސާ ދައްކާލެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ އޯޑޮކް އާއި އެކު ގާއިމްކުރެވުނު ޕަރޓްނަރޝިޕްގެ ދަށުން ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ޑޮކްޓަރަށް ދައްކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އޯޑޮކް އަކީ ޕޭޝަންޓުން ގޭގައިތިބެގެންވެސް ޑޮކްޓަރުންނާއި ގުޅުވާލަދީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާ ގުޅުވާލަދޭ ވަރަށް ފުރިހަމަ ޕްލެޓްފޯރމްއެއް ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ، ނަޖީބް ޙާން ވިދާޅުވީ ދުނިޔެ މިއަދު އޮތް ހާލަތުގައި އޯޑޮކް ފަދަ ޓެލެމެޑިސިން ޕްލެޓްފޯރމްތައް މެދުވެރިކޮށް ލިބޭ ޚިދުމަތްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައި ކަމަށާއި، ގޭގައި ތިބެގެން ސްރީލަންކާގެ ފުންނާބު އުސް ޑޮކްޓަރުންނާއި އޯޑޮކް މެދުވެރިކޮށް ގުޅާލެވޭއިރު، ދަތުރުގެ ހަރަދު އަދި ލަންކާގައި ތިބުމުގެ ހަރަދު ކުރަންނުޖެހި ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދިއުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އޯޑޮކް ވަރޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޑޮކްޓަރުންވެސް އޯޑޮކް ޕްލެޓްފޯރމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސްތު ލިބިގެންދާނެއެވެ. އޯޑޮކް ޕްލެޓްފޯރމްގެ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓަރއެއްގެ ގޮތުގައި ރެޖިސްޓަރވެ މަދުވެގެން 5 އަހަރުގެ ތަޖުރިބާހުރި ޑޮކްޓަރުންކަމުގައި އެ ޕްލެޓްފޯރމްއިން ޔަގީންކޮށްދެއެވެ. ޕްލެޓްފޯރމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއި އެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެއެވެ.

އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ހޯދުންތަކުން ދައްކާގޮތުގައި ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން 75 އިންސައްތަ ފަހަރު، އެކަމަކީ ވީޑިއޯ ކޯލް ނުވަތަ ފޯންކޯލް މެދުވެރިކޮށް ވެސް ރަނގަޅަށް ފަރުވާކުރެވޭނެ ކަންކަމެވެ. އަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު މީހުންގެ ދިރިއުޅުން ވެސް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ޑިޖިޓަލްވަމުންނެވެ. އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ގުޅުވާލަދެވޭ މި ޒަމާނުގައި ޓެލެމެޑިސިންގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. މިގޮތުން އޯޑޮކް ވެސް ވަނީ ސްރީލަންކާގައި މަގުބޫލުކަން ހޯދާ، 200،000 އަށް ވުރެ ގިނަ މީހުންގެ އިތުބާރު ހޯދާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު