Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ޖަބާލިޔާ ކޭމްޕަށް އިޒްރޭލުން ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފި

ޒަޚަމްވި މީހުންގެ އަދަދު ގިނަ ކަމާއެކު އެއެންމެންނަށް ފަރުވާދޭނެ ވަސީލަތްތައް ހޮސްޕިޓަލުގައި ނެތް ކަމަށް އަލް-އަވްދާ ހޮސްޕިޓަލުން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2024 | ހޮނިހިރު 01:25
ޣައްޒާގެ އެކި ސަރަހައްދުތަަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ބޯ ދުން އަރަނީ، އޮކްޓޯބަރ 17، 2024

ޣައްޒާގެ އެކި ސަރަހައްދުތަަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ބޯ ދުން އަރަނީ، އޮކްޓޯބަރ 17، 2024

އިޒްރޭލުން ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާ ކޭމްޕަށް ދިން ހަމަލާއެއްގައި މަދުވެގެން 33 ފަލަސްތީނު މީހުން ޝަހީދުވެ، 80 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިއްޖެއެވެ.

މި ކޭމްޕަށް ޔަހޫދީ ސިފައިން ހަމަލާ ދިން އިރު، އެ ސަރަހައްދު ހިސޯރުކޮށް، ކޭމްޕްގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ދަތިތައް ކުރިމަތި ކުރަމުންދާތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ފާއިވެފައިވާކަން ފާހަގަ ކުރެވެއެވެ.

އެ ސަރަހައްދުގައި ދިިރިއުޅޭ މީހުން ބުނާ ގޮތުގައި އިޒްރޭލު ސިފައިން ކޮންމެ ދުވަހަކު ގެންދަނީ އެ ކޭމްޕްގެ ގިނަ އަދަދެއްގެ ގެތަކަށް ހަމަލާދީ ހަލާކުކުރަމުންނެވެ. މިކަން ކުރަނީ ވައިގެ މަގުންނާއި، އެއްގަމު މަގުން ހަމަލާދީ، އަދި އިމާރާތްތަކުގައި ބޮން ހަރުކޮށް ދުރުގައި ތިބެގެން ގޮއްވާލައިގެންނެވެ.

އަލް-އަވްދާ ހޮސްޕިޓަލުގެ އެކްޓިންގ ޑިރެކްޓަރ ޑރ. މުޙައްމަދު ސަލްޙާ އަލް-ޖަޒީރާ އަށް މައުލޫމާތު ދެމެން ބުނެފައިވަނީ ޖަބާލިޔާއަށް އިޒްރޭލުން މި ދިން އެންމެ ފަހުގެ މަރުގެ ހަމަލާގައި އަނިޔާވި 70 އެއްހާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކެއް އެ ހޮސްޕިޓަލަކު ނެތެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަން އޭނާ ފާހަގަ ކުރިއެވެ.

ޙަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު ޝަހީދު ކޮށްލުމަށްފަހުވެސް ހަމާސް ބުނެފައިވަނީ އިޒްރޭލަށް އަމާން ނުދޭނެ ކަމުގައެވެ. އެ ޖަމާޢަތުން ބުނާ ގޮތުގައި "ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާ، އިޒްރޭލުގެ ސިފައިން އެއްކޮށް ފަހަތަށް ޖެހި، އިޒްރޭލުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު މީހުން ދޫކޮށްނުލާހާ ހިނދަކު،" އެ ޖަމާއަތުގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން ދޫކޮށް ނުލާނެއެވެ.

2023 އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 42،500 މީހުން މަރުވެ، 99،546 މީހުންނަށް އަނިޔާވެފައިވެއެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު