Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައްސާމުގެ އެޕާޓްމަންޓް

ބައްސާމް ހަވާލުކުރި ދެ އެޕާޓްމަންޓްގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ބަލައިނުގަތް

އެޕާޓްމަންޓް ހަވާލުކުރީ މި މަހުގެ 6 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 10:01
2 އެޕާޓްމަންޓް އަތުލި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މި މަހުގެ 8 ވަނަ ދުވަހު

2 އެޕާޓްމަންޓް އަތުލި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މި މަހުގެ 8 ވަނަ ދުވަހު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަގު ބޮޑު ދެ އެޕާޓްމަންޓު ދިވެހި ފުލުހުންގެ އެންގުމާ އެއްގޮތަށް، އެ ޚިދުމަތާ ހަވާލު ކޮށް, އަނބުރާ އެ ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތެވެ.

ހުޅުމާލޭ އަމީން އެވެނިއުގައި ހުރި ބައްސާމްގެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އަމުރުކޮށްފައި ވަނީ ކޯޓުންނެވެ. އެހެންކަމުން، ހުޅުމާލޭ އަމީން އެވެނިއުގައި ހުރި ބައްސާމްގެ އަގު ބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް އެންމެ ފުރަތަަމަ އެންގީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ކުރިންނެވެ. އެހެން ނަމަވެސް، ބައްސާމްގެ އެދުމުގެ މަތިން ފުލުހުން ވަނީ އެ މުއްދަތު އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހަށް އިތުރު ކޮށްދިނުމަށް ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ފުލުހުންނަށް އަމާޒުވެފައި ވަނިކޮށް، އެ ޚިދުމަތުން ވަނީ އަންގާރަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން އެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ބައްސާމަށް އަންގައިފަ އެވެ. އަދި އެ އެންގުމާ އެއްގޮތަށް އަންގާރަ ދުވަހުގެ ރޭ 12 ގެ ކުރިން ބައްސާމް ވަނީ އެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް އެ ޚިދުމަތުން ބުނެ އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމީ ހައިކޯޓުގެ ރަޖިސްޓްރާއެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައި ނުވެއެވެ. ނަމަވެސް ރަޖިސްޓްރާ ނިންމާ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން މުރާޖައާ ކުރެވޭނެއެވެ. އިސްތިއުނާފަށް މި މައްސަލަ ހުށަހެޅީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

ބައްސާމާ ދެކޮޅަށް ކުރިއަށް ގެންދާ ތަޙުޤީގަށް އެނގިފައިވާ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ކޯވިޑް-19 ގެ އާލަމީ ބަލިމަޑު ކަމުގެ ތެރޭގައި އެފްއޭއެމަށް ލޯނުގެ ގޮތުގައި ދީފައިވާ އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ބައްސާމް ވަނީ އަމީން އެވެނިއު އިން އެޕާޓްމަންޓު ގަނެފަ އެވެ. ކޯވިޑު ލޯނުގެ ގޮތުގައި ފީފާ އިން ދީފައި ވަނީ 1.9 މިލިއަން ޑޮލަރެވެ.

އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން ދެ ދަޢުވާއެއް ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑަރިންގެ ދައުވާ އެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑާ ކުރުމަށް ބޭނުން ކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު