Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ އާއި އިންޑިއާގެ ގުޅުން

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

އިންޑިއާގެ ބޭނުމެއް ޖެހުމުން އިންޑިއާގެ އުނގަށް ސަރުކާރު ވެއްޓުނީކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް މި ބޭނުންތަކާއި މުހުތާދުތައް ފުދުމުން އަނެއްކާ ވެސް އިންޑިއާ އަށް ބަދު ބަސް ބުނެ އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތްތޯ މިއީ އުފެދޭ ސުވާލެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2024 | ހުކުރު 15:18
ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒިރު މޯދީ

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒިރު މޯދީ

ފެނުކައްކާ ބޮލީގެ އިއްޒަތް ދިނުމޭ ބުނަނީ ބޭނުން ޖެހުމުން ނެގުމަށް ފަހު އޭގެ ބޭނުން ކެނޑުމުން އެއްލާލާ އެއްލާލުމަށެވެ. އިހަކަށް ދުވަހު ރައީސް މަނިކުފާނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާއި އެކު އެ ފުރިހަމަވީ އިންޑިއާ އާއި މެދު ދައްކަމުން އައި ވާހަކަ 360 ދަރަހަޖަ އަށް ބަދަލުވެގެން އައި ބަދަލުވުމެކެވެ. މިއަދު ރާއްޖެ އަށް އިންޑިއާ މުހިންމުކަން ސަރުކާރަށް ވިސްނިވަޑައިގެންފިއެވެ. ވަރުވަރުން ދައްކަވާ ވާހަކައަކީ ދެ ޤައުމުގެ ތާރީޚީ ގުޅުމުގެ ވާހަކައެވެ. ދެ ޤައުމުގެ ގުޅުމުގެ ބާރުގަދަ ކަމާއި ތަފާތު އެތައް ގޮތަކުން އިންޑިއާގެ މުހިންމުކަމުގެ ވާހަކަ ދައްކާ ކޮޅުން ނުލައެވެ. ޚުދު ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ ދުލުން ވެސް އިންޑިއާގެ ހެޔޮކަމުގެ ވާހަކަ ދައްކާ ވަރުބަލިވާ ގޮތެއް ހަމަ ނުވަނީއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު އިންޑިއާގެ ބޭނުން ސަރުކާރަށް ވިސްނިގެން އުޅޭ ކަހަލައެވެ. އިންޑިއާ އައުޓްގެ ގަދަ އަޑާއި އެކު ވެރިކަމަށް ވަޑައިގެން އަހަރެއް ވީ އިރު އިންޑިއާ ވަރުގެ ގާތް ބަޔަކު ވެސް ނެތެވެ. އެވަރު ހެޔޮ ބަޔަކު ވެސް ނެތެވެ. އެއަށް ވުރެ މުހިންމު ބަޔަކު ވެސް ނެތެވެ.

ވެރިކަމަށް ވަޑައިގެން ޖެއްސެވި އުކުޅަކީ ޗައިނާ އާއި ގާތްވުމެވެ. އެހެނަސް ހީކުރި ފަދަ ގާތްކަމެއް ޗައިނާގެ ކިބަޔަކުން ނުފެނުނެވެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުން ޗައިނާ އިން އެދެނީ އިންޑިއާ ދޫކޮށް ޗައިނާ އާއި ގާތްވުމަށެވެ. އެހެނަސް ބައިނަލްއަޤުވާމީ މަޝްރަހާއި ސަރަހައްދީ ހަމަޖެހުމުގެ ގޮތުން ބަލާ އިރު އެއީ ރާއްޖެ އަށް ކަތާވަރުގެ ނިންމުމަކަށް ނުވެއެވެ. ގައުމުތަކުން އެ ގޮތް ބޭނުން ނުވުމެވެ. އެހެންކަމުން ރާއްޖެ އަށް އިންޑިއާ އާއި ގުޅުން ގޯސްވުން އެއީ މި ވަގުތު އޮތް އޮޕްޝަން އެއް ނޫނެވެ. ރާއްޖޭގެ ތިޖޫރީގައި އެކައްޗެއް ނެތަސް ގައުމު ހިންގާނެ ކަމަށް ސަރުކާރުން ޖެހި ހިސާބު ދިމައެއް ނުވިއެވެ. އެހެންވީމަ ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމުގައި ވެސް އިންޑިއާގެ އެހީ މުހިންމު ނޫންކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތެވެ. ރާއްޖޭގެ ފިޗް ރޭޓިން ދަށްކުރުމުގެ ކުރިން ރާއްޖޭގެ ރޭޓިން ދަށް ކުރުމުގެ ކުރިން އެހީއަށް އެދި ރައީސް އިންޑިއާއަށް ފޮނުއްވި ސިޓީފުޅުން އިންޑިއާ އާއި ގާތްކަން ބާއްވާން ބޭނުންވީ ރާއްޖެއިން އިސްވެކަން ސާފުކޮށް އެނގި ހާމަވެއެވެ. ކޮންމެއަކަސް އެއަށް ފަހު މިއަދު ސަރުކާރުގެ ވާހަކަ ހުރި ރާގަށް ބަލާލަމާތޯއެވެ.

ދިވެހިރާއްޖެއަށް ބޮޑުވެގެންދިޔަ ކޮންމެ ހާލަތެއްގައި އެންމެ އެހީތެރިވެދިން ގައުމަކީ އަވައްޓެރި އިންޑިއާ ކަމަށް ރައީސް ވިދާޅުވުމުން ފެށިގެން ހުޝާމަތުގެ އެތައް ބަހެއް ސަރުކާރުގެ ކިބައިން ފެނިގެން ހިނގައްޖެއެވެ. މިއަދު ވިދާޅުވަނީ ކަމެއް ދަމެއް ބޮޑުޑުވެގެން ދިޔަ ކޮންމެ ހާލަތެއްގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ފުރަތަމަ އިސްކަން ދިން އެއް ގައުމަކަށް ވާނީ އަދި ބައެއް ފަހަރު އެންމެ ފުރަތަމަ އިސްކަން ދިން ގައުމަކަށް ވެސް ވަނީ އިންޑިއާ ކަމަށެވެ. މި ހަގީގަތް ސަރުކާރަށް ވިސްނުނީ އިންޑިއާގެ ބޭނުމެއް ޖެހުނީމައެވެ. ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަމަށްޓަކައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަކޮށް އޮތުން މުހިންމުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ވެސް ހުރީ ހަމައެ ގޮތުގައެވެ.

މިއަދު ތަމްރީންތަކަށް ވެސް އިންޑިއާ ވަރެއް ނެތެވެ. ދެމެހެއްޓެނެވި ތަރައްގީގެ އަމާޒަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޑިޖިޓަލް ހައްލުތައް ހޯދައިދޭން ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމަށް ވެސް އިންޑިއާ މުހިންމު ކަމަށް ވިދާޅުވަނީ ޙުދު ސަރުކާރުންނެވެ. އިއްޔެ އާއި ހަމައަށް ގޯސްކަމަށް ބުނި އުތުރުތިލަފަޅު އެއްބަސްވުމާއި މެދު ކުރިން ދެއްކި ވާހަކަތައް ކެންސަލްކޮށް އުތުރުތިލަފަޅުގައި އިންޑިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދާ އަސްކަރީ ބަނދަރުގެ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން އެ ވަނީ ނިންމާފައެވެ. އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު ރާޑަރުތަކެއް ބަހައްޓަން ދެގައުމުގެ ސަރުކާރުން އެއްބަސްވީވެސް ހަމަ މި ބީދައިންނެވެ. އިންޑިއާގެ އެހީގައި ހދ. އަތޮޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށާއި ހއ.އަތޮޅުގައި މަސްބަންދުކުރާ ކާރުހާނާއެއް އަޅަން ވެސް އެއްބަސްވިއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު އިންޑިއާގެ ބޭނުމެއް ޖެހުމުން އިންޑިއާގެ އުނގަށް ސަރުކާރު ވެއްޓުނީކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް މި ބޭނުންތަކާއި މުހުތާދުތައް ފުދުމުން އަނެއްކާ ވެސް އިންޑިއާ އަށް ބަދު ބަސް ބުނެ އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތްތޯ މިއީ އުފެދޭ ސުވާލެކެވެ.

ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންޑރ. މުހައްމަދު މުއިއްޒުމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު