Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތުގެ ސިއްހަތު

ހިތުގެ ސިއްހަތަށް ދޭ މުހިއްމުކަން އިތުރުކުރަންޖެހޭ: މިނިސްޓަރު ހަލީލު

ކޮންމެ މީހަކު ވެސް ހެލިފެލިވެ އުޅުމަށާއި ރަނގަޅު އާދަތައް ގައިގައި އަށަގަންނަވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2024 | ހޯމަ 08:03
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތުގައި ހެލްތް މިނިސްޓަރު ވާހަކަދައްކަވަނީ

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތުގައި ހެލްތް މިނިސްޓަރު ވާހަކަދައްކަވަނީ

ހިތުގެ ސިއްހަތަށް ދޭ މުހިންމުކަން އިތުރުކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތުގައި މިނިސްޓަރު ހަލީލު ވިދާޅުވީ ހިތުގެ ސިއްހަތަށް ދޭ މުހިންމުކަން އިތުރު ކުރަންޖެހޭ ކަމަށާއި، ހަރަކާތްތެރިވުމަށް ހިތް ބޭނުން ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް އަމިއްލައަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ ހިތުގެ ވިންދު ރަނގަޅުކޮށް، ހުރިހާ ގޮތަކުން ވެސް ބެލުމަކީ އަމިއްލަ މީހާގެ އަތުގައި އޮތް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ މީހަކު ވެސް ހެލިފެލިވެ އުޅުމަށާއި ރަނގަޅު އާދަތައް ގައިގައި އަށަގަންނަވަންޖެހޭ ކަމަށެވެ.

ދިރިހުރުމަށްޓަކައި އެކަންކަމަށް ފަރުވާ ކުޑަނުރުމަށް މިނިސްޓަރު ހަލީލު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަ ނަމަވެސް އާންމުންގެ ސިއްހީ މައްސަލަތައް ގިނަ ކަމަށާއި، އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން 2023-2015 ވަނަ އަހަރަށް އުމުރުން 65-15 އަހަރުގެ 4.7 އިންސައްތަ މީހުންނަށް ހިތުގެ ބައްޔާއި ސްޓްރޯކް ޖެހޭކަމަށް ރާއްޖޭގައި ހެދި ދިރާސާއަކުން ދެއްކި ކަމަށެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ބައިސްކަލް ރޭހަކާއި އިތުރު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތްތަކުގައި ކުޑަކުދިންނާއި، ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންވީ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު