Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެސްއެމް ހިޔާނާތް

ޕީއެސްއެމް ހިޔާނާތުގެ މައްސަލަ ޖުލައި މަހުން ފެށިގެން ދަނީ ތަހުގީގު ކުރަމުން: އޭސީސީ

29 ސެޕްޓެމްބަރު 2024 | އާދީއްތަ 14:21

މި މައްސަލައިގެ ''ޕްލިމިނަރި ތަހުގީގު'' ނިންމައި އިތުރަށް ދަނީ ތަހުގީގު ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2024 | އާދީއްތަ 14:21
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހިޔާނާތުގެ މައްސަލަ ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު އޭސީސީން ބުނީ ޕީއެސްއެމްއިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭސީސީން ބުނީ މި މައްސަލައިގެ ''ޕްލިމިނަރި ތަހުގީގު'' ނިންމައި އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ހުރުމާއެކު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެކޮމިޝަނުން ބުނީ މި މައްސަލައާއި ގުޅުންހުރި ޕީއެސްއެމްގެ ޚާއްސަ އޮޑިޓް ކުރިއަށް ދިޔައިރު އޮޑިޓަރ ޖެނެރަލް އޮފީހުން މި ކޮމިޝަނާ މަޝްވަރާކޮށް، މައްސަލައާއި ގުޅުންހުރި ހެއްކާއި ގަރީނާއަށް އަސަރު ނުކުރާނެ ގޮތަށް ދެ މުއައްސަސާއިން އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އޭސީސީގެ އޮފިޝަލް ވިދާޅުވީ މި މައްސަލައަކީ ޕީއެސްއެމްއިން އެ ކޮމިޝަނަށް ހުށަހަޅައިގެން ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި، ތަހުގީގު ކުރިއަށްދާވަރަކުން މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ އޮޑިޓް ރިޕޯޓްބުނާ ގޮތުގައި ޕީއެސްއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ ނެގި ފައިސާއިން ނުވަ މިލިއަން ރުފިޔާ މަދުވާކަން ފާހަގަކުރެވެއެވެ. އަދި ޑޮލަރު ގަތުމުގެ މުއާމަލާތްތަކުގެ ތެރެއިން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފު އާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

އޮޑިޓް ރިޕޯޓުގެ މައުލޫމާތަށް ބަލާއިރު، ޑޮލަރު ގަތުމުގެ ނަމުގައި އެ ކުންފުނީގެ ބޭންކު އެކައުންޓުން 4،583،701ރ. ވަނީ ގެއްލިފައެވެ. އަދި 2017 އިން 2024 ގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އަދި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ 4،260،295ރ. ގެއްލިފައިވާކަން އެ ރިޕޯޓުން އެނގެއެވެ. މީގެ އިތުރުން ތިޖޫރީން 190،087ރ. ގެއްލިފައިވާ ކަމަށް ވެސް އެ ރިޕޯޓުން ހާމަވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް