Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒަށް ބަންޑުންކޮށްލި ފަލަސްތީނު ރައީސްގެ "އުދާސް"ތައް

އެނބުރި ވަޑައިގަންނަވަމުން ފަލަސްތީނުގެ ޓީމުގާތު ރައީސް އައްބާސް ވިދާޅުވިއެވެ. ނޫނޭވާ މޮޅެވެ. ދެއްކުންތެރިއަސް އެއީ ފުކެއް ބޮޑުވަރެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2024 | ހުކުރު 10:44
ފަލަސްތީނުގެ ރައީސް އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

ފަލަސްތީނުގެ ރައީސް އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު

ހޭލެވުނީމާވެސް ވިސްނުނީ އެ ހުވަފެނާމެދުއެވެ. ހިތަށް އެރިއެވެ. މީހުން ބުނެ އުޅެއެވެ. ހުވަފެނަކީ ބިލާހެކެވެ. އެކަމަކު ހުވަފެންތަކާ ބައެއް ކަންކަމުގެ ހަގީގަތާވެސް ގުޅެއެވެ.

އެބީދައިން އިހަށްރޭ ފެނުނީ އާދައިގެ ހުވަފެނެއް ނޫނެވެ. މިހާރު އދ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާފައެވެ. ހުވަފެނުގައި ފެނުނީ އެ ބައްދަލު ކުރެއްވުމެވެ. ފަލަސްތީނުގެ ޓީމަކާ ރާއްޖޭގެ ޓީމަކުން ހިމެނޭ ގޮތައް ބޭއްވި ބައްދަލުވުމެކެވެ. ހުވަފެނުގައި އަހަރެންނަށްވެސް އިނދެވެނީ އެބައްދަލުވުން ތެރޭގައެވެ. އެ ޓީމުގައިވެސް ހިމެނިގެންނެވެ.

ކުފިއްޔާ ސްކާފް އަޅުއްވައިގެން ތިއްބެވި ރާއްޖޭގެ ޓީމު ފެނިފައި ފުރަތަމަވެސް މަހްމޫދު އައްބާސް ގާތައް އައީ އާދައިގެ ރަކި ހިނިތުން ވުމެކެވެ. އަދި އެއްސެވިއެވެ. ހާދަހާވާ ރީއްޗެވެ. ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ތިމަންމެން ފަލަސްތީނުގެ ހައްގުގައި ސާބިތުވެ ތިބިކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. ތިމަންމެން މިތިބީ ފަލަސްތީނަށް ވީހާލެއްގައި ވުމަށެވެ. ހީނލާފައި މަހްމޫދު އައްބާސް ވިދާޅުވީ ހާދަހާވާ ރަނގަޅެވެ. އެކަމަކު ކުރީދުވަހު ޕޯޑިއަމްގައި ހުންނަވައިގެން ތަގްރީރު ކުރެއްވިއިރު ތިޔަ ސްކާފް އެޅުއްވިނަމަ ހާދަހާވާ ރަނގަޅުވީސްތާއެވެ. އޭރުން އެމެރިކާއާއި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ތިޔަބޭފުޅުން ތިއްބެވިގޮތް އެނގޭނެތާއެވެ. އެހެން ދެއްތޯއޭ ވިދާޅުވެ މުއިއްޒު ކުޑައިކޮށް ރާގު ބަދަލު ކުރެއްވިއެވެ.

އަނެއްކާވެސް މުއިއްޒު ވިދާޅުވިއެވެ. އަޅުގަނޑުމެން އަބަދުވެސް ފަލަސްތީނަށްޓަކައި ކުރެވެންހުރި ކޮންމެ ކަމެއްވެސް ކުރާނަމެވެ. ބަޔަކު މީހުން ކިތައްމެ ރުޅިއަސް ވަރިހަމައެވެ. އެއާއެކު މަހްމޫދު އައްބާސް ޝުކުރުވެރިކަމާއެކު އެކަން ފާހަގަކޮށް ވިދާޅުވިއެވެ. ކުރީގެ ސަރުކާރުކާރުގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރަމުން އައި ދުއާ މިދޭތެރެއިން މެދުކަނޑުއްވާލެއްވިން ދެއްތޯއެވެ. މުއިއްޒު ވިދާޅުވީ އެހެންތޯއެވެ. އަޅުގަނޑު ޖެހޭނީ ތިޔަކަން ބަލާލާށެވެ. ކޮންމެވެސް ނޫހެއްގައި ތިޔަ ވާހަކަ އޮއްވާ އަޅުގަނޑުވެސް ދުށީމެވެ. ތިޔަކަން ހިނގިގޮތް ސާފުކޮށްލާނަމެވެ.

އަނެއްކާވެސް އެހެން ވާހަކައަކަށް ބަދަލު ކޮށްލުމުގެ ގޮތުން ރައީސް މުއިއްޒު ވިދާޅުވިއެވެ. އަހަރަމެންނީ ވަރަށް ކުޑަ ގައުމެކެވެ. އެކަމަކުވެސް ވީވަރަކުން ފަލަސްތީނަށް މިދަނީ އެހީވަމުންނެވެ.

މަހްމޫދު އައްބާސް ވިދާޅުވީ ހާދަހާވާ ހެޔޮފުޅެވެ. އެކަމަކު ތިޔަބޭފުޅުން ބޭއްވި ޓެލެތޯނަކުން ފައިސާތަކެއް ލިބުނު ވާހަކައާއި ކުރީގެ ސަރުކާރުން ދޭން ކަނޑައެޅި މަސްދަޅުތަކެއްގެ ވާހަކަވެސް އަޑު އެހީމެވެ. އެކަމަކު އަދި އެޔެއް މިކޮޅަކަށް ނުގެނެވޭ ދޯއެވެ. މުއިއްޒު ވިދާޅުވީ އެހެންތޯއެވެ. އެކަމަކު އަހަރެން މިހުރީ އެތަކެތި ފޮނުވައިގެން ކަމަށެވެ. ތިޔަ ވީގޮތެއްވެސް ޖެހޭނީ ބަލާލަން ކަމަށެވެ.

މިފަހަރުވެސް ވާހަކަ އެހެންދިމާލަކަށް އަނބުރާލަމުން ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލުގެ އެއަމަލު ހަރުކަށިކޮށް ކުށްވެރިކުރަން ކަމަށެވެ. މުޅިދުނިޔެއަށްވެސް އެކަން ދައްކުވާނަން ކަމަށެވެ.

މިފަހަރުވެސް މަހްމޫދު އައްބާސް ޖަހާލީ ހިނިގަނޑެކެވެ. އަދި ވިދާޅުވިއެވެ. ހާދަހާވާ ކުޅަދާނައެވެ. އެކަމަކު ހަނިއްޔާ މަރާލުން ކުށްވެރި ކުރެވުނީ ތަންކޮޅެއް ލަހުން ދެއްތޯއެވެ. އަދި ޣައިބަށް ކަށުނަމާދު ކުރުންވެސް މަޖްބޫރެއް ނުކުރަން ދެއްތޯއެވެ. އެވާހަކަ އަޑުއަހާފައި ރައީސް މުއިއްޒު ކުޑަކޮށް ރަކިވާގޮތްވިއެވެ. އެކަމަކު އެއަށްވެސް ބަސްފުޅެއް ވިދާޅުވިއެވެ. ވިދާޅުވީ އެއީ އެރި އޮޅުމެއް ކަމަށެވެ. އިއުލާން ޓައިޕްކުރި ކުއްޖާއަށް ހެދުނު މިސްޓޭކެކޭވެސް ވިދާޅުވިއެވެ. އެއާއެކު އައްބާސްގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ވިދާޅުވިއެވެ. އެކަމަކު އިސްލާމިކް މިނިސްޓަރާއި ބައެއް ޝޭޚުންގެ ވާހަކަތަކެއް ތިމަންނާވެސް ނޫހުގައި އޮއްވާ ދުށީމެވެ.

އިތުރަށް އެއްޗެއް ވިދާޅުނުވެ މުއިއްޒު ދެންވެސް ފެށްޓެވީ އާ ވާހަކައެކެވެ. ވިދާޅުވީ މިއުޅެނީ އިޒްރޭލު މީހުންނަށް ވަރުގަދަ ލަގާއެއްވެސް ދޭން ވެގެން ކަމަށެވެ. އެމީހުން ފަލަސްތީނުގެ ރައްޔިތުން މަރާފައި އުފާކުރާން ރާއްޖެ އަޔަ ނުދޭން ވެގެންނެވެ. އެމީހުންގެ ޕާސްޕޯޓް މިއުޅެނީ މަނާކުރަން ކަމަށެވެ. ވަރަށް ބާރަށް އެކަން ކުރިއަށް އެބަދާކަމަށާއި އޭރުން އެއީ އެމީހުންނަށް ދެވޭ ވަރަށް ވަރުގަދަ ފިލާވަޅަކަށް ވާނެ ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. ވިދާޅުވިއެވެ. ތިޔަކަން ދެން މިހާރު ތިޔައޮތީ އިބިލީހުގެ ކައިވެންޏަށް ވެފައިތާއެވެ. އިދިކޮޅު މީހުން އެކަން ހުށަހެޅީމާ ސަރުކާރުން ކެބިނެޓް ބޭއްވި ދުވަހު އަހަރެއް ހީކުރީ ދެންމެދެންމެ އެކަން އެކުރަނީ ކަމަށެވެ. އެދުވަހު ވަޒީރުން ދެއްވި އިންޓަރވިއުތައް މަވެސް ބެލީމެވެ. ތަރުޖަމާކޮށްގެން ވަރަށް ސާފުކުރީމެވެ. ހިތަށް އެރިއެވެ. މުއިއްޒުގެ ސަރުކާރު ހާދަހާވާ ރަނގަޅެވެ. ހާދަހާވާ ހިތްވަރު އެބަހުއްޓެވެ. އެކަމަކު އަދިވެސް ތިޔަވިދާޅުވަނީ އެކަން ކުރާ ވާހަކަ ވިއްޔާއެވެ.

މުއިއްޒު އިންނެވީ އެހެންވިދާޅުވާނެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. ވިދާޅުވިއެވެ. މަނިކުފާނެވެ. ރާއްޖެއަކީވެސް ތިންބާރު ވަކިވެފައި އޮންނަ ތަނެކެވެ. އެކަން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެކަން ކުރެވޭނީ މަޖިލީހުން އެކަން ނިންމެވީމާ ކަމަށެވެ. އެމީހުންގެ މަސައްކަތް ހުރިގޮތުން އަދި އެކަން ނުވެ އޮތީއެވެ. މަޖިލީހުގައި ގެންގުޅޭ ތަރުތީބުން އަދި އެކަން ނުޖެހި އޮތީއެވެ.

އެހެން ހެއްޔޭ ވިދާޅުވެ އައްބާސް އިސްދަށަށް ޖައްސަވާލެއްވިއެވެ.

ކޮންމެއަކަސް ބައްދަލުވުން ނިމި ފޮޓޯތަކާއި ވީޑިއޯތައްވެސް ނަގައި ނިންމާލިއެވެ. އެކަމަކު އެނބުރި ވަޑައިގަންނަވަމުން ފަލަސްތީނުގެ ޓީމުގާތު ރައީސް އައްބާސް ވިދާޅުވިއެވެ. ނޫނޭވާ މޮޅެވެ. ދެއްކުންތެރިއަސް އެއީ ފުކެއް ބޮޑުވަރެވެ. އެބުނާ މަޖިލީހަކުން ވަގުތުން ވަގުތަށް އޭނާއަށް ކަންކަން ނިންމޭކަމާ އެގޮތައް ނިންމާފައި ހުރިކަންވެސް މަ ދެނަހުރީމެވެ. އެކަމަކު ހިތުން އެވަޑައިގަތީ މަށަށް އޮޅުވާލާފައި ތާއެވެ. މަ ހަމަ ކޮސްވެއްޖެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު