Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފީފާގެ ޚާއްސަ ޓީމު ރާއްޖޭގައި

ފީފާގެ ޓީމުން ވަނީ ޕްރޮސެކިއުޓަ ޖެނަރަލް އަލްއުސްތާޛް އައްބާޝް ޝަރީފުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ސެޕްޓެމްބަރު 2024 | ބުދަ 05:24
އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ފީފާގެ ވަފްދާއި ޕީޖީ ބައްދަލުކުރެއްވުން

އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ފީފާގެ ވަފްދާއި ޕީޖީ ބައްދަލުކުރެއްވުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، އެ ކޮމެޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ޚާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރުމަށް ނިންމައި، ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ އައްޔަން ކޮށްފަ އެވެ. ފީފާ އިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު އިންތިޚާބެއް ބާއްވައި، އައު ހިންގާ ކޮމެޓީ އެއްވެސް އިންތިޚާބު ކުރަން ޖެހޭނެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން، އެ ކޮމެޓީގެ މަސައްކަތްތައް ކުރަމުން އަންނައިރު، އެ ކޮމެޓީ އަށް އެހީތެރުވުމަށް ފީފާގެ ޚާއްސަ ޓީމެއް ވަނީ އަންގާރަ ދުވަހު ރާއްޖެ އަތުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ، ފީފާ އިން ރާއްޖެ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ ކޮމެޓީއެއް އައްޔަން ކުރި ފަހުން، ފީފާގެ ޓީމެއް ރާއްޖެ އައިސްފައިވާ ފުރަތަމަ ފަހަރެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު ވިދާޅުވެފައިވާ ގޮތުގައި ފީފާގެ ޓީމު ރާއްޖެ އައިސްފައި ވަނީ އެ ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ދެއްވުމަށެވެ. އަދި ނޯމަލައިޒިން ކޮމެޓީ އަށް ބައެއް ކަހަލަ ގޮންޖެހުންތަކާއި، އުނދަގޫތައް ކުރިމަތިވާާއިރު، އެކަންކަން ޙައްލު ކުރުމަށް ވެސް އެ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. ފީފާގެ ޓީމުން ވަނީ ޕްރޮސެކިއުޓަ ޖެނަރަލް އަލްއުސްތާޛް އައްބާޝް ޝަރީފުއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ދެ ވަނަ ފަހަރަށް ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވާ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ޒުހޫރަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރުން، ހެލްތު މިނިސްޓަރުކަމާއި އަދި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ފަރީހާ ޝަރީފް، އިސްމާއީލް ސިމާން، ގާނޫނީ ވަކީލު އަޙުމަދު މުޢިއްޒު އަދި އަޙުމަދު އަލީ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު