Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޒުހޫރު ވިދާޅުވީ ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް

ނޯމަލައިޒިން މަރުޙަލާ ފެށި، ފުޓުބޯޅަ ސީޒަނެއް ފަށަން ބެލި ނަމަވެސް، މިވަގުތު އެފްއޭއެމްގެ ސްޓެޓިއުޓްސް ގައި ހުރި ބައެއް ކޮމެޓީ ތަކަކީ ހުސްވެފައިވާ ކޮމެޓީތަކެއް ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 06:08
އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު

އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު

ދިވެހި ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނުފެށި ދިގުލައިގެން ގޮސްފައިވާއިރު، ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން، އަދި ކުރީގެ ވަޒީރު އަޙުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ޒުހޫރު މިހެން ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް، ބުދަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، މިއީ އެ ކޮމެޓީން ނޫސްވެރިންނާ ބައްދަލު ކުރި ފުރަތަމަ ފަހަރެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ، ފުޓުބޯޅަ ސީޒަން ފެށޭނެ ވަކި ތާރީޚެއް ދެންނެވެން ނެތް ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޒުހޫރު ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން މަރުޙަލާ ފެށިފައިވާ ކަމަށެވެ. އެ މަރުޙަލާ ފެށި، ފުޓުބޯޅަ ސީޒަނެއް ފަށަން ބެލި ނަމަވެސް، މިވަގުތު އެފްއޭއެމްގެ ސްޓެޓިއުޓްސް ގައި ހުރި ބައެއް ކޮމެޓީ ތަކަކީ ހުސްވެފައިވާ ކޮމެޓީތަކެއް ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވީ އެ ކޮމެޓީތައް އެކުލަވާލައިގެން މެނުވީ، ފުޓުބޯޅަ ސީޒަން ފަށައިގަނެވެން ވެސް ނެތް ކަމަށެވެ. ހަމަ އެއާއެކު ފައިސާގެ ދަތިކަން އިންތިހާ އަށް އޮތް ކަމަށާއި، "ދަރާފައި" ކަމަށް ޒުހޫރު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، ކުލަބުތަކަށް ދޭން ޖެހޭ ފައިސާގެ އަދަދުތަކަށް ބަލާއިރު، އެ ފައިސާ އަކީ މުސްތަޤުބަލުގައި މެނޭޖު ކުރެވޭނެ ފައިސާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުހޫރު ވިދާޅުވީ ކުލަބުތައް ހިންގުމަށް ފައިސާ ދިނުމަކީ އެފްއޭއެމްގެ މެންޑޭޓުގައި އޮތް ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު ކުލަބުތަކަށް ކުޅުންތެރިން ގަތުމާއި، އެކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ދިނުމަކީ ވެސް އެފްއޭއެމްގެ މެންޑޭޓުގައި އޮތް ކަމެއް ނޫން ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސުވާލު ފީފާގެ އިތުރުން، ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)އާ ވެސް ކޮށްފައިވާނެ ކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވީ، އެފްއޭއެމް އަކީ ކުލަބުތަކަށް ފައިސާ ދީގެން، ކުލަބުތައް ހިންގުމުގެ މެންޑޭޓު އޮތް ބައެއް ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން ނޯމަލައިޒިން ކޮމެޓީން ކުލަބުތަކާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި، ކުރީގެ ހިންގާ ކޮމެޓީގެ ފަރާތުން ކުލަބު ތަކަށް ކޮންމެ ވެސް ވަރަކަށް ފައިސާ ލިބިފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ފައިސާ ކުލަބުތަކަށް ދީފައިވާ އެއްވެސް އުސޫލެއް ނޯމަލައިޒިން ކޮމެޓީ އަށް ފެންނަން ނެތް ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އެއާއެކު އެކަން ބަލަމުން އަންނަ ކަމަށާއި، އެފްއޭއެމުން އެގޮތަށް ފައިސާ ދީފައިވާ ގޮތް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނުފެށި ދިގުލައިގެން ގޮސްފައިވާއިރު، އެކަމުގެ ކަންބޮޑުވުން ކުލަބުތަކާއި، ކުޅުންތެރިން ވެސް އަަންނަނީ ފާޅު ކުރަމުންނެވެ. އެންމެ ފަހުން ރާއްޖޭގައި ބާއްވާފައި ވަނީ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024އަހުމަދު ޒުހޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު