Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް މައްސަލަ

ޕެންޓް ހައުސް ގަތުމުން ދައުވާ ކުރަނީ ބައްސާމް، އަގީލް އަދި ދޮނާ އަށް

ބައްސާމް ހުޅުމާލެ އަމީން އެވެނިއުގެ A1205 އެޕާޓްމަންޓާއި A1206 އެޕާޓްމަންޓް ގަނެފައިވަނީ ކޮވިޑްގެ ތެރޭގައި ފުޓްބޯޅަ ކުލަބުތަކަށް އެހީވުމަށް 2021 ވަނަ އަހަރު ފީފާއިން ނެގި ލޯނެއްގެ ފައިސާއިންނެވެ. މި ލޯނުގެ އަދަދަކީ 1919950 (އެއް މިލިއަން ނުވަ ސަތޭކަ ނަވާރަ ހާސް ނުވަސަތޭކަ ފަންސާސް) ޑޮލަރު އެވެ.

ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2024 | ބުދަ 11:57
ބައްސާމް، ދޮނާގެ ސައިކަލް ފަހަތުގައި

ބައްސާމް، ދޮނާގެ ސައިކަލް ފަހަތުގައި

އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެއިދާރާގެ ފައިސާ ބޭނުންކޮށް އަމީން އެވެނިއުއިން އެޕާޓްމަންޓެއް (ޕެންޓް ހައުސް) ގަނެފައިވާ މައްސަލާގައި ދައުވާކުރަން ފޮނުވައިފި އެވެ.

މި ގޮތުން މި މައްސަލާގައި ދައުވާކުރަނީ ބައްސާމާއި އޭނާގެ ގާތް އެކުވެރިޔާ އަދި އެފްއޭއެމުގެ ވަޒީފާގައި ހުރި މ. ހިރިނައިދޫ ހަސަން ވަހީދު (ދޮނާ) އާއި އެފްއޭއެމުގެ ފައިނޭންޝަލް ހެޑް ގއ. ގެމަނަފުށީ ފެހިކުރި މުހައްމަދު އަގީލް އާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށެވެ.

ފުލުހުން މިއަދު ބުނީ ބައްސާމް ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް އެފްއޭއެމުގެ ފައިސާ ބޭނުންކޮށްގެން ގަނެފައިވާ ކަމަށެވެ. އެއީ A1205 އެޕާޓްމަންޓާއި A1206 އެޕާޓްމަންޓް ކަމަށެވެ. އަދި މި އެޕާޓްމަންޓް ގަނެފައިވަނީ ކޮވިޑްގެ ތެރޭގައި ފުޓްބޯޅަ ކުލަބުތަކަށް އެހީވުމަށް 2021 ވަނަ އަހަރު ފީފާއިން ނެގި ލޯނެއްގެ ފައިސާއިން ކަމަށެވެ. މި ލޯނުގެ އަދަދަކީ 1919950 (އެއް މިލިއަން ނުވަ ސަތޭކަ ނަވާރަ ހާސް ނުވަސަތޭކަ ފަންސާސް)ޑޮލަރު އެވެ.

ފުލުހުން ބުނީ އެޕާޓްމަންޓް ގަނެފައިވަނީ މި ޑޮލަރު މާރުކޮށްގެން އެކި ކުންފުނިތަކުން އެފްއޭއެމަށް ދީފައިވާ ފައިސާ ހިމަނައިގެން ކަމަށެވެ. މި ގޮތުން އެފްއޭއެމްގެ ތިން މިލިއަން އައްޑިހަ ހަތަރު ހާސް ރުފިޔާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން މި ފައިސާ އެފްއޭއެމުގެ އެކައުންޓަށް ވަންކަން ދެއްކުމަށް ކުންފުންޏެއް ހަދައި ލިޔެކިއުން އުފައްދާފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ބައްސާމް އެހެން ކަމެއްގައި އެފްއޭއެމުގެ 10000 ޑޮލަރު ބޭނުންކޮށްފައިވާތީވެ އެ މައްސަލައިގައި މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ އިތުރުން މި މައްސަލާގައި ދައުވާ ކުރަނީ އަގީލްގެ މައްޗަށް ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.

އެފްއޭއެމުގެ ފައިސާ އަށް ހިޔާނާތްވެފައިވާތީވެ ބައްސާމްގެ މައްސަލަ ފީފާ އަދި އޭއެފްސީން ވެސް ދަނީ ބަލަމުންނެވެ. މިދިޔަ ޖުލައި މަހު ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އޭނާ ނުވަ މަސްދުވަހަށް ސަސްޕެންޑްކުރީ ވެސް ފީފާއިން ދީފައިވާ އެއް މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާގެ މައްސަލާގަ އެވެ.

ބައްސާމްގެ ގާތް ރަހުމަތްތެރިޔާ ދޮނާ އަކީ މީގެ ކުރިން ވެލެންސިއާގެ ބޯޑު މެމްބަރެއް ވެސްމެ އެވެ. އަދި ބައްސާމްގެ ދައުރުގައި އެފްއޭއެމުން ވެލެންސިއާ ސަސްޕެންޑްކުރީ ވެސް ދޮނާ ހުށަހެޅި މައްސަލައަކާހެދި އެވެ. އަދި ދޮނާ ވަނީ ވެލެންސިއާގެ މައްސަލަ ސިވިލް ކޯޓަށް ވެސް ގެންގޮސްފަ އެވެ. އަދި ދޮނާ އަކީ އެމްއެމްޕީއާރުސީގެ މައްސަލާގައި ވެސް ހިމެނޭ ފަރާތެކެވެ. މީގެ އިތުރުން އަގީލަކީ ބައްސާމްގެ ދައުރުގައި އެފްއޭއެމުގެ މާލީ ހުރިހާ ކަމެއް ބަލަހައްޓަމުން އައި ފަރާތެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު