Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު17 އަހަރުން ދަށުގެ ޤައުމީ ޓީމު

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޒުވާން ޓީމު ފުރައިފި

ބޫޓާންގައި މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2024 | ބުދަ 06:50
ސަތާރަ އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު

ސަތާރަ އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު

ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް، ރާއްޖޭގެ ސަތާރަ އަހަރުން ދަށުގެ ޤައުމީ ޓީމު ފުރައިފި އެވެ.

މި މަހު ބޫޓާންގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާާން ޓީމު ފުރީ އަންގާރަ ދުވަހުގެ ހަވީރު އެވެ. ބޫޓާންގައި މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެ ހިމެނިފައި ވަނީ މުބާރާތުގެ ގްރޫޕް އޭ ގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނެނީ ސްރީ ލަންކާ، ޕާކިސްތާން އަދި ނޭޕާލް އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމަށް ސެމީ ފައިނަލްގެ ފުރުސަތު ލިބޭނެ އެވެ.

މުބާާރާތުގައި ދިވެހި ރާއްޖޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ނިކުންނާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދޭނީ މުޙައްމަދު އާދަމް އެވެ. މުޙައްމަދު އާދަމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ އަޙުމަދު ނިމާދު އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު