Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭލަވަލް ކިޔެވުމުގެ ފުރުސަތު ނުދިނުން

އޯލަވަލްގެ އެންމެ މާއްދާއަކުން ފާސްވާ ދަރިވަރަށް ވެސް އޭލެވެލްއިން ޖާގަ ލިބޭނެކަން ހާމަކުރި ނަމަވެސް އެކަން އެގޮތަކަށް ނުހިނގާ: އިހުސާން

15 ސެޕްޓެމްބަރު 2024 | އާދީއްތަ 12:31

އެޕްލިކޭޝަން އަށް ހުޅުވާލިއިރު އޮތީ 5 މާއްދާއިން ފާސްވާންޖެހޭ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 12:31
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ

މި ސަރުކާރުގައި އޯލަވަލްގެ އެންމެ މާއްދާއަކުން ފާސްވާ ދަރިވަރަށް ވެސް އޭލެވެލްއިން ޖާގަ ލިބޭނެކަން ހާމަކުރި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިހުސާން ވިދާޅުވީ އޭލެވެލްއަށް އިތުރު ދަރިވަރުން ވައްދަން ސަރުކާރުން ނިންމާފައި އުސޫލު އިއުލާނު ކުރުމާއި، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ބައްލަވަން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވަޑައިގެންނެވުމާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އަރަބިއްޔާ ސްކޫލުގެ މަސައްކަތް ހިނގާގޮތް ބަލަން އެ ސްކޫލުގެ ސްޓާފުންނާއި ދަރިވަރުންނާއި މިނިސްޓްރީގެ ބައެއް ފަރާތްތައް ވަޑައިގެން ފޮޓޯއެއް ނަންގަވާފައި ފެބްރުއަރީ މަހު ޓްވީޓް ކުރައްވަނީ މަސައްކަތް ހިނގާނުހިނގާގޮތް ބެއްލެވި ކަމަށެވެ.

އިހުސާން ވިދާޅުވީ މިއީ ސެޕްޓެމްބަރު މަސް ކަމަށާއި، އަރަބިއްޔާ ސްކޫލް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް އަދި ނުހިނގާ ކަމަށެވެ. އެއީ އެދުވަހުގެ އިއުލާން ކަމަށާއި، އެންމެ މާއްދާއަކުން ފާސްވާ ކުއްޖާއަށްވެސް އޭލެވެލްއިން ޖާގަ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެޕްލިކޭޝަން އަށް ހުޅުވާލިއިރު އޮތީ 5 މާއްދާއިން ފާސްވާންޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެންމެ މާއްދާއަކުން ފާސްވާ ކުއްޖާއަށްވެސް އޭލެވެލްއިން ޖާގަ ލިބޭނެ ކަމަށް ވިދާޅުވެ އެޑިޔުކޭޝަން މިނިސްޓަރު ވާހަކަދެއްކެވީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި އެކަމަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ އޯލަވަލްއިން ފާސްނުވާ ދަރިވަރެއް އެޑެކްސެލް އޭލަވަލް ކިޔެވުމަށް އެޑެކްސެލްއިން ވެސް އެންކަރޭޖެއް ނުކުރާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ އޯލަވަލްއިން ފާސްނުވެ، އަދި 18 އަހަރު ނުފެރޭ ކުދިންނަށް ސްކޫލުތަކުން ނުވަތަ މުއައްސަސާތަކުން ނުވަތަ އެނޫން ވެސް ގޮތަކުން އެކުދިންނަށް ތައުލީމު ދެވޭނެ ގޮތެއް ނުވަތަ އުފެއްދުންތެރި މަސައްކަތެއް ދަސްކޮށްދެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް ރަނގަޅު ޕްލޭނެއް އެކުލަވާލައި އެކަން ތަންފީޒު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ އޯލަވަލްގައި އެއްވެސް މާއްދާއަކުން ފާސްނުވާ ދަރިވަރަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށެވެ. އެގޮތުން އެފަދަ ދަރިވަރުންނަށް މަގު ދައްކައިދިނުމަށް އަދި އެދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަމަށް ތަމްރީންވެފައި ތިބި މުދައްރިސުން ބޭނުންވާ ކަމަށާއި، އެދާއިރާއަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކަމާއެކު ކުރެވިއްޖެ ކަމަށްވާނަމަ ގައުމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2024

"ތަޢުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު އޯލެވެލް އިމްތިހާނުން ފާސްވާ އިންސައްތަ އަދިވެސް 50% ހުރަސްނުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް"

22 އޯގަސްޓު 2024
"ތަޢުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު އޯލެވެލް އިމްތިހާނުން ފާސްވާ އިންސައްތަ އަދިވެސް 50% ހުރަސްނުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް"
30 މެއި 2023

އޯ-ލެވެލްއިން ފާސްވާ ކުދިންގެ އަދަދު މިހާރު ދަށްކަމަށް ދައްކަނީ ކުރިން ދަށް ނަތީޖާ ލިބޭ ކުދިން ބާކީކޮށްލާތީ: މިނިސްޓަރު

30 މެއި 2023
އޯ-ލެވެލްއިން ފާސްވާ ކުދިންގެ އަދަދު މިހާރު ދަށްކަމަށް ދައްކަނީ ކުރިން ދަށް ނަތީޖާ ލިބޭ ކުދިން ބާކީކޮށްލާތީ: މިނިސްޓަރު
30 އޮކްޓޯބަރު 2022

މަތީ ދަރަޖަ ހޯދާ ފަރާތްތަކާއި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސް ދެއްވާ މެޑެލް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި

30 އޮކްޓޯބަރު 2022
މަތީ ދަރަޖަ ހޯދާ ފަރާތްތަކާއި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސް ދެއްވާ މެޑެލް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި
10 ނޮވެމްބަރު 2021

ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލްގެ ޑްރާފްޓް ވަނީ އޭޖީގެ ލަފަޔަކަށް ފޮނުވާފައި، އަންނަ އަހަރު ފާސްވާނެކަމަށް ބެލެވޭ: ފައްޔާޒު

10 ނޮވެމްބަރު 2021
ވަޒީފާގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލްގެ ޑްރާފްޓް ވަނީ އޭޖީގެ ލަފަޔަކަށް ފޮނުވާފައި، އަންނަ އަހަރު ފާސްވާނެކަމަށް ބެލެވޭ: ފައްޔާޒު
22 ޑިސެމްބަރު 2020

ޤުރުއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ޚާއްސަ މެޑެލެއް ދެއްވުމަށް ރައީސް ނިންމަވައިފި

22 ޑިސެމްބަރު 2020
ޤުރުއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ޚާއްސަ މެޑެލެއް ދެއްވުމަށް ރައީސް ނިންމަވައިފި
23 ނޮވެމްބަރު 2019

ކައުންސިލް އިންތިޚާބުގެ ކުރިން ލާމަރުކަޒީ ގާނޫނު ފާސްވާނެ: ރައީސް ނަޝީދު

23 ނޮވެމްބަރު 2019
ކައުންސިލް އިންތިޚާބުގެ ކުރިން ލާމަރުކަޒީ ގާނޫނު ފާސްވާނެ: ރައީސް ނަޝީދު
05 ނޮވެމްބަރު 2017

ޖީސީއޯލެވެލްގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ވަނީ އިތުރުވެފައި: އެޑިއުކޭޝަން މިނިސްޓަރު

05 ނޮވެމްބަރު 2017
ޖީސީއޯލެވެލްގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ވަނީ އިތުރުވެފައި: އެޑިއުކޭޝަން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް