Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާނަވީ ތައުލީމު

"ތަޢުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު އޯލެވެލް އިމްތިހާނުން ފާސްވާ އިންސައްތަ އަދިވެސް 50% ހުރަސްނުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް"

ރާއްޖެއަކީ ސާނަވީ މަރުހަލާ އަށް ކިޔަވާ ކުދިންގެ އަދަދު ނިސްބަތުން އެންމެ ބޮޑު ޤައުމު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2024 | ބުރާސްފަތި 12:49
 "ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތަޢުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު އޯލެވެލް އިމްތިހާނުން ފާސްވާ އިންސައްތަ އަދިވެސް 50% ހުރަސްނުކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ "ތަޢުލީމަށް އިންގިލާބީ ބަދަލު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވަނީ ފާއިތުވި 10 އަހަރު އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އިންސައްތަ 50 އިންސައްތައަށްވުރެ މައްޗަށް ނާރާކަމަށް ފާހަގަކުރައްވާފައެވެ. 2000ގެ ކުރީގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ ޔުނިވަރސަލް ގޯލް އޮފް ޕްރައިމަރީ އެޑިއުކޭޝަން 100% ހާސިލްކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖެ އަކީ މި ސަރަަހައްދުގައި ސާނަވީ މަރުހަލާ އަށް ކިޔަވާ ކުދިންގެ އަދަދު ނިސްބަތުން އެންމެ ބޮޑު ޤައުމު ކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެއީ ދިވެހިންނަށް އޮތް ފަޚުރެއް ކަަމަށް ފާހަގަކުރައްވާފައެވެ.

ނަމަވެސް އޯލެވެލްގެ ފާސްވާ އިންސައްތަ ދަށްވުމަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ދާއިރާ އަށް އެތައް އިންވެސްޓްމެންޓްތަކެއް ކޮށް ބޭރުގެ އެޖެންސީތަކުން ބޮޑެތި އެހީތަކެއް ވަމުން ދާ އިރު ސާނަވީ މަރުހަލާ ފުރިހަމަ ކުރާ ކުދިންގެ އަދަދު ދަށްވުމަކީ އަޅާ ނުލާ ދޫކޮށްލެވެން ނެތް ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ނުވުމުން އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސާނަވީ މަރުހަލާ ނިންމާ އަދަދު 2023 އަދި 2024ގައި 50%ގައި ހުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެކަން އެގޮތަށް ވާ ސަބަބަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ މައްސަލަ ހައްލުކުރެވޭނީ މުދައްރިސުންގެ ފެންވަރު މަތިކޮށްގެން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕްރައިމަރީގައި ކިޔަވާދިނުމުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިހާރު ދިމާވެފައިވަ ޕްރައިމަރީ ޓީޗަރުން ބޭނުންވާ މިންވަރަށް ނުލިބުމުގެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އޭލެވެލްގެ ފާސް އިންސައްތަ ވެސް ދަށް ކަަމަށާއި އެޑެކްސެލް 2 މާއްދާއިން ފާސްވާ ކުދިންގެ އަދަދު ވެސް 50% އަށް ވުރެ ދަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމުން އެނގެނީ 7000 ދަރިވަރުންނާއި އެކު ފަށާ ތައުލީމީ ދަތުރުގެ ތެރެއިން 1500 އެއްހާ ކުދިންނަށް ވެސް މަތީ ތައުލީމާއި ހަމައަށް ވާސިލް ނުވެވޭކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރަނގަޅު ފެންވަރުގެ ކޮލެޖްތަކަށް ދަރިވަރުންނަށް ދެވޭ މިންވަރު މަދު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު