Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އަށް އެއް ބިލިއަން ފޮލޯވަރުން

14 ސެޕްޓެމްބަރު 2024 | ހޮނިހިރު 14:48

ރޮނާލްޑޯގެ އެކްސް (ކުރިން ޓްވިޓަރ)، ޔޫޓިއުބް، ފޭސްބުކް، ޓިކްޓޮކް އަދި އިންސްޓަގްރާމްގެ ޖުމްލަ ފޮލޯވަރުންގެ އަދަދު 1 ބިލިއަނަށް އަރާ ސޯޝަލް މީޑިއާގެ ރެކޯޑެއް ހަދައިފިއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 14 ސެޕްޓެމްބަރު 2024 | ހޮނިހިރު 14:48
އަލް ނަސްރުން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

އަލް ނަސްރުން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

ޕޯޗުގަލްގެ ފުޓްބޯޅަ އައިކަން އަދި ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓުބޯޅަ ކްލަބުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޖުމްލަ ފޮލޯވަރުންގެ އަދަދު އެއް ބިލިއަނަށް އަރާ، ތާރީޚުގައިވެސް މި ރެކޯޑް ހާސިލްކުރި ފުރަތަމަ މީހާ ކަމުގައިވެއްޖެއެވެ.

ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެކްސް (ކުރިން ޓްވިޓަރ)، ޔޫޓިއުބް، ފޭސްބުކް، ޓިކްޓޮކް އަދި އިންސްޓަގްރާމް ގައި ހިމެނޭ ފޮލޯވަރުންނާއެކު ޖުމްލަ 1 ބިލިއަން ފަރާތުން އޭނާގެ ސޯޝަލް މީޑިއާ އެކަައުންޓްތައް ވަނީ ފޮލޯކޮށްފައެވެ.

"ތާރީޚު ލިޔެވިއްޖެ 1 ބިލިއަން ފޮލޯވަރުން. މިއީ ހަމައެކަނި އަދަދެއް ނޫން. މިއީ އަހަރެމެންގެ މެދުގައިވާ ޖޯޝާއި، ފޯރި އާއި، ކުޅިވަރަށް އޮތް ލޯބީީގެ ހެއްކެއް،" އަލް-ނަސްރުގެ ފޯވަރޑް އޭނާގެ އިންސްޓަގްރާމް އަދި އެކްސް އެކައުންޓްގައި ބުނެފައިވެެއެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ، މަޑޭރާގެ މަގުތަކުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑެތި ސްޓޭޖްތަކާ ހަމައަށް، އޭނާ އަބަދުވެސް ކުޅެފައިވަނީ އޭނާގެ އާއިލާއަށާއި އޭނާގެ ފޭނުންނަށް ކަމަށާއި، މިހާރު 1 ބިލިއަން މީހުން މިތިބީ އެކުގައި ކަމަށެވެ.

ރޮނާލްޑޯގެ އިންސްޓަގްރާމް އެކައުންޓުގައި އެކެނިވެސް 600 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބިކަން ފާހަގަކޮށްލެވެއެވެ. އޭނާއަކީ އެ ޕްލެޓްފޯމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި ފަރާތްތަކުގެ ތެރެއިން އެކެކެވެ. އަދި ރޮނާލްޑޯގެ އެކްސް އެކައުންޓުގައި ވެސް 113 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

ސަޢޫދީ ޢަރަބިއްޔާގައި ރޮނާލްޑޯ ހޭދަކުރަމުންދާ ދުވަސްތަކުގެ ތަޖުރިބާތަކުގެ އިތުރުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންތައްތައް ވެސް ފޮލޯވަރުންނާ ހިއްސާކުރުމަށްޓަކައި ދާދި ފަހުން އޭނާ ވަނީ ޔޫޓިއުބް ޗެނަލެއް ވެސް ހަދާފައެވެ. މި ޗެނަލް ހެދި ފުރަތަމަ 24 ގަޑީއިރުގެ ތެރޭގައި އެކަނިވެސް 20 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޗެނަލަށް ސަބްސްކްރައިބް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 މެއި 2019

ގޭމް އޮފް ތްރޯންސްގެ ފަހުން ދެއްކި އެޕިސޯޑާ ހެދި ސްޓާބަކްސް އަށް 2.3 ބިލިއަން ގެ ފައިދާއެއް

08 މެއި 2019
ގޭމް އޮފް ތްރޯންސްގެ ފަހުން ދެއްކި އެޕިސޯޑާ ހެދި ސްޓާބަކްސް އަށް 2.3 ބިލިއަން ގެ ފައިދާއެއް
30 އެޕްރީލު 2019

''އެވެންޖަރޒް: އެންޑްގޭމް'' އަށް ފުރަތަމަ ހަފްތާ ބަންދުގައި 1.2 ބިލިއަން ޑޮލަރު!

30 އެޕްރީލު 2019
''އެވެންޖަރޒް: އެންޑްގޭމް'' އަށް ފުރަތަމަ ހަފްތާ ބަންދުގައި 1.2 ބިލިއަން ޑޮލަރު!
02 އޯގަސްޓު 2018

އިންކްރިޑިބްލްސް2 އަށް 1 ބިލިއަން ޑޮލަރު

02 އޯގަސްޓު 2018
އިންކްރިޑިބްލްސް2 އަށް 1 ބިލިއަން ޑޮލަރު
12 މެއި 2018

އެވެންޖަރސް: އިންފިނިޓީ ވޯ 1.5 ބިލިއަން ޑޮލަރާއެކު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަށް

12 މެއި 2018
އެވެންޖަރސް: އިންފިނިޓީ ވޯ 1.5 ބިލިއަން ޑޮލަރާއެކު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަށް
08 މެއި 2018

އެވެންޖާސް: އިންފިނިޓީ ވޯ އަށް 11 ދުވަހުން އެއްބިލިއަން

08 މެއި 2018
އެވެންޖާސް: އިންފިނިޓީ ވޯ އަށް 11 ދުވަހުން އެއްބިލިއަން
24 އެޕްރީލު 2018

ޝާހުރުކް ޚާނަށް ޓްވިޓާގައި 35 މިލިއަން ފޮލޯވަރުން

24 އެޕްރީލު 2018
ޝާހުރުކް ޚާނަށް ޓްވިޓާގައި 35 މިލިއަން ފޮލޯވަރުން
12 މާރިޗު 2018

ބްލެކް ޕެންތާއަށް އެއް ބިލިއަން ޑޮލަރު

12 މާރިޗު 2018
ބްލެކް ޕެންތާއަށް އެއް ބިލިއަން ޑޮލަރު
03 ޑިސެމްބަރު 2017

ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ

03 ޑިސެމްބަރު 2017
ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
18 އެޕްރީލު 2017

"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި

18 އެޕްރީލު 2017
"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް