Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރޮއޭޝިއާ ޤައުމީ ޓީމު

މުސްތަޤުބަލާ މެދު އެއްޗެއް ބުނަން އުނދަގޫ: މޮޑްރިޗް

ޤައުމީ ޓީމުން ރިޓަޔާވުމާ މެދު ގޮތެއް ނިންމަން ޖެހޭނީ މެޗަކަށްފަހު މެޗެއް ބެލުމަށްފަހު ކަމަށް ވެސް މޮޑްރިޗް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2024 | އަންގާރަ 04:51
ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް

މުސްތަޤުބަލާ މެދު އެއްޗެއް ބުނަން އުނދަގޫ ކަމަށް، ކްރޮއޭޝިއާ ޤައުމީ ޓީމަށް ކުޅެމުން އަންނަ އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.

އުމުރުން މިހާރު 39 އަހަރުވެފައިވާ މޮޑްރިޗް މިހެން ބުނީ، ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އިން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. އެ މެޗުން ކްރޮއޭޝިއާ މޮޅުވެފައި ވަނީ ވެސް ދެ ވަނަ ހާފުގައި މޮޑްރިޗް ޖެހި ލަނޑުންނެވެ.

ޤައުމީ ޓީމުން ރިޓަޔާވުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން މޮޑްރިޗް ބުނީ، އޭނާގެ މުސްތަޤުބަލާ މެދު ވާނެ ގޮތެއް ނޭނގޭ ކަމަށެވެ. ޤައުމީ ޓީމުން ރިޓަޔާވުމާ މެދު ގޮތެއް ނިންމަން ޖެހޭނީ މެޗަކަށްފަހު މެޗެއް ބެލުމަށްފަހު ކަމަށް ވެސް މޮޑްރިޗް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މޮޑްރިޗް ބުނީ، މިވަގުތު މުސްތަޤުބަލާ މެދު ނުވިސްނާ ކަމަށެވެ. މޮޑްރިޗް ބުނީ އޭނާގެ ހަށިގަނޑުގައި މިހާރު ހުރި ހަކަތަ، އިތުރަށް ނެތްކަން އިޙުސާސްވުމުން ރިޓަޔާވާނެ ކަމަށެވެ. އެކަމުގެ އިޙުސާސްކޮށް، ގޮތެއް ނިންމާނީ އޭނާކަން ފާހަގަކޮށް މޮޑްރިޗް ބުނީ، މިވަގުތު އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮޑްރިޗް ބުނީ ޤައުމީ ޓީމުގައި ކުޅުމަކީ އަބަދު ވެސް އޭނާ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޓީމުގެ ކޯޗު އޭނާ އަށް އިތުބާރުކޮށް، އޭނާ އާމެދު ޔަގީންކަން އޮންނަކަން އިނގޭއިރު، އެ ފުރުސަތުގެ ބޭނުން އަބަދު ވެސް ހިފަން ބޭނުންވާ ކަމަށް މޮޑްރިޗް ބުންޏެވެ.

އެންމެ ފުރަތަމަ މޮޑްރިޗް ކްރޮއޭޝިއާ ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 180 މެޗުގައި 27 ލަނޑު ޖަހައިފަ އެވެ. ކްރޮއޭޝިއާ އާއެކު މޮޑްރިޗް ވަނީ 2018 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެ ދެ ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލެއްގައި ވެސް ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު