Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގްތިސާދު

ރާއްޖޭގެ ޖުމްލަ ބޭރުގެ ރިޒާވް ބޮޑުތަނުން ދަށްވެ 395.4 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

3 ސެޕްޓެމްބަރު 2024 | އަންގާރަ 18:00

2023 ޖުލައި ނިމުނު އިރު 594.1 މިލިއަން އެމެރިކާ ޑޮލަރު، މި ޖުލައި ނިމުނު އިރު 395.4 މިލިއަން ޑޮލަރު

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2024 | އަންގާރަ 18:00
ފަސް ރުފިޔާގެ ދެ ނޫޓް ބިންމަތީގައި އަދި އޭގެ މަތީގައި ބޮލިތަކެއް ބަހައްޓާފައި

ފަސް ރުފިޔާގެ ދެ ނޫޓް ބިންމަތީގައި އަދި އޭގެ މަތީގައި ބޮލިތަކެއް ބަހައްޓާފައި

ރާއްޖޭގެ ޖުމްލަ ބޭރުގެ ރިޒާވް ބޮޑުތަނުން ދަށްވެ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 395.4 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ޝާއިއު ކުރި 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައިވާ ގޮތުން މިއީ މި އަހަރުގެ ޖޫން މަހު ހުރި 509.2 މިލިއަން އެމެރިކާ ޑޮލަރާއި 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ހުރި 594.1 މިލިއަން އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

Advertisement - newsAdvertisement

މިއީ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތައިގެ ދަށްވުމެއް ކަމަށް ވެސް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ މާރޗު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ މާރޗު މަހު ދިވެހިރާއްޖޭގެ ޖުމްލަ އާމްދަނީ (ހިލޭ އެހީ ނުހިމަނައި) 20 އިންސައްތަ އިތުރުވެފައިވެއެވެ. މިގޮތުން އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 671.1 މިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން، ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 117.1 މިލިއަން ރުފިޔާ ވަނީ ދަށްވެފައިވެއެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދުތައް 6 އިންސައްތަ ވަނީ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ކެޕިޓަލް ޚަރަދުތައް 444.5 މިލިއަން ރުފިޔާއިން ދަށްވެފައި ވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އައި އެތައް ތަރައްގީގެ މަޝްރޫއެއް ވަނީ މި ސަރުކާރުން މަޑު ޖައްސާލާ ނުވަތަ ހުއްޓާލާފައިވާކަން ފާހަގަ ކުރެވެއެވެ.

އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ސަރުކާރުގެ ދަރަނި އަދިވެސް އޮތީ ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައެވެ.  2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ދަރަނި (ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި) 112.2 ބިލިއަން ރުފިޔާގައި ހުރިކަން ފާހަގަކުރެވެއެވެ.

އެމްއެމްއޭ އިން ބުނާގޮތުގައި އަހަރުގެ ފެށުނީއްސުރެ ޖުލައިގެ ނިޔަލަށް ބަލާއިރު، ޖުމްލަ އެކްސްޕޯޓް 8 އިންސައްތަ އަށް ދަށްވެފައިވާއިރު، ޖުމްލަ އިމްޕޯޓް 4 އިންސައްތަ އަށް އިތުރުވެފައިވެއެވެ.

އެކްސްޕޯޓް ދަށްވެފައިވާ ސަބަބުތަކުގެ ގޮތުގައި އެމްއެމްއޭ އިން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ރާއްޖޭގައި އުފައްދާ ތަކެތީގެ އެކްސްޕޯޓް ދަށްވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ގަނޑުކޮށްފައިވާ ކަޅުބިލަމަހާއި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްފައިވާ މަސް އެކްސްޕޯޓް ދަށްވުމުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް