Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދީ ހާލަތު

އިގްތިސާދީ ކަންކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރުގެ ލަފާ ހޯއްދަވާފިނަމަ ވާނީ ނުލަފާ: އަބްދުއްރަހީމް

ގައުމު ބަގުރޫޓު ކޮށްލާފައި ދިޔަ ބައެއް ގާތުން ގައުމު ބިނާ ކުރަން މަސައްކަތް ކުރާ މީހުން ލަފާ ހޯދަން ނުޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 13:53
ބުދަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ ލަފާ ހޯއްދަވާފިނަމަ ވާނީ ނުލަފާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ސުވާލަކީ ވަރަށް ހެއްވާ ސުވާލެއް ކަމަށާއި، ގައުމު ބަގުރޫޓު ކޮށްލާފައި ދިޔަ ބައެއް ގާތުން ގައުމު ބިނާ ކުރަން މަސައްކަތް ކުރާ މީހުން ލަފާ ހޯދަން ނުޖެހޭ ކަމަށެވެ. އަދި ކުރީގެ ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދާފިނަމަ ވާނީ ނުލަފާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޓީމަކީ ގައުމު އާރާސްތު ކުރެވޭވަރުގެ ގާބިލް ޓީމެއް ކަމަށާއި، ކުރީ ސަރުކާރުގެ ބޭފުޅުންގެ ލަފާ ބޭނުންނުވާ ކަމަށެވެ.

ކުރީ ސަރުކާރުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވީ އިބްރާހީމް އަމީރެވެ.

ރާއްޖޭގެ އިގްތިސާދީ ހާލާތާ ގުޅޭގޮތުން ސަރުކާރުން ދައްކަމުންދާ ވާހަކަތައް ހަމަނުޖެހޭ ކަމަށް ބުނެ ބައެއް ރައްޔިތުން ވަނީ އަމީރުގެ ލަފައާއި އިރުޝާދު ހޯއްދެވުމަށް ސަރުކާރަށް ގޮވާލާފައެވެ. މީގެ ކުރިން މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫނުކޮށް މިސަރުކާރުން ހިފަހައްޓައި، ފައިސާ ނެތް ކަމަށް ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް އަމީރު ވަނީ ރައްޔިތުންނަށް ހާމަކޮށްދީފައެވެ.

ސަރުކާރު ބަދަލުވެގެންދިޔައިރު ފައިސާ ދެވޭނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިހުރި ނަމަވެސް މިސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މަސްވެރިން މުޒާހަރާ ކުރުމުންނެވެ.

މީގެ އިތުރުން މާލީ ހާމަކަން ދަށްވެ ރާއްޖެ ބޮޑު ސިއްރު ދައުލަތަކަށް ބަދަލުވަމުން ދިއުމަކިީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ފެއިލްވަމުންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. ރާއްޖޭގެ ރަސްމީ ރިޒަރވްގެ ހާލަތާއި ދަރަނީގެ ހާލަތު ދަށް ނުވާ މިންވަރަށް ދަށްވެފައިވާ ކަމަށް ފާހަގަކުރައްވާ އަމީރު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަމީރު ވިދާޅުވީ ސަރުކާރުން މާލީ ދާއިރާ ހިންގުން ކަސިޔާރުވުމުން މާލީ ސިޔާސަތު އަތުން ބީވެގެންދާ މަންޒަރު ފެނިގެންދާ ކަަމަށެވެ.

އަބްދުލް ރަޙީމް އަބްދުﷲޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

06 އޮކްޓޯބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

09 ސެޕްޓެމްބަރު 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު