Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ބޭސްފަރުވާ

އަދީބުގެ ބޭބޭފުޅު ނިޔާވީ ސިސްޓް ކެންސަރަށް ބަދަލުވެގެން، އަދީބުގެ ސިސްޓް ވެސް ހަމަ އެތަނުގައި!

އަދީބުގެ ބޭބޭފުޅު 2008 ވަނަ އަހަރު ނިޔާވީ ސިސްޓް ކެންސަރަށް ބަދަލުވުމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2017 | ހޯމަ 11:42
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަށިގަނޑުގައި ސިސްޓް ނަގާފައިވަނީ ނިޔާވި ބޭބޭފުޅުގެ ހަށިގަނޑުގައި ވެސް ސިސްޓް އިން ތަނުގައި ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

އަދީބުގެ ބޭބޭފުޅު މުހައްމަދު ނަދީމް ނިޔާވީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް 2008 ވަނަ އަހަރު އެވެ. އަދީބުގެ ހަށިގަނޑުގައި ވެސް ސިސްޓެއް ނަގާފައިވާއިރު އާއިލާއާއި ވަކީލުން ދަނީ ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާ ވެސް އަވަހަކަށް އަދީބަށް ފަރުވާ ދިނުމަށް އާދޭސް ކުރަމުންނެވެ. އާއިލާގައި ކެންސަރުގެ ބެކްގްރައުންޑެއް އޮތުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

Advertisement - newsAdvertisement

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ނަދީމްގެ މަރުގެ ސެޓްފިކެޓާއި ޑޮކްޓަރުންގެ ހުރިހާ ލިޔެކިޔުމެއް މުައައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އަދީބުގެ ބޭސްފަރުވާއަށް "އިންސާނިއްޔަތު ކަމެއް ނެތް" މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.

ނަޝްވާ ވިދާޅުވީ ކެންސަރުގެ އާއިލީ ބެކްގަރައުންޑެއް އަދީބު އޮތްއިރު، މިހާތަނަށް ވެސް އަދީބު ކެންސަރަށް ޓެސްޓް ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. ރާއްޖެއިން ބޭރުން ކެންސަރަށް ޓެސްޓް ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ފާހަގަކޮށް ނަޝްވާ ވަނީ އެ ފުރުސަތު ސަރުކާރުން ނުދޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބޭސްފަރުވާ ކުރުމުގެ ހައްގު އަދީބުގެ ކިބައިން ނިގުޅައިގަނެފައިވާ ކަމަށް ބުނެ ނަޝްވާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިހާތަނަށް ނަޝްވާއަށް އެއްވެސް ޖަވާބެއް ދީފައިނުވެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެޗްއާރްސީއެމް އިން ބުނީ އަދީބުގެ ބަލި ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދިވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަޝްވާ ވިދާޅުވީ އާއިލާ އިން ބޭނުން ވަނީ އަދީބުގެ ކެންސަރ ސްކްރީނިން ޓެސްޓެއް ހަދަން ކަމަށާއި އެކަން ނުކޮށް ކިތަންމެ ވަރަކަށް އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެނެޔަސް ސިސްޓަށް ދޭންޖެހޭ ފަރުވާ ދެވެމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ލޮލަށް ގްލުކޯމާ ޖެހިފައިވާއިރު، ރާއްޖެއިން ހެދެން ނެތް ދެ ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި ނަމަވެސް އެކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައި ވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.

ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާ ޚިލާފަށް އަދީބު މިހާރު ބަންދު ކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ. ކޯޓުގައި އަދީބުގެ ދެ ޝަރީއަތެއް މިހާރު ވެސް ހިންގަމުންދާއިރު، މިފަހުން ވަނީ އިތުރު ނުވަ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު

އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު

17 ޖޫން 2017
އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި

އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި

15 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު