Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފްރޭން ސެލަކް ގެ އާދަޔާ ޚިލާފް ހަޔާތް

ދުނިޔޭގެ އެންމެ ނަސީބުވެރި މީހާތަ ނުވަތަ އެންމެ ބަދުނަސީބުވެރި މީހާތަ؟

ކްރޮއޭޝިއާ އަށް އުފަން ފްރޭން ސެލަކް އަކީ ދުނިޔޭގެ އެންމެ ނަސީބުވެރި ނުވަތަ ބައެއް މީހުންގެ ނަޒަރުގައި ނަމަ، އެންމެ ނަސީބު ދެރަ މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެކެވެ. އޭނާ ވަނީ ރޭލު އެކްސިޑެންޓަކާއި، މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއަކުންނާއި، އަދި ކާރު އެކްސިޑެންޓަކުން ސަލާމަތްވެފައެވެ. އަދި މިއީ އޭނާ މަރުގެ ތުންފަތްމަތިން ސަލާމަތްވި އެތައް ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން މަދު މިސާލުތަކެކެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2024 | އަންގާރަ 15:05
ފްރޭން ސެލަކް

ފްރޭން ސެލަކް

ނަސީބުގެ މާނައަކީ ކޮބައިތޯ؟ އެއީ ހިތްދަތި ހާދިސާއަކުން ސަލާމަތްވުންތޯ ނުވަތަ ޤުރުއަތުން ބޮޑު އިނާމެއް ލިބުންތޯ؟ ބައެއް މީހުން ދެކޭގޮތުގައި ނަސީބަކީ އެންމެ އެކަށީގެންވާ ވަގުތުގައި އެންމެ އެކަށޭނަ ތަނެއްގައި ހުރުމެވެ. އަނެއްބައި މީހުން ޤަބޫލުކުރާގޮތުގައި ނަސީބަކީ ނޭދެވޭ ޙާލަތެއްގައި ނުރައްކާތެރި ތަނެއްގައި ހުރެ ނަމަވެސް އެއްވެސް ގެއްލުމަކާ ނުލައި ސަލާމަތްވުމެވެ.

1929 ވަނަ އަހަރު އުފަންވި ފްރޭން (ފްރާނޯ) ސެލަކް އަދާކޮށްފައިވަނީ ކްރޮއޭޝިއާގެ މިއުޒިކް ޓީޗަރެއްގެ ގޮތުގައި ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެއީ މާ ނުރައްކާތެރި ނުވަތަ ފުރާނައަށް ގެއްލުންހުރި މަސައްކަތެއް ނޫނެވެ. ނަމަވެސް 1962 ވަނަ އަހަރު ރޭލެއްގައި ކުރި ދަތުރަކުން ފެށިގެން، ޤަބޫލުކުރަން އުނދަގޫ، ނުވާނެ ކަމަށް ހީވާފަދަ ހާދިސާތަކެއްގެ ސިލްސިލާއެއް ފެށިގެން ދިޔައެވެ.

ސެލަކްގެ ދިރިއުޅުމާ ގުޅޭ ވާހަކަތައް އިންޓަރނެޓުގައި ފުޅާ ދާއިރާއެއްގައި ޙިއްޞާކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އޭނާ އާ ގުޅޭގޮތުން އިތުރަށް ދިރާސާކުރާ ވަރަކަށް، އިތުރަށް މީހުން އަންތަރީސް ކުރުވައެވެ. އެހެންނަމަވެސް، މިފަދަ މަޢުލޫމާތުތަކުގެ ޠަބީޢަތަށް ބަލާއިރު، ބައެއް ތަފްޞީލުތައް ހަގީގަތާ ޚިލާފަށް ކުޑަކޮށް ބަދަލުރެވިފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ސެލަކްގެ 40 އަހަރަށްވުރެ ދިގު އުމުރުގައި އޭނާއަށް ވަނީ އިންސާނަކަށް ދިމާވެދާނެ ގާތްގަނޑަކަށް ހުރިހާ ވައްތަރެއްގެ ނުރައްކާތެރި އެކްސިޑެންޓުތަކާ ދިމާވެފައެވެ.

ސެލަކް ފުރަތަމަ ފަހަރަށް މަރުގެ ހާދިސާއަކުން ސަލާމަތްވީ 1957 ވަނަ އަހަރުގައެވެ. އެއީ އޭނާ ދަތުރުކުރަމުންދިޔަ ބަހެއް އަރިއަޅާލައި ބަސް ދަތުރުކުރަމުން ދިޔަ މަގުން ނެއްޓި، ކޯރަކަށް ވެއްޓުނު ހާދިސާއެވެ. ނަމަވެސް، ސެލަކް އާއި ބަސް ޑްރައިވަރާ ދެމީހުންނަށް ވެސް ބަހުން ނުކުމެ ފަތައިގެން އެއްގަމަށް ދެވުނެވެ. މި ހާދިސާއަށް ފަހު ސެލަކް ހާމަކުރި ގޮތުގައި، އަޙްމަދު ކިޔާ އެ ޑްރައިވަރަކީ ވަރަށް ހުނަރުވެރި މީހެއް ކަމަށްވެސް ސެލަކް ފާހަގަކުރިއެވެ. މި ނުރައްކާތެރި ހާދިސާއިން އެ ދެމީހުންނަށްވެސް ސަލާމަތްވެވުނީ ކުދިކުދި އަނިޔާތަކާއެކުގައެވެ.

ދެވަނަ ހާދިސާއެއް ހިނގީ 1962 ވަނަ އަހަރު، ސަރަޔޭވޯއިން ޑުބްރޮވްނިކްއަށް ސެލަކް ދަތުރުކުރަމުންދިޔަ ރޭލެއްގައެވެ. ރޭލު ދަތުރުކުރަމުން ދިޔަ މަގަށް ބޮޑު ހިލައެއް ވެއްޓުމުގެ ސަބަބުން، ރޭލު އޭގެ މަގުން ނެއްޓި، ފިނިކަން ގަދަ ނެރެޓްވާ ކޯރަށް ވެއްޓުނެވެ. މި ނުރައްކާތެރި ހާލަތުގައި، ސެލަކް އިށީނދެ އިން ސީޓާ ދިމާލުގެ ކުޑަދޮރު ތަޅާލައި ބޭރަށް ފުންމާލިއެވެ. އަދި އޭނާއާއެކު ދަތުރުކުރި އެހެންމީހެއްގެ ފުރާނަވެސް ސަލާމަތްކުރިއެވެ. މި ހިތާމަވެރި ހާދިސާގައި ރޭލުގައި ދަތުރުކުރި 17 ފަސިންޖަރުންގެ ފުރާނަ ގެއްލުނެވެ.

އެއަށްފަހު ޖެހިގެން އައި 1963 ވަނަ އަހަރު ސެލަކްގެ ބަލިވެ އުޅޭ މަންމަ އަށް ޒިޔާރަތްކުރުމަށް ޒަގްރެބުން ރިޖެކާއަށް ޗާޓަރ ފްލައިޓެއްގައި ދަތުރުކުރިއެވެ. ސެލަކް ކިޔައިދިން ގޮތުގައި ފުރަތަމަ އެ ފްލައިޓް އޮތީވެސް އެއްކޮށް ބުކްކޮށްފައެވެ. އޭނާއަށް އެއްވެސް ޖާގައެއްވެސް ކުރިއަކުން ނުލިބެއެވެ. ނަމަވެސް އާއިލީ ކުއްލި ހާލަތެއް ދިމާވެފައިވާކަން ކިޔައިދީ، އޭނާ އަށް ކޮންމެހެންވެސް ޖާގައެއް ދޭންޖެހޭކަން ކްރޫއިންނަށް ގަބޫލުކޮށްދިނުމަށް އޭނާއަށް ކާމިޔާބު ކުރެވުނެވެ. ސެލަކް އިނީ ބޯޓުގެ ފަހަތުގައި، ރޮޒިކާ ނަމަކަށް ކިޔާ ފްލައިޓް އެޓެންޑެންޓެއްގެ ކައިރީގައެވެ.

ބޯޓު ނާއްޓާލުމަށްފަހު، ދެން ޖައްސަން އޮތް އެއާޕޯޓާ މާދުރު ނޫން ހިސާބަކަށް ވާސިލުވެވުނު ތަނާ، ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ދާން އޮތް ރޫޓުން ގެއްލެމުން ގޮސް، އެންމެ ފަހުން ބޯޓު ވެއްޓުނެވެ. ސެލަކް ކިޔައިދިން ގޮތުގައި ބޯޓު އެއްކޮށް ވެއްޓުމުގެ ކުރިން، ބޯޓުގެ ދޮރު ގަދަ އަޑަކާއެކު ކުއްލިއަކަށް ހުޅުވުނެވެ. 800 މީޓަރުގެ އުސްމިނުގައި ބޯޓު އޮއްވާ، ވައި ބާރުކަމުން ސެލަކް ބޯޓުން ބޭރަށް ދަމައިގަނެވުނެވެ. އެވަގުތު އޭނާ ސަލާމަތް ނުވާނެ ކަމަށް ހީކުރެވުނު ނަމަވެސް އޭނާ ބޯޓުން ވެއްޓި ޖެހުނީ ހުއިގަނޑެއްގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ. މި ހާދިސާގައި ސަލާމަތްވީ ސެލަކް އާއި ޕްލައިޓް އެޓެންޑެންޓު ރޮޒިކާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހިތާމަވެރި ހާދިސާއަށް ފަހު އޭނާ ދެން މަތިންދާބޯޓަކަށް ނާރަން ނިންމިއެވެ. އެހެންނަމަވެސް، އޭނާއަށް ދެން ކުރިމަތިލާން ޖެހުނީ ހަމައެފަދަ ނުރައްކާތެރި ހާދިސާއަކާއެވެ. 1970 ވަނަ އަހަރު، ސެލަކް ދުއްވަން އިން ކާރުގައި ކުއްލި ގޮތަކަށް އަލިފާން ރޯވިއެވެ. އޭނާއަށް ކާރުން ނުކުމެ ރައްކާތެރި ސަރަޙައްދަކަށް ދެވުނީ، ރޯވި އަލިފާން ތެޔޮ ޓޭންކަށް ފޯރުމުގެ މަދު ސިކުންތުތަކެއް ކުރިންނެވެ. އެއަށްފަހު، 1973 ވަނަ އަހަރު، ސެލަކްއަށް އަނެއްކާވެސް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވިއެވެ. އޭނާ ކާރު ދުއްވަމުންދަނިކޮށް، މަރާމާތު ކުރަންޖެހިފައި އޮތް ތެޔޮ ޕަމްޕަކުން ހޫނު ތެޔޮ އިންޖީނަށް ލީކުވުމުގެ ސަބަބުން، ކާރުގައި އަލިފާން ރޯވިއެވެ. އެހެންނަމަވެސް،  މި ހާދިސާގައި ސެލަކްގެ ގިނަ އިސްތަށިތަކެއް އަނދައިގެން ދިޔަ ނަމަވެސް، އިތުރު އެއްވެސް ޖިސްމާނީ ގެއްލުމެއް އޭނާއަކަށް ނުލިބެއެވެ.

މި ހާދިސާއަށް ފަހު ދެން އޭނާއަށް މިފަދަ ހާދިސާ އަކާ ކުރިމަތިވީ 1995 ވަނައަހަރު އެވެ. ނަމަވެސް، މި ހާދިސާގައިވެސް އޭނާއަށް މާ ބޮޑު އަނިޔާއެއް ނުވެއެވެ. މީގެ އަހަރެއްފަހުން، ފަރުބަދަ މަތީ މަގެއްގައި ދަތުރުކުރަމުންދަނިކޮށް، ޓްރަކެއް ސެލަކްގެ ކާރާ ޖެހެން އުޅުނެވެ. ޓްރަކުން ނައްޓާލުމަށް ސެލަކްގެ ކާރު އެއްފަރާތަށް ޖައްސާލި ވަގުތު ގާޑްރެއިލްއަކާ ޖެހި އޭނާގެ ކާރު ގާތްގަނޑަކަށް 100 މީޓަރު އުސްމިނުގެ ވަޅުގަނޑަކަށް ވެއްޓުނެވެ. ސެލަކް ކިޔައިދިން ގޮތުގައި، ހާދިސާ ހިނގައިދިޔަ ވަގުތު ކާރުގެ ކުޑަދޮރުން ބޭރަށް ފުންމާލައި، ކާރު ވެއްޓި ޖެހުމުގެ ކުރިން އަރިމަތީގައި ހުރި ގަހެއްގައި އޭނާ ހިފެހެއްޓީއެވެ.

މި ހާދިސާއަކީ ސެލަކްގެ ދިރިއުޅުމުގައި އޭނާ މަރާ ކައިރިވި، އެންމެ ނުރައްކާތެރި ތަޖުރިބާތަކުގެ ތެރެއިން އެންމެ ފަހު ހާދިސާއެވެ. އެހެންނަމަވެސް، މިއީ އޭނާ އަމިއްލަ ފުރާނައިގެ ރައްކާތެރިކަމާމެދު ފަރުވާކުޑަކުރި އެންމެ ފަހު ހާދިސާ އެއް ނޫނެވެ.

2000 ގެ އަހަރުތަކުގެ މެދުތެރޭގައި، އޭނާއަށް ކްރޮއޭޝިއާގެ ލޮޓަރީން ބޮޑު އަދަދެއް ކާމިޔާބު ކުރެވުނެވެ. މި ކާމިޔާބީގެ ތެރެއިން އޭނާއަށް ލިބުނީ ގާތްގަނޑަކަށް 600,000 ޕައުންޑެވެ. މި ފައިސާއިން އޭނާ އިންވެސްޓް ކުރީ އަގުބޮޑު ގެއެއް ގަތުމަށެވެ. ނަމަވެސް، ފަހުން ވިސްނުން ބަދަލުވެ، 2010 ވަނަ އަހަރު އެ ގެ ވިއްކާލައި، އޭނާގެ ފަސްވަނަ އަނބިމީހާއާއެކު އާދައިގެ ދިރިއުޅުމަކަށް އަނބުރާ ރުޖޫޢަވިއެވެ. މީހުން ދެކޭގޮތުގައި މިއީ، ސެލަކްގެ ހަޔާތުގައި ކުރިމަތިވެފައިވާ ނުރައްކާތެރި ހާދިސާތަކުގެ ބަދަލެއްގެ ގޮތުން އޭނާއަށް ލިބުނު ނަސީބެކެވެ.

ސެލަކް މަރުވީ 2016 ގައި، އޭނާގެ އުމުރުން 86 އަހަރުގައެވެ. އޭނާ ވަނީ އިންޓަރނެޓްގައި މަޝްހޫރު މީހަކަށް ވެފައެވެ. އަދި އޭނާގެ ދިރިއުޅުމުގެ ވާހަކަ ކޮންމެ ދެތިން އަހަރަކުން އެއްފަހަރު އަލުން ފެތުރެމުންދެއެވެ. ކްރޮއޭޝިއާގެ މީޑިއާގެ އިތުރުން، ސެލަކްގެ ހައިރާންކުރުވަނިވި ހަޔާތުގެ ވާހަކަ ބީބީސީ އާއި ދަ ގާޑިއަން ފަދަ ބޮޑެތި މީޑިއާތަކުގެ އިތުރުން އެތައް ކުދި ބްލޮގްތަކާއި ފޯރަމްތަކުގައިވެސް ޝާއިޢުކުރެވިފައިވެއެވެ.

ފްރޭން ސެލަކް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

04 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

19 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު