Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝަމީމް ވަކިކުރުމުގެ މައްސަލަ

އާންމު މަސްލަޙަތު ކިތަންމެ ބޮޑުވިޔަސް ހެކި ޤަރީނާ ނެތްނަމަ ޖިނާއީ ދަޢުވާއެއް ނުކުރެވޭނެ، އެއީ ޤާނޫނު ދަންނަ ހަމަ: ޝަމީމް

ކަންބޮޑުވުމަކަށް ބިނާކޮށް މީސްމީހުންގެ މައްޗަށް ޖިނާއީ ކުށުގެ ދަޢުވާކުރުމަކީ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2024 | ބުރާސްފަތި 07:57
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ހެކި ޤަރީނާ ނުލިބޭ މައްސަލަތަކުގައި، ޢާންމު މަސްލަޙަތު ކިތަންމެ ބޮޑުވިޔަސް އެ މައްސަލައެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުކުރެވޭނެ ކަމަށާއި، އެއީ ޤާނޫނު ދަންނަ ހަމަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ އޭނާއާ ގުޅޭގޮތުން ހުށަހެޅުނު އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޝަމީމް ވަކި ކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމެވި ނިންމެވުމެއް ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާނީ، އެ މައްސަލައިގައި ޖިނާއީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ބަލަންޖެހޭ އެންމެހައި ކަންކަމަށް ބެލުމަށްފަހު ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ދައުވާއެއް ނުކުރެވުމަކީ، އަދި ދައުލަތުން ދޫކުރި ފައިސާގެ ބަދަލުގައި މުދާ ނުލިބުމަކީ، ޢާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނަމަވެސް، ކަންބޮޑުވުމަކަށް ބިނާކޮށް މީސްމީހުންގެ މައްޗަށް ޖިނާއީ ކުށުގެ ދަޢުވާކުރުމަކީ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫންކަމަށް ޝަމީް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވޭނީ ޖިނާއީ ކުށް ކަނޑައަޅާފައިވާ ޤާނޫނެއްގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއްގެ އެންމެހައި އުންޞުރުތައް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުކޮށްދެވޭ މިންވަރަށް ހެކި ޤަރީނާ ލިބުމުން ކަމަށެވެ.

ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޖިނާއީ ދަޢުވާއެއް ނުކުރެވިގެން އުޅެނީ، ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ މައްޗަށް އެ މިންވަރަށް ހެކި ޤަރީނާ، ތަޙްޤީޤަށް ހޯދިފައި ނުވާތީ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ދައުލަތުގެ ތެރޭގައި އަދި މުޖުތަމަޢުގައި ހިނގާ ވިޔާނުދާ ކޮންމެ ކަމަކީ އެ ކަމަކާ ގުޅިގެން ޖިނާއީ ކުށެއްގެ ދަޢުވާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޖިނާއީ ދަޢުވާއެއް މީހެއްގެ މައްޗަށް ކުރުމަށްޓަކައި ހެކި ޤަރީނާ ބޭނުންވާނެކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އެއީ ޤާނޫނުގައި އެކަން އޮތް ގޮތް ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ މަޖިލީހުންް ފާސްކުރެއްވި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަް ކަމަށެވެ.

ޝަމީމް ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދަޢުވާ ނުކުރުމަށް ނިންމި ނިންމުމުގައި، އޭނާ ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރެއިން ރިޢާޔަތްނުކޮށް ދޫކޮށްލީ ކޮން ކަމަކަށްކަން މަޖިލީހުން ސާފުކޮށްދިނުމަށް އޭނާ އެދޭކަންވެސް ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު