Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ޖާގަ

މަގުބަންދުކޮށްގެން ޕީޕީއެމުން ބޭއްވި ހަރަކާތަށް ފުރުސަތު ދިނީ އޮންނަ އުސޫލުގެ ތެރެއިން ކަންތައް ކުރުމުން: ފުލުހުން

އޮންނަ އުސޫލުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދޭނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2017 | ހޯމަ 06:07
މަގު ބަންދުކޮށްގެން ފުލުހުންގެ އެހީތެރިކަމާއެކު ޕީޕީއެމުން ބޭއްވި ހަރަކާތް

މަގު ބަންދުކޮށްގެން ފުލުހުންގެ އެހީތެރިކަމާއެކު ޕީޕީއެމުން ބޭއްވި ހަރަކާތް

މަގުބަންދުކޮށްގެން ޕީޕީއެމްއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަރަކާތަށް ފުރުސަތު ދިނީ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކޮށްފައި ވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތައް ރޫޅާލައި، މީހުން ހައްޔަރުކުރަމުން ދަނިކޮށް، މަގު ބަންދުކޮށްގެން މަގުމަތީގައި ގޮނޑި ޖަހައިގެން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ދީފައިވާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެއްބަޔަކު ބުނަމުންދަނީ ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އެއްވެސް ކަހަލަ ހަމަހަމަކަމެއް އަދި އިންސާފުވެރިކަމެއް ވެސް ނެތް ކަމަށެވެ.

ޕީޕީއެމްގެ ހަރަކާތަށް ފުރުސަތު ދިނީ ކޮން އުސޫލެއްގެ ދަށުންތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް ފުލުހުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން އިންތިޒާމް ކުރުމާއި ރޭވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުންގެ ބޭނުމަކީ ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދިނުން ކަމަށާއި، އެ ހަރަކާތް ނޫނަސް މާލޭގެ އެކި ސަރަހައްދުތަކުގައި މިފަހުން ބޭއްވި ހަރަކާތްތަކަކަށް ވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން އުސޫލެއް ކަމެއް އޭނާ ސާފުކޮށެއް ނުދެއެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވަން އުޅުމުން ފުލުހުން ބުނެފައިވަނީ އެ ހަރަކާތް ބާއްވަނީ މާލޭގެ ޓްރެފިކް ބާރު ބޮޑު ސަރަހައްދެއްގައި ކަމަށާއި އެހެންކަމުން ޓްރެފިކަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާ ގޮތަށް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނާއި ޕީޕީއެމް އިން އިންތިޒާމް ކުރާ އިވެންޓްތަަކަށް މަގު ބަންދުކޮށްދީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން މީގެ ކުރިން ވެސް ހަރަކާތްތެރިވެފައި ވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ވަނީ މަގުތައް ބަންދުކޮށްގެން، މަގުމަތީގައި ކެމްޕެއިން ޖަލްސާތައް ވެސް ބާއްވާފަ އެވެ. އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ އެއްބާރުލުމާއެކު ފުލުހުން ސަލާމަތީ ކަންކަން ފޯރުކޮށްދީ، މަގުތައް ބަންދުކޮށްދީގެންނެވެ.

އިދިކޮޅު ފަރާތްތަކަށް މަގުމަތީގައި ހަރަކާތްތައް ނުބޭއްވޭއިރު، ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ވެސް އިދިކޮޅު ފަރާތްތަކަށް ދުލެއް ނުކުރެއެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދި ފޮނުވި ސިޓީތަކަށް ހައުސިންގ މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.

ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާތަކުން ވެސް ދަނީ ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު