Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސާ ގުޅުންހުރި "ސިހުރު ލޯބި" ނިމުނީތަ؟

ޖޫން 23، ގައި ފުލުހުން ޝަމްނާޒްގެ އިތުރުން އެމައްސަލައިގާ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރުވެސް ހައްޔަރު ކުރި އެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 05:52
ޝަމްނާޒް އަދި ރަމީޒު. އެކުގައި ނަގާފައިވާ ފޮޓޯ އެއް

ޝަމްނާޒް އަދި ރަމީޒު. އެކުގައި ނަގާފައިވާ ފޮޓޯ އެއް

ރައީސް ޑރ މުއިއްޒުއާއި އެންމެ ގާތް އެއް ބޭފުޅާ ކަމުގައިވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާދަމް ރަމީޒްގެ ކުރީގެ އަނބިކަނބަލުން އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރު ކުރި ޚަބަރަކީ މުޅި ރާއްޖެއަށް ހައިރާން ކަމާއި ސިހުން ގެނުވި ޚަބަރެކެވެ. ވަޒީރެއްގެ އަނބިކަނަބަލުން އަދި ސްޓޭޓް މިނިސްޓަރަކަށް ވެގެނެއް ނޫނެވެ. ހައްޔަރު ކުރެވުނު ތުހުމަތެވެ. ސިހުރު ހާހޫރަ ހަދައިގެން ރައީސް ޑރ މުއިއްޒުއާ ގާތްވުމަށް މަސައްކަތް ކުރައްވަން އުޅުއްވީތީއެވެ. މިސަރުކާރުގައި ކުރިން މުލިއާގޭގައި މަސައްކަތް ކުރެއްވި ޝަމްނާޒް ހައްޔރު ކުރުމުގެ ކުރިން ވީނުވީއެއް ނޭނގި ކުރިން ވަނީ މުލިއާގެއިން ފިޝަރީޒް މިނިސޓްރީއަށް ބަދަލު ކުރައްވާފައެވެ. ކުރެވުނު ތުހުމަތަށް އެކަމުންވެސް ބާރު ލިބިދިނެވެ. އަދި އެއީ ހިނގި ކަމެއްކަމަށް ބާރު ލިބޭ އެހެން ސަބަބެއްވެސް މެދުވެރިވިއެވެ. ޖޫން 23، ގައި ފުލުހުން ޝަމްނާޒްގެ އިތުރުން އެމައްޗަސަލައިގާ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރުވެސް ހައްޔަރު ކުރީތީއެވެ. މީގެ އިތުރުން އެއީ އާދައިގެ ތުހުމަތެއް ނޫންކަން ދޭހަވާނެ އެހެން ކަމެއްވެސް ހަމަ އެދުވަސްވަރު ހިނގިއެވެ. މުއިއްޒުގެ އެންމެ ގާތް ރަމީޒްއާއި ޝަމްނާޒްގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތުވެސް ނުދީ ޝަމްރާޒް އެކަހެރި ކުރުމެވެ. ގާތުންދޭ ކުއްޖަކަށް އެވަރުކޮށްލަނ ފުރުސަތުވެސް ނުދޭނީ ގައިމު ކިހާ ނުރައްކާ ވީމަތާއެވެ.

ޝަމްނާޒުގެ އާއިލާއިން ބުނެފައިވާ ގޮތުގައި ބަންދުގައި ހުރި ނަމަވެސް ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓުގައި ވެސް އެދުނު ކަމަށެވެ. އަދި ފުލުސް ސްޓޭޝަނަށް ގޮސް ވެސް އެކަމަށް އެދިފައިވާނެ ކަމަށް އާއިލާއިން ބުންޏެވެ.

ނަމަވެސް ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ޝަމްނާޒަށް ދީފައެއް ނުވެ އެވެ. އަދި ޝަމްނާޒްގެ ކޮޓަރީގެ ތަޅުދަނޑި ވެސް ފުލުހުން އާއިލާއާ ހަވާލު ކުރީ ހަތަރު ދުވަސް ފަހުންނެވެ. ތުއްތު ކުއްޖާގެ ބުއްފުޅި އާއި އެހެނިހެން ސާމާނު ހުރީވެސް އެ ކޮޓަރީގަ އެވެ.

ނިކަން ވިސްނަވާށެވެ. އެއީ އާދައިގެ ކަމަކަށްވުރެ ބޮޑު ކަމެއްގެ ގޮތުގައި ނުވިސްނޭނެ އެއްވެސް ސަބަބެއް އޮންނާނެ ހެއްޔެވެ. އަނެއްކާ ސިހުރު ހެދިކަމަށް އެތުހުމަތު ކުރަނީކީވެސް އާދައިގެ މީހަކަށް ނޫނެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށެވެ. ގާތްވާން އުޅުނީ އެމަނިކުފާނާއެވެ. އުޅުނީ އެމަނިކުފާނާއި އެންމެ ގާތުގައެވެ. އެފަދަ ކަމެއް ފަސޭހައިން ކޮށްލެވޭ ހިސާބުގައި ސީދާ ރައީސް ދިރިއުޅުއްވާ މުލީއާގޭގައެވެ. ސިހުރު ހަދައިދިން ކަމަށް ބުނެ ހައްޔަރު ކުރި މީހާވެސް ހަމަ އެގޭގައެވެ. އަނެއްކާ ޝަމްނާޒްއާ ރައީސްއާ ދިމާވީކީވެސް އިއްޔެ މެންދުރަކު ނޫނެވެ. މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު ޝަމްނާޒަކީ ކައުންސިލަރެކެވެ. އޭރުގެ ފިރިކަލުންނަކީވެސް ކައުންސިލަރެކެވެ. އެއަށްވުރެ ބޮޑަށް މޭޔަރުގެ އެންމެ އަރިސް އަދި މުއިއްޒުއަށްޓަކައި އުޅުއްވި ޕާޓީން ފެއަށް ޖެހިވަޑައިގެންނެވިއިރުވެސް އެމަނިކުފާނާއެކު ދެގޮތެއްނުވެ ހުންނެވި މީހާއެވެ. ގިނަ ކަންކަމުގައި އަތްގާތްކޮށްދީ އުޅުނު ސިއްރުވެރި ދޯސްތެވެ. ފުރަތަމަ އައްވަލަށްވެސް ޑރ މުއިއްޒު ރައީސް ކަމަށް ގެނެވުމަށް ފާޅުގައި މަސައްކަތް ފެށި އެކަކެވެ.

އެހެންކަމުން ރައްޔިތުން ތިބީ އެކަމުގައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްކޮޅުން ބޮޑު ސިންގާހާ ކަމެކެވެ. އަނެއްކޮޅުން ސީދާ ރައީސުލް ޖުމްހޫރިއްޔާއެވެ. އިތުރު ހެއްވާ އެހެންކަމެއްވެސް އޭގެތެރޭގައި ހިނގިއެވެ. އެކަން އެނގުނު ގޮތާއި ފުލުހުންނަށް ރިޕޯޓް ކުރި ބައެކެވެ. އަދި ބޮޑު ސީރިއަސް ކަމެއް ދީގެން ފުލުހުން ހިންގި ބޮޑު ތަހުގީގެވެ. ޝަމްނާޒް ހައްޔރު ކުރުމުގެ ކުރިން ފެށިގެން އާދަމް ރަމީޒާ ދެމެދު ރައީސް ބެހެއްޓެވި ގުޅުން ހީނަރުވެ ރައީސް އޮފީސް ތެރޭގައި އެހެލާފައި ބެހެއްޓި ނަމަވެސް ރައީސްގެ އާއިލާއިން އެމައްސަލަ ރިޕޯޓް ކުރިން ދޮގު ކުރުމެވެ. އެކަމާހުރެ ރައްޔިތުންނަށް އަނެއްކާ އިތުރު ސުވާލުތަކެކެވެ. ރައީސް ނުވަތަ ރައީސް އަނބިކަނބަލުން ނޫންނަމަ ރައީސްގެ އާއިލާގެ ބޭފުޅަކު އެކަން ނާންގާނަމަ އެނގުނު ގޮތެކެވެ. އިންޓެލިޖެންސްގެ ވަރުގަދަކަމެވެ. އާދަމް ރަމީޒް އެކަހެރި ކުރުމެވެ. ޝަމްނާޒްގެ ވަޒީފާ ބަދަލުވުމެވެ. މުލިއާގެއިން ބޭރުކުރުމެވެ. އެކަމަކުވެސް ރައީސްއާއި ރައީސްގެ އާއިލާއާ ވާކަމެއް ނޫނެވެ. ރިޕޯޓް ކުރުމުގައި ވައިވެސް އެޅުނު ކަމެއް ނޫނެވެ.

ޝަމްނާޒްގެ އާއިލާއިން އާދޭސް ކުރަމުންދިޔައީ ގާތުންދޭ ތުއްތު ކުއްޖާގެ ހައްގުގައިވެސް ޝަމްނާޒް ދޫކޮށްލުމަށެވެ. އެކަމަކު އެކުއްޖާފުޅާ ބައްދަލުވެސް ކުރިއަ ފުރުސަތު ނުދީ މަހަކާ ގާތްކުރާވަރަށް ބަންދުގައި ބޭތިއްބީއެވެ. ގައިމު އެވަރުކުރާނީ ކަމުގެ ބާވަތުން ކިހާ ބޮޑުވީމަތާއެވެ. ކޯޓުން އެވަރުގެ ބަންދެއް ކުރުމުގެ އަމުރެއް ނެރެދޭނީ ކިހާވަރެއްގެ ހެކިތަކެއް ހުށަހަޅާފައި ހުރީމަތާއެވެ.

އެކަމަކު ވީކީ އެހެނެއް ނޫނެވެ. އެއްކަލަ ވާހަކަތަކުގައި މާބޮޑު އޮއްޓަރެއްނެތެވެ. ކުރެވުނު ތުހުމަތުތަކަށް ބާރުދޭނެ ކަމެއް ފެނުނުކަމަކަށް ނުވިއެވެ. ތުހުމަތުތައް ސާބިތު ކުރަން ކީއްކުރަން ހެއްޔެވެ. ދައުވާވެސް ކޮށްލެވޭނޭވަރު ނުވީއެވެ. ބަހައްޓަ ބަހައްޓާފައި އެންމެންވެސް ދޫކޮށްލީއެވެ. ބޮޑު ތުހުމަތު ސައިބޯނި ބޮތްކަކަށްވެ ނިމުނީއެވެ. ބޮޑު ތުހުމަތު އެއްވެސް އެއްޗަކަށް ނުވީއެވެ. ވީއެންމެ ކަމެކެވެ. އެންމެ ގާތުގައި ގެންގުޅުއްވި ރަމީޒްވެސް ނަގާ އެއްލާލީއެވެ. ރަމީޒް އެކަހެރިކުރި ސަބަބެއް އަދި އަދަށްވެސް ހާމަނުކުރިއަސް ރަމީޒް ވަޒީފާއިން ވަކިކުރީއެވެ. އޭގެ ކުރިން ޝަމްނާޒްވެސް ވަޒީފާއިން ވަކިކުރީއެވެ. އާދަމް ރަމީޒާއި ޝަމްނާޒްގެ ކައުންސިލަރުކަމުން އިސްތިއުފާދީ ގަބޫލުކުރި މިނިސްޓަރުކަންވެސް ގެއްލި މަގުމަތިވީއެވެ. އެއަށްވުރެ ބޮޑަށް މުޅި ރާއްޖެއާއި ދިޔެއަށްވެސް ފަޟީޙަތްވެ ނުފިލާނޭފަދަ ސުރުހީތަކުން ނޫސްތަކުގައި ރައްކާ ކުރެވުނީއެވެ. ތާއަބަދަށް ހުންނާނޭހޭން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެހެޑްލައިންތަކާއި ފޮޓޯތައް ރައްކާކުރެވުނީއެވެ.

ކޮންމެއކަސް މިހުރިހާކަމެއް މިހާރު އެވަނީ ނިމިފައެވެ. އެކަމަކު އަދިވެސް ބޮޑު ސުވާލުގެ ޖަވާބު އޮތީ ނުލިބިއެވެ. އެއީ ހިނގިކަމެއް ހެއްޔެވެ. ނޫންނަމަ އެއީ ކޮންކަންތައް ގަނޑެއްހެއްޔެވެ. އެބުނާ "ރައީސާ ގުޅުންހުރި ސިހުރު ލޯތްބަށް" މިވީ ކިހިނެއް ހެއްޔެވެ. އެކަން ހަމަ ހަގީގަތުގައިވެސް ނިމުނީ ހެއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟

މިއަހަރު ބޮލީވުޑްގައި އެންމެ ހިނގި ލޯބިވެރިން އިނގޭތަ؟

21 ޑިސެމްބަރު 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018
ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު