Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

އަޒް-ޒަވައިދާއަށް އިޒްރޭލުން ދިން ހަމާލާ ގައި އެއް އާއިލާއެއްގެ 15 މެމްބަރުން ޝަހީދުވެއްޖެ

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާއެކުވެސް، އިޒްރޭލުން ގެންދަނީ ހިޞާރުކޮށްފައިވާ ޣައްޒާ އަށް ވައިގެ މަގުން ބޮން އަޅަމުން އަދި ޓޭންކްތަކުގައި ބޮޑުބަޑިން ހަމަލާދީ ރެޔާއި ދުވާލު ފަލަސްތީނުގެ އެތައް ބަޔަކު މަރަމުންނެވެ.

ރާއްޖެ އެމްވީ | 17 އޯގަސްޓު 2024 | ހޮނިހިރު 12:06
2024 އޯގަސްޓް 17 ވަނަ ދުވަހު ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ އަޒް-ޒަވައިދާ އަށް އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތިވެފައިވާ ސަރަޙައްދު ބަލަނީ

2024 އޯގަސްޓް 17 ވަނަ ދުވަހު ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ އަޒް-ޒަވައިދާ އަށް އިޒްރޭލުން ދިން ހަމަލާގައި ސުންނާފަތިވެފައިވާ ސަރަޙައްދު ބަލަނީ

ޣައްޒާގެ މެދުތެރޭގެ އަޒް-ޒަވައިދާގައި ތިބި ފަލަސްތީނުގެ ރެފިއުޖީން ތަކަކަށް އިޒްރޭލުން ހޮނިހިރު ވިލޭރޭ ދިން ހަމަލާއެއްގައި މަދުވެގެން 16 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޒް-ޒަވާއިދާ އަށް ދިން ހަމަލާގައި އެއް އާއިލާ އަކަށް ނިސްބަތްވާ 15 މެންބަރުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 9 ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުގެ ހަމަލާ އަމާޒުކުރެވުނީ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ގުދަނަކަށް ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ. އެ ގުދަނަށް މަދުވެގެން ތިން މިސައިލު އެރި ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، ފުލުފުލުގައި ގުދަނަށް މިސައިލްތައް އެރުމުގެ ސަބަބުން އަލިފާން ރޯވެ، އެތަނުގައި ހުރި ހުރިހާ އެއްޗެއް އަނދައިގެން ދިޔައިރު ކުޑަކުދިންތައް ވަނީ ކުދިކުދިވެފައެވެ.

ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެ، އިތުރު ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ.

އަނެއްކޮޅުން، އިޒްރޭލުން ޣައްޒާގެ އުތުރާއި ދެކުނުގައި ދިރިއުޅޭ ފަލަސްތީން މީހުން އެމީހުންގެ ގެދޮރުން ނުކުމެ އެ ސަރަހައްދުތައް ހުސްކުރުމަށް ވަނީ އަމުރު ނެރެފައެވެ. މީގެ ތެރޭގައި ޣައްޒާގެ ދެކުނުގައި، ކުރިން "ރައްކާތެރި ސަރަޙައްދު" ކަމަށް ކަނޑައަޅާފައިވާ ތަންތަނުން މީހުން ނުކުތުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން އިޒްރޭލަށް ދަތުރުކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ. މިއީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ތިން ދުވަހުގެ މުއްދަތައް ގަތަރުގައި ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތަކަށް ފަހު ހުކުރު ދުވަހު ޤަތަރު، މިސްރު އަދި އެމެރިކާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އެންމެ ފަހުގެ މަޝްވަރާތައް "ސީރިއަސް އަދި ބިނާކުރަނިވި" ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް އަރާ ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40,005 މީހުން މަރުވެ، 92,401 މީހުންނަށް އަނިޔާވެފައިވެއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު