Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

ހައުސިން މިނިސްޓަރ ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލަން ޖެހޭ - ކުޑޫ

ދައުލަތެއްގެ އެންމެ އަސާސީ އެއް ސިފަ އަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަަމަށް ކުޑޫ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2024 | ބުރާސްފަތި 18:55
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން

ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލަން ޖެހޭ ކަމަށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއވްި "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ދައުލަތެއްގެ އެންމެ އަސާސީ އެއް ސިފަ އަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އިތުން ކަަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއްބާރުންއަނެއްބާރަށް ފާރަވެރިވުމަކީ ރާއްޖެ ހިންގަމުންދާ ނިޒާމްގެ ސިފަަ އެއް ކަމަށެވެ. އެކަމުގެ ބޭނުމަކީ އެއްވެސް މަޤާމެއްގައި ހުންނަ މީހަކަށް ފަރުވާ ކުޑަކުރަން ފުރުސަތު ނުދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އިހުމާލުތައް ހުއްޓުވުމަކީ ވެސް އެކަމުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އަކީ ޤާނޫނު ހެދުމާއި، ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ވާއިރު އެ ދެކަންތައްކުރަން ވެސް މިހާރު މަޖިލީހުގައި އުނދަނގޫ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެޖެންޑާ ލިބެނީ ޖަލްސާ އޮންނަ ދުވަހުގެ ކުރީރޭގެ ދަންވަރު ކަމަށާއި ބަހުސް ކުރާ އިރު އެތައް ތުރާލަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ޤާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅޭ ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑޫ ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވަނީ މަޖިލީހުގައި ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމުން އެކަމަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދެއްވާފައި ނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވަނީ މަދު މެމްބަރުންތަކަކާއި އެކު ވެސް މަޖިލީހުގައި އެމްޑީޕީން ކުރަމުންދާ މަސައްކަތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައްޔިތުންނާއި ގުޅުން ހުރި ވާހަކަތައް އަޑު އިއްވުމުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު