Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން - އިޒްރޭލް ހަނގުރާމަ

ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން އީރާނާއި އީރާނުގެ އެކުވެރިން އިޒްރޭލަށް ދޭން އުޅޭ ހަމަލާ ނުދިނުމަށް އެދިއްޖެ

ވިލާތުގެ ތިން ގައުމުގެ ވެރިން ހޯމަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ސަރަހައްދުގައި ހަމަޖެހުން ގާއިމް ކުރުމަށާއި، މަސްރަހް ފިނިކުރުމަށް ގޮވާލުމުގެ އިތުރުން، ގަޒާ ގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 12:36
އިރާން އިން ދިން މިސައިލް ހަމަލާއަކަށް ފަހު ސުންނާފަތިވެފައިވާ ތަނެއް

އިރާން އިން ދިން މިސައިލް ހަމަލާއަކަށް ފަހު ސުންނާފަތިވެފައިވާ ތަނެއް

ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި އަދި އިނގިރޭސިވިލާތުން، އީރާނާއި އިރާނުގެ ބައިވެރިން އިޒްރޭލަށް ދޭން ބުނާ ހަމަލާ ނުދިނުމަށް ގޮވާލައިފިއެވެ.

ހަމާސްއާއި ހިޒްބުﷲގެ އިސްވެރިންތަކެއް އަވަހާރަ ކޮށްލުމާ ގުޅިގެން އީރާން އާއި ހިޒްބުﷲ އިން އިޒްރޭލަށް ބަދަލު ހިފުމުގެ ގޮތުން ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައި ވުމާއެކު މުޅި މެދުއިރުމަތީގައި ފުރިހަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑު ވެފައެވެ.

ވިލާތުގެ ތިން ގައުމުގެ ވެރިން ހޯމަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ސަރަހައްދުގައި ހަމަޖެހުން ގާއިމް ކުރުމަށާއި، މަސްރަހް ފިނިކުރުމަށް ގޮވާލުމުގެ އިތުރުން، ގަޒާ ގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލައްވާފައިވެއެވެ.

އީރާނުންނާ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާއެއް ދީފިނަމަ މުޅި ސަރަހައްދު ހަމަ ނުޖެހުމުގެ ތެރެއަށް ވެއްޓިދާނެ ކަމަށް ބުނެ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން މެދު އިރުމަތީގެ ހަމަޖެހުމަށް ގޮވާލަމުން ދާއިރު، އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދެއެވެ.

"އަޅުގަނޑުމެން އީރާނާއި އީރާނުގެ އެކުވެރިންނަށް ގޮވާލަނީ ސަރަޙައްދުގެ ކަންކަން އިތުރަށް ގޯސްވެ، ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ ފުރުސަތު ގެއްލިދާފަދަ ކަމަކަށް މަގުފަހިވެދާނެ އެއްވެސް ހަމަލާއެއް ނުދިނުމަށެވެ،" ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކްރޯނާއި، ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒާއި އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީ ސްޓާމަރ ސޮއި ކުރައްވާފައިވާ ބަޔާނުގައިވެއެވެ.

އެމެރިކާއާއި، ޤަޠަރާއި އަދި މިސްރު ގުޅިގެން އިޒްރޭލުން ގާޒާ ގައި ހިންގަމުންދާ 10 މަސްދުވަސްވެފައިވާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށް ތިން ވެރިންގެ ބަޔާނުގައި ވެއެވެ.

"މިހާރުން މިހާރަށް ހަނގުރާމަ ހުއްޓަންޖެހެއެވެ. އަދި ހަމާސްއިން ހިފަހައްޓާފައި ތިބި ހުރިހާ ރަހީނުން ދޫކޮށްލަންޖެހެއެވެ،" ބަޔާނުގައި ވެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ އެއްވެސް ހުރަހެއްނެތި އަވަހަށް ފޯރުކޮށްދީ އެހީ ބެހުމުގެ ކަންކަން ހަމަ ޖެއްސުމަށްވެސް ބަޔާނުގައި ވެއެވެ.

މަސްރަހް ހޫނުވަމުންދާއިރު އެމެރިކާގެ ދިފާއީ ވަޒީރު އިސްރާއީލުގެ ދިފާއީ ވަޒީރާ ކުރެއްވި މަޝްވަރާ ތަކަށް ފަހު ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން މެދުއިރުމައްޗަށް ފޮނުވުން އަވަސް ކުރުމަށް ޕެންޓަގަން އަށް އެމެރިކާގެ ދިފާއީ ވަޒީރު އަންގަވާފައި ވާކަމަށެވެ.

އަނެއްކޮޅުން ގައިޑެޑް މިސައިލް ސަބްމެރިން މެދުއިރުމައްޗަށް ފޮނުވުމަށް އާދިއްތަ ދުވަހު އެމެރިކާ އިން ނިންމި ކަން ވަނީ ހާމަ ކޮށްފައެވެ.

ދިފާއީ ވަޒީރު އޮސްޓިން ވަނީ އިސްރާއީލް ދިފާއު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި ކަމަށް ޕެންޓަގަންގެ ބަޔާނުގައި ވެއެވެ.

ޔޫރަޕްގެ ތިން ގައުމުން ހަނގުރާމަ އާ އެކަހެރިވުމަށް އީރާނަށާއި އީރާނުގެ ބައިވެރިންނަށް ގޮވާލާ ބަޔާނެއް ނެރުނު އިރު، ފަލަސްތީންގެ ހަނގުރާމަ ހުއްޓާލާ ސުލްހަ ގާއިމް ކުރުމަށް މަޝްވަރާ ކުރުމަށް ހަމާސް އަށާއި އިޒްރޭލަށް ގޮވާލާ އެމެރިކާ އާއި މިސްރާއި ގަތަރުގެ އެންމެ އިސްވެރިން ވަނީ ބަޔާނެއް ނެރުއްވާފައެވެ.

ސުލްހަ ގާއިމް ކުރުމަށް ބަޔާން ނެރުނު ޖަރުމަނުވިލާތާއި ފަރަންސޭސި ވިލާތަކީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ ދެ ގައުމެވެ. ބަޔާނުގައި ސޮއި ކޮށްފައިވާ އިނގިރޭސިވިލާތުން ވެސް މިހާތަނަށް ދިޔައީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް އިޒްރޭލަށް ހަތިޔާރު ވިއްކުން އައު ސަރުކާރުން ރިވިއުކުރަނީ ކަމަށް ބުނެ މިވަގުތު އޮތީ މެދުކަނޑާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ރޫޙާނީ ލީޑަރަކީ މިޒަމާނުގެ ހިޓްލަރު: މުހައްމަދު ބިން ސަލްމާން

އީރާނުގެ ރޫޙާނީ ލީޑަރަކީ މިޒަމާނުގެ ހިޓްލަރު: މުހައްމަދު ބިން ސަލްމާން

24 ނޮވެމްބަރު 2017
އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

04 އޮކްޓޯބަރު 2017
ކުރުދީންގެ ބޯޑަރު ކައިރީގައި އީރާނާއި އީރާޤުން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ފަށައިފި

ކުރުދީންގެ ބޯޑަރު ކައިރީގައި އީރާނާއި އީރާޤުން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ފަށައިފި

03 އޮކްޓޯބަރު 2017
އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

29 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު