Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފ.އަތޮޅު ވޮލީ މުބާރާތް

ފ.އަތޮޅު ވޮލީ މުބާރާތް: ފީއަލީ ދެ ޓީމަށް ވެސް ރަނގަޅު ފެށުމެއް

11 އޯގަސްޓު 2024 | އާދީއްތަ 06:08

ފީއަލީ ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުގައި ބިލެތްދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2024 | އާދީއްތަ 06:08
ފީއަލީ ޓީމުގެ ކުޅުންތެރިޔަކު ސާވިސް ކުރަނީ

ފީއަލީ ޓީމުގެ ކުޅުންތެރިޔަކު ސާވިސް ކުރަނީ

ފ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ، ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ ފީއަލީގެ ފިރިހެން ޓީމާއި އަންހެން ޓީމުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ފ.މަގޫދޫ އައުޓްޑޯ ވޮލީ ކޯޓުގައި މުބާރާތް ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަން އިން ވާދަކޮށްފައި ވަނީ ފީއައްޔާއި، ބިލެތްދޫ އެވެ. އެ މެޗު ފީއަލިން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބު ކުރީ ފީއަލީންނެވެ. އެއީ 25-21 އަދި 25-19 އިންނެވެ. ތިން ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ބިލެތްދޫ އިން ވަނީ 21-25 އިން މި ސެޓު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ހަތަރު ވަނަ ސެޓު 25-14 އިން ކާމިޔާބުކޮށް ފީއަލި ވަނީ މެޗުން މޮޅުވެފަ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ފީއަލި ނިކުތީ ބިލެތްދޫއާ ދެކޮޅަށެވެ. އެ މެޗު ފީއަލީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ފީއަލީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ، 25-10، 25-12، އަދި 25-18 އިންނެވެ.

މިއީ ފ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދަމުން އަންނަ މުބާރާތެކެވެ. މުބާރާތުގައި އާދިއްތަ ދުވަހުގެ ހަވީރު އަދި ރޭގަނޑު ވެސް މެޗުތައް ކުޅޭނެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް