Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިސްރާއީލް ހަނގުރާމަ

ދެކުނު ގާޒާ އިން ފަލަސްތީން މީހުން ފައިބަން އިޒްރޭލުން އަންގައިފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށްތަކަށް އިޒްރޭލް ސިފައިން އަރާ ގެންދަނީ ރެއިޑް ކުރަމުންނެވެ.

ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 02:19
ގާޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ރައްޔިތުން ނިކުންނަނީ

ގާޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ރައްޔިތުން ނިކުންނަނީ

ދެކުނު ގާޒާ ގައި ދިރިއުޅޭ ފަލަސްތީން މީހުން އެ ސަރަހައްދުން ފައިބަން އިޒްރޭލް ސިފައިން އަމުރު ކޮށްފިއެވެ.

މި އަމުރު ކުރީ ގާޒާ ސިޓީގެ ގެދޮރުގެއްލިފައިވާ ފަލަސްތީން މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށް މީހުން ފަތިސް ނަމާދަށް ތިއްބާ އިޒްރޭލުން ބޮން އަޅާ 100 ށް ވުރެ ގިނަ ފަލަސްތީން މީހުން ޝަހީދު ކޮށްލިތާ ސައުވީސް ގަޑީއިރުވެސް ނުވަނީހެވެ.

ގާޒާ ސިޓީގެ ތާބިއީން ސްކޫލަށް ބޮން އެޅި އިރު ސްކޫލްގެ ނަމާދު ކުރާ ބަޔަށްވެސް ޓާގެޓް ކޮށް ބޮން އަޅާފައިވާކަން ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ގާޒާގެ ސްކޫލަކަށް ހޮނިހިރު ދުވަހު އިޒްރޭލުން ހަމަލާދީ ހިންގި ގަތުލުއާއްމު އެތައް ގައުމަކުން ވަނީ ކުށްވެރިކޮށްފައެވެ. އަލްޖީރިއާ އިން ވަނީ މި ހަމަލާ އާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް އެދި ހުށަހަޅާފައެވެ.

ގާޒާގެ ސްކޫލަކަށް ދިން ހަމަލާ އާ ބެހޭ ގޮތުން އިޒްރޭލުން ބުނެފައިވަނީ، އެއީ ހަމާސް ޓެރަރިސްޓުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް ކަމަށެވެ.

ހަމާސް އިން އިޒްރޭލް ގެ އެވާހަކަ އަށް ރައްދު ދެމުން ހަމާސް އިން ބުނެފައިވަނީ އެ އިމާރާތުގައި އެއްވެސް ހަނގުރާމަވެރިއެއް ނޫޅޭ ކަމަށެވެ. އަދި އެއީ ފަލަސްތީންގެ މައުސޫމް ރައްޔިތުން މެރުމަށް އިޒްރޭލުން ދައްކާ ބަހަނާ އެއް ކަމަށެވެ.

ޚާން ޔޫނިސް އަށް އިޒްރޭލް ސިފައިން އަރާ ފަލަސްތީން ރައްޔިތުންނަށް އަނިޔާ ދެމުން ދާއިރު، އަލް-ޖަޒީރާ އިން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށްތަކަށް ވެސް އިޒްރޭލް ސިފައިން އަރާ ގެންދަނީ ރެއިޑް ކުރަމުންނެވެ.

އަނެއްކޮޅުން ހޮނިހިރު ދުވަހު އިޒްރޭލުގެ ހައިފާ އާއި ތެލް އަވީވް ގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެކޮޅަށް އިޒްރޭލް ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރި މީހުން އިޒްރޭލް ސަރުކާރުން ގާޒާ ގައި ހިންގަމުންދާ ހަނގުރާމަ ކުރިއަށް ގެންދާ ގޮތާ މެދު ނުރުހުން ފާޅު ކޮށް، ހަމާސް އިން ރަހީން ކޮށްފައިވާ އިޒްރޭލު ރައްޔިތުން މިނިވަން ކުރުމުގައި ނަތަންޔާހޫ ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެފައިވެއެވެ. ރަހީނުން މިނިވަން ކުރުމުގެ އެއްވެސް ގަސްދެއް ނަތަންޔާހޫގެ ސަރުކާރުގައި ނެތް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވާ ކަމަށް އަލް-ޖަޒީރާ އިން ހާމަކޮށްފައިވެއެވެ.

އިޒްރޭލުން ގާޒާ ގައި ހިންގާ އަނިޔާވެރި ހަނގުރާމާގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 39،790 ށް ވަނީ އަރާފައެވެ. ޒާގާ ގެ ހެލްތް މިނިސްޓްރީ އިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 92،002 ށް ވަނީ އަރާފައެވެ.

ހަނގުރާމަ ހުއްޓާލުމާ ބެހޭ ވާހަކަތަކަށް އެމެރިކާ އާއި ގަތަރާއި މިސްރުން ހަމާސް އަށް ދައުވަތު ދީފައިވާ ކަމަށާއި، އެ ގައުމުތަކުން ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމަށާއި ހަމާސް އިން އެކަމުގައި ނިންމާ ގޮތެއް ފަހުން ހާމަ ކުރާނެ ކަމަށް ހަމާސް އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު