Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުން

ސަރުކާރާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން ނުނިކުތް ނަމަވެސް އާއްމު ރައްޔިތުން މުޒާހަރާއަށް ނުކުމޭ، އެއީ ސަރުކާރުން ވިސްނަންޖެހޭ ކަމެއް: ސަނީފް

11 އޯގަސްޓު 2024 | އާދީއްތަ 02:00

މިއަދުގެ ސަރުކާރުން ނުފޫޒު ފޯރުވުމަށް މުޅި ދައުލަތް ބޭނުންކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޯގަސްޓު 2024 | އާދީއްތަ 02:00
ފަލަސުރުހީ ޕްރޮގްރާމްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން މަގުމައްޗަށް ނުނިކުތް ނަމަވެސް އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މުޒާހަރާއަށް ނުކުތުމުން ރަނގަޅު މިސްރާބަށް ގައުމު ނުދާކަން ހާމަވާ ކަމަށް 19 ވަނަ ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސަނީފް ވިދާޅުވީ މިއަދުގެ ސަރުކާރުން ނުފޫޒު ފޯރުވުމަށް މުޅި ދައުލަތް ބޭނުންކުރާ ކަމަށާއި، ހުރިހާ ދިމާލެއްގައި އޮތީ ސިޔާސީ ނުފޫޒު ކަމަށެވެ.

Advertisement - newsAdvertisement

ސަނީފް ވިދާޅުވީ ވަޒީފާގެ މާހައުލަށް ބަލާއިރު، ވަޒީފާ މެރިޓް އުސޫލުން ލިބޭނެ އެއްވެސް ގޮތެއްނެތް ކަމަށާއި، ތައުލީމީ ޒުވާނުން ވަޒީފާ ހޯދުމަށް ސިޔާސީ މީހެއްގެ ނުފޫޒު ހޯދުން ނޫން ގޮތެއް ނެތް ކަމަށެވެ. އެ އުސޫލު ބަދަލު ކުރުމަށް މިއަދު ރަައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަނީފް ވިދާޅުވީ ސިޔާސީީ އެއްވެސް ޕާޓީއަކުން މަގު މައްޗަށް ނުނިކުތް ނަމަވެސް އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ އާއްމު ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުންނަ ކަމަށެވެ.

އެގޮތުން ރާޅުގަނޑު ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ހައްގު ހޯދުމަށް އާއްމު ރައްޔިތުން މުޒާހަރާ ކުރި ކަމަށާއި، ހަމަ އެދުވަހު އާޓިފިޝަލް ބީޗް ސަރަހައްދު ޕީއެންސީ ޖަގަހަ ކުރިމަތީގައި ޓެކްސީ ޑްރައިވަރުންނާ، ވެހިކަލް ޓޯ ކުރާ މައްސަލާގައި ޒުވާނުން މުޒާހަރާ ކުރި ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނޯތު ހާބަރުގެ ޚިދުމަތް ލިބުމަށް ދަތިވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޯޓު ފަހަރުގެ ވެރިންނާއި އުޅަނދުފަހަރުގެ ކައްޕިން މުޒާހަރާ ކުރި ކަމަށެވެ.

އެހެންކަމުން މިސަރުކާރާއެކު ގައުމުދާ މިސްރާބު ރަނގަޅު ނޫންކަން ހާމަވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައީސް މުއިއްޒުގެ ސަރުކާރަށް ދައުލަތް ހިންގުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ގައުމުގެ ކަންކަން ގޯހުން ގޯހަށްދާނަމަ، އާއްމު ރައްޔިތުންގެ ހައްގުގައި ސިޔާސީ ޕާޓީތަކުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި، އެއީ ސިޔާސީ މީހުންގެ މަސްއޫލިއްޔަތެއް ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރާ ދެކޮޅަށް އާއްމު ރައްޔިތުން ނުކުމެ މުޒާހަރާތައް ކުރަން ފެށުމުން އެކަމާ މިހާރަށް ވުރެ ބޮޑަށް ސަރުކާރުން ވިސްނައި، ކަންކަން ރަނގަޅުކުރަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް