Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާ

މުޒާހަރާގެ ޕްރެޝަރަށް ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފި

އުއްތަމަފަނޑިޔާރު ބަޣާވާތެއް ރާވާ ކަމަށް ތުހުމަތު ކޮށް އޭނާ އިސްތިއުފާ ދެއްވުމަށް މުޒާހަރާ ކުރާ މީހުން ވަނީ މުހުލަތެއް ދީފައެވެ.

ރާއްޖެ އެމްވީ | 10 އޯގަސްޓު 2024 | ހޮނިހިރު 13:59
ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ދަރިވަރުން ގޮވާލާ މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ދަރިވަރުން ގޮވާލާ މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގެ އުއްތަމަފަނޑިޔާރުގެ އިސްތިއުފާ އަށް ގޮވާލާ ކުރި މުޒާހަރާ އާ އެކު އޭނާ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފިއެވެ.

ބަންގްލަދޭޝްގެ އެންމެ މަތީ ކޯޓުގެ ކުރިމަތީގައި އޭނާގެ އިސްތިއުފާ އަށް ގޮވާލާ މުޒާހަރާ ކުރި ފަރާތްތަކުން ވަނީ އިސްތިއުފާ ދެއްވަން އުއްތަމަފަނޑިޔާރަށް މުހުލަތެއް ދީފައެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގެ ސްޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރި އުބައިދުލް ހަސަން ވިދާޅުވީ އުސޫލެއްގެ ގޮތުން އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ.

ބަންގްލަދޭޝްގެ އުއްތަމަފަނޑިޔާރު ބެލެވިފައިވަނީ މަގާމުން އިސްތިއުފާ ދެއްވާ އަވައްޓެރި އިންޑިއާ އަށް ފިއްލަވައިގެން ވަޑައިގެންނެވި ޝޭޚް ހަސީނާ އަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ.

ހޮނިހިރު ދުވަހު މުޒާހަރާ ކުރާ މީހުން ވެރިރަށް ޑާކާ ގައި ހުންނަ ސްޕްރީމް ކޯޓުގެ އިމާރާތް ކައިރިއަށް ޖަމާވީ، އުއްތަމަފަނޑިޔާރު އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވާ މަޝްވަރާތައް ގެންދަވާފައިވާތީ ޝަރުއީ ދާއިރާ މެދުވެރިކޮށް ބަޣާވާތެއް ރާވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަންގްލަދޭޝްގެ ޔުނިވަރސިޓީ ދަރިވަރުން އިސްވެ ތިބި ކުރި މުޒާހަރާ ގައި ވަނީ ސްޕްރީމް ކޯޓުގެ އަނެއް ހަތް ފަނޑިޔާރުންގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ. އެމީހުން ދެކެނީ ބަންގްލަދޭޝްގެ ސްޕްރީމް ކޯޓު ސިޔާސީ ވެފައިވާ ކަމަށެވެ.

ހަސީނާގެ ބާރުތައް ކުއްލިއަކަށް ގެއްލި އޭނާގެ ސަރުކާރު ވެއްޓުމާއެކު މުޒާހަރާ ކުރާ މީހުންގެ ޕްރެޝަރަށް ހަސީނާގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ދަނީ މަގާމުތަކުން ދުރުވަމުންނެވެ. މި ގޮތުން ފުލުހުންގެ ވެރިޔާ އާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރު ވެސް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ހަސީނާ އިސްތިއުފާ ދެއްވުމުން ބަންގްލަދޭޝްގައި އައު އިންތިޚާބެއް ބޭއްވެންދެން ގައުމު ހިންގުމަށް ވަގުތީ ސަރުކާރެއް ވަނީ އެކުލަވާލާފައެވެ. ވަގުތީ ސަރުކާރު ހިންގުމަށް ބޮޑު ވަޒީރުގެ ފެންވަރުގައި "ޗީފް އެޑްވައިޒަރ" ގެ މަގާމަށް 2006 ވަނަ އަހަރު ނޮބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ އައްޔަން ކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށްޓަކައި އދ. އިން ސުޕަވައިޒްކުރާ ސޭފް ޒޯންތަކެއް މިޔަންމާގައި ގާއިމުކުރައްވާ: ބަންގްލަދޭޝްގެ ބޮޑުވަޒީރު
12 ސެޕްޓެމްބަރު 2017

މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު

12 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު
29 އޯގަސްޓު 2017

ރާމް ރަހީމަކީ ވަލު ފުރޭތައެއް: ފަނޑިޔާރު

29 އޯގަސްޓު 2017
ރާމް ރަހީމަކީ ވަލު ފުރޭތައެއް: ފަނޑިޔާރު
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
19 މެއި 2017

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

19 މެއި 2017
ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
13 އެޕްރީލު 2017

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

13 އެޕްރީލު 2017
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު