Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓުގެ ހުކުމް

އިންތިިިހާބީ މަގާމު ކަށަވަރުވާ މާއްދާ ބާތިލްނުކޮށްފިނަމަ ހުކުމުގައި ބުނާ ހާލަތެއްގެ ބޭނުން ކެނޑޭ: ދައުލަތް

13 އޯގަސްޓު 2017 | އާދީއްތަ 10:24

ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކުރުމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 އޯގަސްޓު 2017 | އާދީއްތަ 10:24
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ސިޔާސީ ޕާޓީއަކުން ވަކިކުރިޔަސް އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ މާއްދާ ބާތިލް ނުކޮށްފިނަމަ، މެންބަރުންގެ ގޮނޑި ގެއްލޭނެ ތިން ހާލަތު ބަޔާންކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ ހާލަތެއްގެ ބޭނުން ކެނޑިގެންދާނެ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލް ކުރުމަށް މިދިޔަ ބުދަ ދުވަހު ހުށަހަޅާފަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މެންބަރުންގެ ގޮނޑީގެ މައްސަލަތަކުގެ ތެރެއިން، އާދިއްތަ ދުވަހު ބޭއްވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އޮފީހުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީގެ މާއްދާތަކެއް މާނަ ކޮށްދިނުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުއްވާފައިވާ ހުކުމެއް ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށް ގާނޫނުގައި ބުނާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އިންތިޚާބުވެފައި ހުރި މަގާމު ގެއްލޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ތައާރުޒުވާ ކަމަށާއި، އެ މާއްދާ ބާތިލް ނުކޮށްފިނަމަ ހުކުމުގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއްގެ ބޭނުން ކެނޑިގެންދާނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވި އެ ހާލަތަކީ ސިޔާސީ ޕާޓީން ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމުގައި ބުނާ ހާލަތް ކަމަށެވެ.

ގާނޫނެއްގެ މާއްދާއެއް އެ ހުކުމާ ތައާރޒުވާނަމަ ބާތިލްކުރަން ވާނެ ކަމަށް ގަބޫލުކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެ މާއްދާ ދެމިއޮންނަ ނަމަ ސުޕްރީމް ކޯޓުގެ ހުކުމުގެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި މެންބަރުން ޕާޓީ ބަދަލު ކުރުމަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެއިން ޕާޓީ ބަދަލުކުރާ މެންބަރުންނާއި، ވަކިކުރާ މެންބަރުންނާއި ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން، ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކޮށްފައެއް ނުވެއެވެ.

ހުކުމުގެ ފަހުން ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނާއި، ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތަށް ތަބާވުން އިސްތިސްނާ ކުރެވިގެން ނުވާކަން ހުކުމުގައި ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބު ވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ ދެމި އޮންނާނެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް