Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިހާދަށް ކުރާ ދައުވާތައް

ޖިހާދަށް ކުރާ ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ގަސްތުކުރަން: ޕީޖީ އޮފިސް

29 ޖުލައި 2024 | ހޯމަ 09:25

ދަށު ކޯޓުގެ ނިންމުން ދިރާސާ ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖުލައި 2024 | ހޯމަ 09:25
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލަން ނިންމާފައިވާއިރު، އެ ނިންމުން އިސްތިއުނާފު ކުރަން ވިސްނަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ކޯޓުން މި ދައުވާ ބޭރުކޮށްލާފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެ ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމާފައެވެ.

މިއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމައި ބޭރުކޮށްލާފައިވާ މައްސަލައެއްކަމަށްވާތީ މި ބާވަތުގެ މައްސަލަ އިސްތިއުނާފު ކުރަން 10 ދުވަހުގެ މުއްދަތެއް ލިބެއެވެ. އެހެންކަމުން އިސްތިއުނާފު މުުއްދަތު ހަމަވާނީ 11 އޯގަސްޓުގައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ގަސްތުކުރާ ކަމަށެވެ. އެކަމަށްޓަކައި ދަށު ކޯޓުގެ ނިންމުން ދިރާސާ ކުރަމުންދާ ކަމަށާއި، ޕީޖީ އޮފީހުން ގޮތެއް ނިންމާނީ އެއަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައިގެ ފަސްފަހަތް:

ދަށު ކޯޓުގައި މައްސަލަ ނިންމެވި ގާޒީ ވިދާޅުވީ، އޭސީސީން ތަހުގީގު ނިންމިތާ 4 އަހަރު ފަހުން އަލުން އެ މައްސަލައިގެ ތަހުގީގެއް ރިޔާސީ ކޮމިޝަނުން ފަށާއިރު، ތަހުގީގު ފަށާ ސަބަބު ޖިހާދަށް ބުނެދީފައި އޮންނަންޖެހޭނެ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހުށަހެޅިފައިވާ ލިއެކިއުންތަކަށް ބަލާއިރު، ޖިހާދަށް ޤާނޫނީ އިންޒާރު ދެވިފައިވާކަން އެނގެން އޮންނަ ކަމަށާއި، ނަމަވެސް ތަހުގީގު ފެށި ސަބަބު ބުނެދެވިފައިވޭތޯ ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ލިބުނުކަމަށް ބުނާ އައު ހެއްކަކީ 2022 ވަނަ އަހަރުގެ ޖުލައި މަހު އަދީބު ތަހުގީގަށް ދީފައިވާ ބަޔާނެވެ. ނަމަވެސް އެ ހެކީގެ ސައްޙަކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ދައުލަތުން އަދި ތަހުގީގުގައިވެސް ކޮށްފައިނުވާކަމަށް ދިފާއުން ފާހަގަކުރިއެވެ.

ގާޒީ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި އަހުމަދު އަދީބު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އޭރު އަދީބަކީވެސް ތުހުމަތުތަކެއް ކުރެވޭ ފަރާތެއް ކަމަށާއި، އެހެންކަމުން އަދީބު ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ ވާހަކަތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ތަހުގީގުގައިވެސް މަސައްކަތްތަކެއް ކުރެވިފައި އޮންނަންޖެހޭނެ ކަމަަަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގުގައި އެފަދަ މަސައްކަތެއް ކުރެވިފައި އޮތްކަން އެނގޭކަށް ނެތެވެ.

އެހެންކަމުން ތަހުގީގަށް އޭގެ އުނިކަން އައިސްފައިވާ ކަމަށާއި، ތަހުގީގުގައި ފުރިހަމަވާންޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުވާކަމަށް ގާޒީ ވިދާޅުވިއެވެ. އުނިކަން ހުރި ތަހުގީގެއްގެ މައްޗަށް މި ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ދެކިނުލައްވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ގާޒީ ވަނީ މި ދައުވާ ކްރިމިނަލް ކޯޓުގައި ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް