Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަލަފިއޯރީ އާސެނަލް އަށް

ރިކާޑޯ ކަލަފިއޯރީގެ ސޮއި އާސެނަލް އިން ޔަގީން ކޮށްފި

ކުރިއަށް އޮތީ މެޑިކަލް ފުރިހަމަ ކުރުމެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 05:03
ރިކާޑޯ ކަލަފިއޯރީ

ރިކާޑޯ ކަލަފިއޯރީ

އިޓަލީގެ ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީގެ ސޮއި އާސެނަލް އިން ޔަގީން ކޮށްފި އެވެ.

އިޓަލީގެ ބޮލޯނާއާ ކުރި މަޝްވަރާތަކަށްފަހު ކަލަފިއޯރީ އާސެނަލް އަށް ބަދަލުވުމުގެ ހުރިހާކަމެއް މިހާރު ވަނީ ނިމިފައެވެ. ކުރިއަށް އޮތީ 22 އަހަރުގެ ޑިފެންދަރުގެ މެޑިކަލްގެ ކަންކަން ފުރިހަމަކޮށް ނިންމުމެވެ. އާސެނަލްއިން އުއްމީދުކުރަނީ ޕްރީ ސީޒަން ޓުއާގެ ތެރޭގައި ކަލަފިއޯރީ އަށް ބައިވެރިވެވޭނެ ކަމަށެވެ. ކަލަފިއޯރީ އާސެނަލްއަށް ބަދަލުވުމާ ގުޅޭ ގިނަ ޚަބަރުތަކެއް އޭނާ ވަނީ ރިޓްވީޓްވެސް ކޮށްފައެވެ. އަދި އާސެނަލްއިން އޭނާ ގެންދާތީ އެކްލަބަށް ޝުކުރުއަދާކޮށްވެސް ޓްވީޓެއް ކޮށްފައި ވެއެވެ.

ކަލަފިއޯރީ ވަނީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިޓަލީ ކުޅުނު ތިން މެޗުގައިވެސް ފުރަތަމަ އެގާރައިގަ ހިމެނިފައެވެ. ސެރީ އޭގައި މިދިޔަ ސީޒަންގައި ކުޅުނު 30 މެޗުން ދެ ގޯލް ޖަހާ, 5 ގޯލް ޖަހަން ފުރުޞަތު ތަނަަވަސްކޮށްދިނެވެ. ބޮލޯނާ ލީގު ތާވަލްގެ 5 ވަނައިގަ ނިންމާލާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ. ކަލަފިއޯރީ އަކީ ރޯމާ އެކަޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ.

އާސެނަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު