Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުވޭތުގެ ގާނޫނު ހަދާ މަޖިލިސް އުވާލުން

ކުވޭތުގެ އަމީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އައު ކެބިނެޓެއް އައްޔަން ކުރައްވައިފި

13 މެއި 2024 | ހޯމަ 19:20

މިއީ މި އަހަރުގެ ތެރޭގައި ކުވޭތުގެ ގާނޫނު ހަދާ މަޖިލިސް އުވާލި ދެވަނަ ފަހަރު

ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 19:20
ކުވޭތުގެ ޤާނޫނު ހަދާ މަޖިލިސް

ކުވޭތުގެ ޤާނޫނު ހަދާ މަޖިލިސް

ކުވޭތުގެ އަމީރު ނެރުއްވި ގަރާރަކުން، އާދިއްތަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އައު ކެބިނެޓެއް އައްޔަން ކުރައްވައިފިއެވެ.

ބޮޑުވަޒީރު ކަމުގައި ހުންނެވީ އޭޕްރީލް މަހު އެ މަގާމަށް އިސްކުރެވުނު ޝެއިޚް އަހްމަދު އަބްދުﷲ އައް ސަބާހް އެވެ.

ކެބިނެޓަށް ބަދަލު ގެންނެވި ނަމަވެސް ތެލާބެހޭ ވަޒީރާއި، މާލީ ވަޒީރު އަދި ޚާރިޖީ ވަޒީރުގެ މަގާމުގައި ތިއްބެވީ ކުރިންވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ކުވޭތުގެ ގާނޫނު ހަދާ މަޖިލިސް ހުކުރު ދުވަހު އެ ގައުމުގެ އަމީރު އުވާލެއްވީ، ސަރުކާރާ ގާނޫނު ހަދާ މަޖިލިހާ ދެމެދު އުފެދިފައިވާ މައްސަލަތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލީ ވަކި މުއްދަތެއް ނެތް ގޮތެއްގައެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލެއްވުމުގެ އިތުރުން ކުވޭތުގެ އަމީރު ވަނީ ގާނޫނު އަސާސީގައި، މަޖިލީހެއް އުވާލާތާ 2 މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ ގޮތައް އޮންނަ މާއްދާ ވެސް ސަސްޕެންޑް ކުރައްވާފައެވެ.

މިއީ މި އަހަރުގެ ތެރޭގައި ކުވޭތުގެ ގާނޫނު ހަދާ މަޖިލިސް އުވާލި ދެވަނަ ފަހަރެވެ.

ކުވައިތުކުވޭތް ގާނޫނު ހަދާ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

01 މެއި 2025

ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި

01 މެއި 2025
ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި
22 ޖުލައި 2024

އަހަރެމެންގެ ފެންފައިވާން އެންމެ ފަހުން ޖަވާހިރަކަށް؟

22 ޖުލައި 2024
އަހަރެމެންގެ ފެންފައިވާން އެންމެ ފަހުން ޖަވާހިރަކަށް؟
18 މާރިޗު 2024

ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު

18 މާރިޗު 2024
ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު
20 ޑިސެމްބަރު 2023

ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި

20 ޑިސެމްބަރު 2023
ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި
29 ނޮވެމްބަރު 2023

ކުވައިތުގެ އަމީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

29 ނޮވެމްބަރު 2023
ކުވައިތުގެ އަމީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
21 އޯގަސްޓު 2022

ކުވައިތު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ

21 އޯގަސްޓު 2022
ކުވައިތު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ
24 ސެޕްޓެމްބަރު 2021

ރައީސް ޞާލިހު، ކުވޭތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

24 ސެޕްޓެމްބަރު 2021
ރައީސް ޞާލިހު، ކުވޭތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް