Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯޅަ

ދެ މެޗުން ވެސް ބަލިވެ، ރާއްޖޭގެ އުއްމީދު ގެއްލިއްޖެ

ރާއްޖެ ބަލިވީ ކިރިގިސްތާނާއި ލަންކާ އަތުން ސީދާ ތިން ސެޓުންނެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 20:03
20 އަހަރުން ދަށުގެ ވޮލީބޯޅަ ޓީމް 2024

20 އަހަރުން ދަށުގެ ވޮލީބޯޅަ ޓީމް 2024

ކުޅުނު ދެ މެޗުން ވެސް ބަލިވެ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ދުވެލި ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި މުބާރާތް ހުޅުވަން ނުކުމެ، ކިރިގިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ފުރަތަަމަ ސެޓާއި ދެ ވަނަ ސެޓުން ވެސް ރާއްޖެ ބަލިވީ 25-11 އިންނެވެ. ފަހު ސެޓު ކިރިގިސްތާނުން ހޯދި ރާއްޖެއަށް 17 ޕޮއިންޓް ދީފަ އެވެ.

ކިރިގިސްތާނާއި ލަންކާ އާއި ނޭޕާލް ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުޅޭ މުބާރާތުގައި ރާއްޖޭގެ ދެ ވަނަ މެޗު ކުޅުނީ ހުކުރު ދުވަހު ހަވީރު އެވެ. މުބާރާތުގެ އެންމެ ގަދަ ކަމަށް ބެލެވޭ ޓީމު ކަަމަށްވާ ލަންކާ އަތުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ރާއްޖެ އަށް ފުރަތަމަ ސެޓް ގެއްލުނީ 25-8 އިންނެވެ. ދެ ވަނަ ސެޓް 25-9 އިން ގެއްލުނުއިރު ފަހު ސެޓް ލަންކާ ކާމިޔާބުކޮށް މެޗު ނިންމާލީ 25-16އިންނެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ ނޭޕާލްއާ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ މި މުބާރާތަކީ ކާވާއާ ގުޅިގެން ރާއްޖޭގެ ވޮލީގެ ފެންވަރު މަތި ކުރުމުގެ ބޭނުމުގައި ކުޅޭ މުބާރާތެއް ކަމަށެވެ. މި ގޮތުން އަމާޒަކީ 2027 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން އަދި ފުރިހެން ކެޓަގަރީގައި ވެސް ފައިނަލް ކުޅުން ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު