Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިޓީ ޚިދުމަތް ކެނޑުން

ދުނިޔޭގެ އެތައް ގައުމަކަށް އައިޓީ ޚިދުމަތް ކެނޑި، އެއަރލައިން ތަކުގެ ދަތުރު ތަކަށާއި، ބޭންކުގެ ޚިދުމަތްތަކަށް ބުރޫ އަރައިފި، ވެލާނާ އެއަރޕޯޓުގެ ޚިދުމަތްތައް ލަސްވާނެ ކަމަށް ބުނޭ

ދުނިޔޭގެ އެތައް ގަައުމަކަށް މައްސަލަ ދިމާވެފައިވާއިރު މައްސަލަ ދިމާވީ ކީއްވެގެން ކަމެއް އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތަކަށް ވެސް ވަނީ މިކަމުގެ ސަބަބުން ބުރޫ އަރާފައެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 08:38
ދުނިޔޭގެ އެތައް ގައުމަކަށް އައިޓީގެ ޚިދުމަތް ކެނޑުން

ދުނިޔޭގެ އެތައް ގައުމަކަށް އައިޓީގެ ޚިދުމަތް ކެނޑުން

ދުނިޔޭގެ އެތައް ގައުމަކަށް އައިޓީގެ ޚިދުމަތް ކެނޑި، އެއަރލައިން ތަކުގެ ދަތުރު ތަކަށާއި، ބޭންކުގެ ޚިދުމަތްކަށާއި ވިޔަފާރިތަކަށް ބުރޫ އަރައިފިއެވެ.

ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އައިޓީ ޚިދުމަތް ކެނޑުމުގެ އެންމެ ބޮޑު ހާދިސާގައި ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަސިންޖަރުންގެ ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުކުރު ދުވަހު ވަނީ ބުނެފައެވެ.

"އައިޓީ ސިސްޓަމްތަކަށް މުޅި ދުނިޔޭގައި މި ވަގުތު ވަނީ މައްސަލަތަކެއް ކުރިމަތިވެފައި. ޗެކިން ކުރުމުގައި މި ވަގުތު ފަސިންޖަރުންނަށް ލަސްވުން އެކަށީގެންވޭ،" އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ ޑެލްޓާ، ޔުނައިޓެޑް އެއަރލައިން އަދި އެމެރިކަން އެއަރލައިންގެ ދަތުރުތައް ހުކުރު ދުވަހު ހެނދުނު ވަނީ ހުއްޓާލާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކޮމިއުނިކޭޝަން މައްސަލައަކާ ގުޅިގެން ކަމުގައެވެ.

އޮސްޓްރޭލިއާގެ އެއަރޕޯޓްތަކުގައި ހުރި ފްލައިޓް މައުލޫމާތު ދޭ ސްކްރީންތަކުން މައުލޫމާތު ފުހެވި، ބޮޑެތި ސުޕަރމާކެޓް ތަކުގައި ހުންނަ ސެލްފް ސާވިސް ކައުންޓަރުތަކަށް އެރަރ މެސެޖް އަރާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ސިޑްނީ އެއަރޕޯޓްގައި ފްލައިޓްތައް އޮޕަރޭޓް ކުރި ނަމަވެސް ބުނެފައިވަނީ ޚިދުމަތް ލަސްވާނެ ކަމަށް ފަސިންޖަރުން ސަމާލުވުމަށެވެ.

މެލްބަން އެއަރޕޯޓްގައި ބައެއް އެއަރލައިންތަކުގެ ޗެކްއިން ޚިދުމަތައް ބުރޫ އަރާފައިވާ ކަމަށް އެ އެއަރޕޯޓުން ބުނެފައިވެއެވެ.

އިނގިރޭސި ވިލާތާއި މެލޭޝިއާ، އިންޑިއާ އާއި ޔޫއޭއީގެ އެއަރޕޯޓުތަކުން ވެސް ބުނެފައިވަނީ ޚިދުމަތައް ބުރޫ އަރާފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބިޒީ އެއަރޕޯޓް ކަމަށް ވާ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓްގައި ވެސް ޗެކިން ޚިދުމަތް ދެނީ މެނުއަލް ކޮށް ކަމުގައި އެ އެއަރޕޯޓުން ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ ގައުމީ ބްރޮޑްކާސްޓަރ، ދި އޮސްޓްރޭލިއަން ބްރޮޑްކާސްޓިން ކޯޕަރޭޝަން އާއި ނެޓްވޯކް ޓެން އިން އެތަންތާނގެ މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށް ބުނެފައިވެއެވެ.

ބެންޑިގޯ ބޭންކުން ބުނެފައިވާ ގޮތުގައި އެ ބޭންކުން ބުނެފައިވާ ގޮތުގައި އެ ބޭންކުގެ އޮންލައިން ޚިދުމަތްތައް ވަނީ ހުއްޓިފައެވެ.

މައްސަލަ ދިމާވީ ކީއްވެގެން ކަމެއް އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ގައުމުތަކަށް މައްސަލަ ތަޖުރިބާ ކުރަން ފެށުނީ މައިކްރޮސޮފްޓް އިން މައިކްރޮސޮފްޓް 365 އެޕަށް ވަނުމުގައި މައްސަލަތަކެއް އުޅޭ ކަން ހާމަކުރުމާ އެކުއެކީގައިކަން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު