Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް

ކީރިތި ޤުރުއާން ރީތިކޮށް ކިޔަވާ، ކީރިތި ޤުރުއާނުގެ މައްޗަށް ތަރުބިއްޔަތުވާ ޖީލެއް ބިނާކުރަން ޖެހޭ - ޝަހީމް

ކީރިތި ޤުރުއާނުން އެތައް ރިވެތި ސިފަތަކަކާއި ރިވެތި އަޚުލާގުތަކެއް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖުލައި 2024 | ބުދަ 04:42
 އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ކީރިތި ޤުރުއާން ރީތިކޮށް ކިޔަވާ, ކީރިތި ޤުރުއާނުގެ މައްޗަށް ތަރުބިއްޔަތުވާ ޖީލެއް ބިނާކުރަން ޖެހޭ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކީރިތި ޤުރުއާނުން އެތައް ރިވެތި ސިފަތަކަކާއި ރިވެތި އަޚުލާގުތަކެއް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިޙްސާންތެރިވުމަށާއި އުޚޫވަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭކަން ޤުރުއާނުން އެނގޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ހަމައެހެންމެ ޤީބަ ނުބުނުމާއި، ފުރައްސާރަނުކުރުމާއި އެކަކު އަނެކަކަށް އަޅާލުމަށް ވެސް ޤުރުއާނުގައި ބާރު އަޅުވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަހަކަށް އައިސް ޤުރުއާން ދަސްކުރާ ހާފިޒުންގެ އަދަދު އިތުރުވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކީރިތި ޤުރުއާން ދަސްކުރާ ހާފިޒުންގެ ޖަލްސާ ކުރިއަށް އޮތްތަނުގައި ބާއްވާނީ ވަކި ހަރަކާތެއްގެ ގޮތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރަން ނިންމީ ގުރުއާން ހިތުދަސްކުރާ މީހުންނަށް އެކަމުގެ ހައްގު މަޤާމް ދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވާތާ 36 އަހަރު ވެގެންދިޔައިރު އެ މުބާރާތަކީ ކާމިޔާބު މުބާރާތެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި މި މުބާރާތަކީ އޭގެ ޒާތުގައި މަދަރުސާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
28 އޯގަސްޓު 2017

ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް

28 އޯގަސްޓު 2017
ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް
19 ޖުލައި 2017

ރީތިކޮށް ކުރެވޭކަށް ނެތް. ސީދާ ހަރަކާތައް ނިކުންނަން ވެއްޖެ: އެމްޑީޕީގެ މެންބަރުން

19 ޖުލައި 2017
ރީތިކޮށް ކުރެވޭކަށް ނެތް. ސީދާ ހަރަކާތައް ނިކުންނަން ވެއްޖެ: އެމްޑީޕީގެ މެންބަރުން
06 ޖޫން 2017

ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް

06 ޖޫން 2017
ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް
02 ޖޫން 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު