Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

މެސީ އަށް ކާމިޔާބު ހޯދައި ދެވުމަކީ ޑި މާރިއާ އަށް ޚާއްސަ އުފަލެއް!

16 ޖުލައި 2024 | އަންގާރަ 06:55

މެސީ ފައިބަން ޖެހުނު ގޮތަށް އިޝާރާތްކޮށް ޑި މާރިއާ ބުނީ، އެއީ އޭނާ އަށް އުފަލެއް ނުވަތަ ހަމަޖެހުމެއް ވެސް ލިބޭނެ ފަދަ ޙާލަތަކަށް ނުވި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2024 | އަންގާރަ 06:55
އާޖެންޓީނާގެ ކެޕްޓަން މެސީ ކޮޕާ އެމެރިކާގެ ތަށި އުފުލާލާއިރު، ޑި މާރިއާ އަދި އެހެނިހެން ކުޅުންތެރިން މެސީ ގާތުގައި

އާޖެންޓީނާގެ ކެޕްޓަން މެސީ ކޮޕާ އެމެރިކާގެ ތަށި އުފުލާލާއިރު، ޑި މާރިއާ އަދި އެހެނިހެން ކުޅުންތެރިން މެސީ ގާތުގައި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކާމިޔާބު ހޯދައި ދެވުމަކީ، އޭނާ އަށް ލިބޭ ވަރަށް ޚާއްސަ އުފަލެއް ކަމަށް އެންހެލް ޑި މާރިއާ ބުނެފި އެވެ.

ޑި މާރިއާ މިހެން ބުނީ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ފައިނަލްގައި އާޖެންޓީނާ އިން ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އާޖެންޓީނާ އިން ވަނީ ކޮލަމްބިއާ ބަލިކޮށް، މުބާރާތުގެ ތަށި 16 ވަނަ ފަހަރަށް އުފުލާލައިފަ އެވެ.

އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން އާޖެންޓީނާގެ ކެޕްޓަން މެސީ އާއި ޑި މާރިއާ ވެސް ވަނީ ކުޅެފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގެ ވަކި ހިސާބަކުން މެސީގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން، އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ބަދަލު ކުރަން ޖެހުމާއެކު މެސީގެ މޫނު މަތިން ވަނީ ވަރަށް ބޮޑަށް ހިތާމަވެރިކަން ފެނިފަ އެވެ. އެ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރަށް ކުޅުނު ދެ ހާފުގެ ތެރެއިން ފަހު ހާާފުގައި ޑި މާރިއާ ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޑި މާރިއާ ބުނީ، މެޗުގައި މެސީ ބަދަލު ކުރަން ޖެހުނު މަންޒަރު ފެނުނު ކަމަށާއި، އެ ވަގުތު މެސީ އަށް ކުރެވުނު އިޙުސާސް ވެސް ފެނުނު ކަމަށެވެ. މެސީ ފައިބަން ޖެހުނު ގޮތަށް އިޝާރާތްކޮށް ޑި މާރިއާ ބުނީ، އެއީ އޭނާ އަށް އުފަލެއް ނުވަތަ ހަމަޖެހުމެއް ވެސް ލިބޭނެ ފަދަ ޙާލަތަކަށް ނުވި ކަމަށެވެ.

އެހެންވެ އޭނާ ވެސް އަދި އާޖެންޓީނާގެ ކުޅުންތެރިން ވެސް ބޭނުންވީ، އެންމެން އެކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދަން ކަމަށާއި، ހުރިހާ ކުޅުންތެރިން ކުރި މަސައްކަތުން އެ ކާމިޔާބީ ޙާސިލުވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ކެޕްޓަން މެސީ އަށް ޙައްޤުވާ ކާމިޔާބު ހޯދައި ދެވުމަކީ އާޖެންޓީނާގެ ކުޅުންތެރިން އަދި ވަކިން ޚާއްސަކޮށް އޭނާ އަށް ލިބޭ ޚާއްސަ އުފަލެއް ކަމަށް ވެސް ޑި މާރިއާ ބުންޏެވެ.

ޑި މާރިއާ އާއި މެސީ އަކީ ޤައުމީ ޓީމުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. ޤައުމީ ޓީމުން ރިޓަޔާ ކުރަން ޑި މާރިއާ ނިންމާފައިވާއިރު، ޑި މާރިއާ ވަނީ އާޖެންޓީނާގެ ސީނިއާ ޓީމާއެކު ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން އާޖެންޓީނާގެ ޒުވާން އުމުރުފުރާގެ ޓީމާއެކު 2007 ވަނަ އަހަރު އޮތް 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އަދި 2008 ވަނަ އަހަރުގެ އޮލިމްޕިލްސްގެ ރަން މެޑަލް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް