Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ އާއި ހުޅަނގުގެ ކޯޅުން

ޖަރުމަނުގައި ހުރި އެމެރިކާގެ މިސައިލް ބޭނުން ކުރަން ފަށައިފި ނަމަ ހުޅަނގުގެ ކެޕިޓަލް ސިޓީތައް ރަޝިއާ ގެ ޓާގެޓަކަށް ވެދާނެ: ރަޝިއާ

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުނި ގޮތުގައި، ޖަރުމަނުގައި ހުރި އެމެރިކާގެ މިސައިލް ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރާ ނަމަ، އެ ހަމަލާތައް ހުއްޓުވުމުގެ ގާބިލްކަން ރަޝިއާގައި ހުރި ކަމަށެވެ.

ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 15:29
ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް

ޖަރުމަނުގައި ހުރި އެމެރިކާގެ މިސައިލް ބޭނުން ކުރަން ފަށައިފި ނަމަ ހުޅަނގުގެ ކެޕިޓަލް ސިޓީތައް ރަޝިއާ ގެ ޓާގެޓަކަށް ވެދާނެ ކަމަށް ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހާމަކޮށްފިއެވެ.

ރަޝިއާގެ ދައުލަތުގެ ޓީވީ ޗެނެލެއް ކަމަށްވާ ޗެނެލް ވަން ގައި ހޮނިހިރު ދުވަހު ވާހަކާ ދައްކަމުން ޕެސްކޯވް ބުނި ގޮތުގައި ޖަރުމަނުގައި ހުރި އެމެރިކާގެ މިސައިލް ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރާ ނަމަ، އެ ހަމަލާތައް ހުއްޓުވުމުގެ ގާބިލްކަން ރަޝިއާގައި ހުރި ކަމަށެވެ. އޭނާ ބުނީ އެހެން އެކަން ވާއިރު، ހަގީގީ ގެއްލުންވާނީ، ހުޅަނގުގެ ގައުމުތަކުގެ ވެރިކަން ކުރާ ސިޓީތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކަމުގައެވެ.

ޕެސްކޯވް ބުނި ގޮތުގައި ހުޅަނގުގައި ހުރި އެމެރިކާގެ މިސައިލްތަކުގެ ޓާގެޓަކަށް ރަޝިއާ ވެގެން ދާއިރު ރަޝިއާގެ މިސައިލްތަކުގެ ޓާގެޓަކަށް ހުޅަނގުގެ ގައުމުތައް ވެގެންދާނެ ކަމަށެވެ.

އެމެރިކާގައި ނިމިގެން ދިޔަ ނޭޓޯ ސަމިޓުގެ ތެރޭގައި ވައިޓް ހައުސް އިން މި ދިޔަ ބުދަ ދުވަހު ބުނީ ރައްކައުތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދިގު ރާސްތާގެ ޓޮމޮހޮކް މިސައިލް 2026 ން ފެށިގެން ޖަރުމަނު ވިލާތުގައި ގާއިމް ކުރަމުންދާނެ ކަމަށެވެ.

ކްރެމްލިން އިން ވަނީ އެމެރިކާގެ މި ނިންމުމަށް ފާޑު ކިޔާފައެވެ. ކްރެމްލިން އިން ދެކޭ ގޮތުގައި މިއީ ފިނި ހަނގުރާމައަކާ ގާތައް އެޅޭ ފިޔަވަޅެކެވެ. އަދި އެއީ އެމެރިކާ އިން ޔޫކްރެއިން ހަނގުރާމައިގައި ސީދާ ބައިވެރިވުން ކަމުގައިވެސް ކްރެމްލިން އިން ދެކެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ އިން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ރަޝިއާގެ ދިފާއީ ވަޒީރު އެންޑްރޭ ބެލޫސޮވް ވަނީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާ ފޯނުން ގުޅުއްވާ މަސްރަހް އިތުރަށް ހޫނުވެގެން ދިޔަ ނުދިނުމަށް މަޝްވަރާ ކުރައްވާފައެވެ.

ރަޝިއާ އިން ޔޫކްރެއިން އަށް 2022 ގައި އެރުމާއެކު، އެމެރިކާގެ އިސްނެގުމަށް ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ގެންދަނީ ފިޔަވަޅު ތައް އަޅަމުންނެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު