Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ރައްކައުތެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ސިފައިން ބޮން އަޅާ މަދުވެގެން 71 މަރު

13 ޖުލައި 2024 | ހޮނިހިރު 11:45

ހަމަލާގައި 300ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 11:45
ޔަހޫދީ ސިފައިން ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ މަންޒަރެއް

ޔަހޫދީ ސިފައިން ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގެ މަންޒަރެއް

ޔަހޫދީ ސިފައިން ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ބޮން އަޅާ މަދުވެގެން ފަލަސްތީނުގެ 71 މީހުން މަރާލައިފިއެވެ.

ގާޒާގެ ސިވިލް ޑިފެންސް އާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައިވަނީ މި ރެފިއުޖީ ކޭމްޕަކީ ޔަހޫދީ ސިފައިން ސޭފް ޒޯން ނުވަތަ ރައްކައުތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޒޯން އެއް ކަމަށެވެ.

ހޮނިހިރު ދުވަހު ހެނދުނު އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ދިން މި ހަމާލާގައި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމާއި، ޒަޚަމްވީ މީހުން ހޮސްޕިޓަލަށް ގެންދިއުމާއި، އިތުރު މީހުން ފެނޭތޯ ބެލުމުގެ މަސައްކަތް ސިއްހީ އޮފިޝަލުންނާއި، ރެސްކިއު މަސައްކަތް ކުރާ ފަރާތްތަކުން ކުރިއަށް ގެންދާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައި ވާއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޔަހޫދީ ސިފައިންގެ މި ހަމަލާގައި 300ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ސިއްހީ އޮފިޝަލުން ބުނެފައިވަނީ އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ނުތަކާ ވަރަށް މަރުވީ މީހުންގެ ހަށިތަކާއި ޒަޚަމްވީ މީހުން ގެނެސް ވަނީ ފުރި ބާރުވެފައި ކަމަށެވެ.

ޔަހޫދީން ސިފައިން ގެންދަނީ ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުން ދިރިއުޅޭ ކޭމްޕްތަކަށް އަމާޒުކޮށް އާންމުންނަށް ހަމަލާ ދެމުންނެވެ.

ތާލް އަލް-ހަވާ އިން ޔަހޫދީ ސިފައިން ފޭބުމުން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް ހުކުރު ދުވަހު ފެށި މަސައްކަތުގައި މިހާތަނަށް 60 ށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ އެ ސަރަހައްދުން ފެނިފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންގެ ހަށިތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. މަރުވެ ކުނިވެފައިވާ މީހުންގެ ހަށިތައް މަގުމަތީގެ އެތައް މިތާނގައި ހުރި ކަމަށްވެސް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

ގާޒާގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރ 7 ގެ ފަހުން ޔަހޫދީ ސިފައިން ދީފައިވާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 38،443 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 88،481 މީހުން ވަނީ ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

އަހަރުމެންނަށް ހަތް ލައްކަ ރޮހިންޖާ ރެފިއުޖީން ބެލެހެއްޓޭނެ: ޝައިޚް ހަސީނާ

13 ސެޕްޓެމްބަރު 2017
އަހަރުމެންނަށް ހަތް ލައްކަ ރޮހިންޖާ ރެފިއުޖީން ބެލެހެއްޓޭނެ: ޝައިޚް ހަސީނާ
12 ސެޕްޓެމްބަރު 2017

ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު

12 ސެޕްޓެމްބަރު 2017
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު
02 ސެޕްޓެމްބަރު 2017

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
23 އޯގަސްޓު 2017

ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

23 އޯގަސްޓު 2017
ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
17 އޯގަސްޓު 2017

ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި

17 އޯގަސްޓު 2017
ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް