Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ވީއޭއާރުން ދަނީ ފުޓުބޯޅަ ހަލާކު ކުރަމުންް: ކޫމަން

ކޫމަން ބުނީ ޑަމްފްރީސްގެ ހަމައެކަނި ރިއެކްޝަނަކަށްވީ އެ ޝޮޓް ބްލޮކް ކުރުން ކަމަށާއި، އެވަގުތު ކޭން ބޯޅަ ޖެހި ވަގުތާ ދިމާވުމުން، ފައިގައި ޖެހުނީ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 07:25
ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ދަނީ ފުޓުބޯޅަ ހަލާކު ކުރަމުން ކަމަށް ބުނެ، ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ވީއޭއާރަށް ނުރުހުން ފާޅު ކޮށްފި އެވެ.

އޭނާ މިހެން ވާހަކަ ދެއްކީ ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސް އިން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުގައި ނެދަލެންޑްސް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީ އަކުންނެވެ. އިންގްލެންޑަށް ޕެނަލްޓީ ދިނުމަށް ރެފްރީ ނިންމީ ވީއޭއާރު ބެލުމަށްފަހު އެވެ. އެއީ ނެދަލެންޑްްސްގެ އޭރިޔާ ތެރެއިން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ކޫމަން ބުނީ އެއީ ޕެނަލްޓީ ދޭން ޖެހޭ ޙާލަތެއް ނޫން ކަމަށެވެ. ނެދަލެންޑްސްގެ ޑަންޒެލް ޑަމްފްރީސް ކޭން އަށް ކުރީ ފައުލެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ކޫމަން ބުނީ ޑަމްފްރީސްގެ ހަމައެކަނި ރިއެކްޝަނަކަށްވީ އެ ޝޮޓް ބްލޮކް ކުރުން ކަމަށާއި، އެވަގުތު ކޭން ބޯޅަ ޖެހި ވަގުތާ ދިމާވުމުން، ފައިގައި ޖެހުނީ ކަމަށެވެ.

މީގެ އިތުރުން ކޫމަން ބުނީ ވީއޭއާރުން ނިންމާ އެފަދަ ނިންމުންތަކުގެ ސަބަބުން، ފުޓުބޯޅަ ހަލާކު ވަމުންދާ ކަމަށެވެ. އެކަމަށް މިސާލެއް ދެއްކުމުގެ ގޮތުން ކޫމަން ބުނީ، އިންގްލެންޑުގައި ނަމަ، އެއަށް ޕެނަލްޓީއެއް ނުދޭނެ ކަމަށެވެ. އެކަން ފާހަގަކޮށް ކޫމަން ބުނީ ޑިފެންޑަރަކު ކުރަން ޖެހޭނެ އިތުރު އެހެން ކަމެއް އޭނާާ އަށް ނުވިސްނޭ ކަމަށެވެ. ކޫމަން ފާހަގަ ކުރި ގޮތުގައި މެޗުގެ ރެފްރީގެ ފަރާތުން ފެނުނު ބައެއް ނިންމުންތަކާމެދު ސުވާލު އުފެދެ އެވެ. އެހެން ނަމަވެސް އެއީ ނެދަލެންޑްްސް ބަލިވާާން ޖެހުނު ސަބަބު ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކޫމަން ވަނީ ނެދަލެންޑްސްްގެ ޓީމަށް ތައުރީފު ވެސް ކޮށްފަ އެވެ. އޭނާ ބުނީ އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ވަކި ވަކި ކުޅުންތެރިންގެ ހުނަރު ވެސް ވަރަށް ރަނގަޅުކަން ފާހަގަކޮށް ކޫމަން ބުނީ، ނެދަލެންޑްސް އަށް ފުޓުބޯޅައިގައި ކުރިއަށް ދެވޭނެ ކަމުގެ އުންމީދު މުބާރާތުން އައު ވެއްޖެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު