Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ގާޒާގެ ދެ ހޮސްޕިޓަލް ވަގުތުން ހުސްކޮށް ބަލި މީހުން ނުކުންނަން ޔަހޫދީ ސިފައިން އަންގައިފި

ގާޒާގެ އެކި ސަރަހައްދުތަކުން މީހުން ހުސްކުރަން ނެރޭ އަމުރުތަކުގެ ސަބަބުން މަގުމަތި ވެފައިވާ މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗަށް ހިނގައްޖެ ކަމަށް ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުން ހިމެނެއެވެ.

ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 01:04
ފަލަސްތީނުގެ ތުއްފާހް ޑިސްޓްރިކްޓްގައި އިޒްރޭލް ސިފައިންގެ ހަމަލާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ބަޔަކު ގެންދަނީ

ފަލަސްތީނުގެ ތުއްފާހް ޑިސްޓްރިކްޓްގައި އިޒްރޭލް ސިފައިންގެ ހަމަލާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ބަޔަކު ގެންދަނީ

ގާޒާގެ ދެ ހޮސްޕިޓަލެއް ވަގުތުން ބަންދުކޮށް ބަލި މީހުންނާއި މުވައްޒަފުން އެތަންތަނުން ނުކުންނަން ޔަހޫދީ ސިފައިން އަންގައިފިއެވެ.

ގާޒާގެ ބަޔަކުން މީހުން ހުސްކުރުމަށް ޔަހޫދީ ސިފައިން ނެރުނު ކުއްލި އަމުރުގެ ދަށުން ހުސް ކުރަން ޖެހުނު ދެ ހޮސްޕިޓަލަކީ، އަލް-އަހްލީ އަރަބް ހޮސްޕިޓަލް އާއި ޕޭޝަންޓްސް ފްރެންޑްސް ބެނޮވޮލެންޓް ސޮސައިޓީ ހޮސްޕިޓަލެވެ.

ކުއްލި ކުއްލި އަށް ގާޒާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެމީހުންގެ ވަޒަނުން ނުކުމެގެން ދިއުމަށް ޔަހޫދީ ސިފައިން ނެރެމުންދާ އަމުރު ތަކުގެ ސަބަބުން ދެ މިލިއަނަށް ވުރެ ގިނަ މީހުން މަގުމަތިވެ ވަންނާނެ ތަނެއް ނެތި ވިއްސި ވިހާލިވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ ބުނެފައެވެ. މި ގޮތައް މަގު މަތިވެފައިވާ މީހުންގެ ތެރޭގައި ބަލި މީހުންނާއި ޒަޚަމްވެފައިވާ އެތައް ބަޔަކު ހިމެނޭ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ފަލަސްތީނު ރައްޔިތުން ގަތުލު ކުރުން ހުއްޓުމެއް ނެތި ކުރިއަށް ދާއިރު އަދި އެތައް ހާސް މީހުން އެމީހުންގެ ގޯތި ގެދޮރުން ނެރެ ބޭރުކުރަމުންދާ ދިއުމަށް ހުއްޓުމެއް ނެތް އިރު ސުލްހައިގެ ވާހަކަ ތަކުގެ ނަތީޖާ ރަނގަޅު ނުވާނޭ ކަމަށް ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވަނީ ބުނެފައެވެ.

ހަމާސް އިން މި އިންޒާރު ދީފައިވާއިރު، ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ތަރުޖަމާނު ޖޯން ކާބީ ބުނެފައިވަނީ، ގާޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ހޯމަ ދުވަހު މިސްރާއި، އިޒްރޭލާއި، އުރުދުން އާއި އެމެރިކާގެ އޮފިޝަލުން ގާހިރާ ގައި ބައްދަލުކޮށް އެއްބަސްވުމަކަށް ނާދެވި ހުރި ކަންކަމަށް ގޮތެއް ނިންމޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި، ހުސްވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުން މަރުވި މީހުންގެ އަދަދު 38،193ށް ވަނީ އަރާފައެވެ. ހަމާލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 87،903ށް ވަނީ އަރާފައެވެ. ހަމާސްގެ ހަމަލާތަކުގައި، މި މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2017

މަޑަގަސްކަރާގައި ފެތުރިފައިވާ ބަލިމަޑުކަން ސީޝެލްސް އަށް ފެތުރިއްޖެ

13 އޮކްޓޯބަރު 2017
މަޑަގަސްކަރާގައި ފެތުރިފައިވާ ބަލިމަޑުކަން ސީޝެލްސް އަށް ފެތުރިއްޖެ
10 އޮކްޓޯބަރު 2017

އިންޑިއާ ރޭޕް: 10 އަހަރުގެ ކުއްޖާ ބަލިވެ އިނނީ ބޮޑުބޭބެއަށް

10 އޮކްޓޯބަރު 2017
އިންޑިއާ ރޭޕް: 10 އަހަރުގެ ކުއްޖާ ބަލިވެ އިނނީ ބޮޑުބޭބެއަށް
29 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

މޫސަލްގެ ނޫރީ މިސްކިތް ހިފާ، އައިއެސް ބަލިކުރެވިއްޖެކަމަށް އިރާގުން ބުނެފި

29 ޖޫން 2017
މޫސަލްގެ ނޫރީ މިސްކިތް ހިފާ، އައިއެސް ބަލިކުރެވިއްޖެކަމަށް އިރާގުން ބުނެފި
24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
22 ޖޫން 2017

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު

22 ޖޫން 2017
އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު