Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހައްޖު 1438

އަހަރުގެ އެންމެ މާތް ދުވަސްތައް

11 އޯގަސްޓު 2017 | ހުކުރު 15:41

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބޮޑު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 އޯގަސްޓު 2017 | ހުކުރު 15:41
މައްކާ ހަރަމްފުޅު

މައްކާ ހަރަމްފުޅު

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެދުވަސްތަކުގައި ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ މާތް ދުވަސްތަކެކެވެ. އަދި ޘަވާބާއި ދަރުމަ އިތުރުވެގެންވާ މާތް ދުވަސްތެކެވެ. ޖާބިރު ބިން ޢަބްދިﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((أَفْضَلُ أَيَّامِ الدُّنْيَا العَشْرُ)) [صحيح الجامع ١١٣٣، صحيح الترغيب والترهيب ١١٥٠]

މާނައީ: “ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ (ޙައްޖުމަހުގެ ފުރަތަމަ) 10 ދުވަހެވެ.”

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الأَيَّامِ))

މާނައީ: “މިދުވަސްތަކަށްވުރެ ހެޔޮ ޢަމަލު ކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.”

އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((وَلاَ الْجِهَادُ فِى سَبِيلِ اللهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ))

މާނައީ: “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާ ފިޔަވައެވެ.”

[رواه البخاري والترمذي وغيره]

އަދިވެސް އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى)) [رواه الدارمي والبيهقي، حسنه الألباني في صحيح الترغيب والترهيب ١١٤٨ ]

މާނައީ: “އަޟްޙާގެ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ދުވަހު ކުރާ ޢަމަލުތަކަށްވުރެ، ﷲ ގެ ޙަޟުރަތުގައި އެޢަމަލުތަކެއްގެ އިތުރުކަން ބޮޑު އަދި މަތިވެރި އަޖުރު ލިބޭ ޢަމަލެއް ނުވެއެވެ.”

ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنَ أَيَّامٍ الْعَمَلُ فِيهَا أَفْضَلُ مِنْ أَيَّامِ الْعَشْرِ… وَلَا الْجِهَادُ فِي سَبِيلِ اللهِ إِلَّا مَنْ عَثَرَ جَوَادُهُ وَأُهْرِيقَ دَمُهُ)) [صحيح ترغيب والترحيب ۱۱٤٩]

މާނައީ: “(ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ދުވަހަށްވުރެ އެދުވަސްތަކެއްގައި ޢަމަލުތައް ހެޔޮވެގެންވާ ދުވަސްތަކެއް ނުވެއެވެ… ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ އަސް ވެއްޓި، އޭނާގެ ލޭ އޮހޮރިގެން ދިޔަ މީހާ މެނުވީއެވެ. (ﷲ ގެ މަގުގައި ޝަހީދުވި މީހާ މެނުވީއެވެ.)

މިދުވަސްތަކުގައި ޚާއްޞަކޮށް ޛިކުރުކުރުން ގިނަކޮށް ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 އޯގަސްޓު 2021

މާތްﷲގެ މަޚުލޫޤާތުތަކަށް ރަޙުމްކުރުން

15 އޯގަސްޓު 2021
މާތްﷲގެ މަޚުލޫޤާތުތަކަށް ރަޙުމްކުރުން
14 އެޕްރީލު 2021

ރޯދަ މަހަކީ އެންމެ މާތް މައްސަރެވެ.

14 އެޕްރީލު 2021
ރޯދަ މަހަކީ އެންމެ މާތް މައްސަރެވެ.
27 އޯގަސްޓު 2020

މުޙައްރަމް މަހު ރޯދަ ހިފުމުގެ މާތްކަން

27 އޯގަސްޓު 2020
މުޙައްރަމް މަހު ރޯދަ ހިފުމުގެ މާތްކަން
30 މެއި 2020

އެންމެ ތާހިރު ނަސަބުފުޅުން އެންމެ މާތް ސާހިބާ

30 މެއި 2020
އެންމެ ތާހިރު ނަސަބުފުޅުން އެންމެ މާތް ސާހިބާ
23 މެއި 2020

ޝައްވާލު މަހުގެ 6 ރޯދައިގެ މާތްކަން

23 މެއި 2020
ޝައްވާލު މަހުގެ 6 ރޯދައިގެ މާތްކަން
24 އެޕްރީލު 2020

ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

24 އެޕްރީލު 2020
ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި
27 މާރިޗު 2020

އަމިއްލަ ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ މީހުން، މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާ: ޚުތުބާ

27 މާރިޗު 2020
އަމިއްލަ ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ މީހުން، މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާ: ޚުތުބާ
29 ސެޕްޓެމްބަރު 2017

ހުކުރު ދުވަހުގެ މާތްކަން

29 ސެޕްޓެމްބަރު 2017
ހުކުރު ދުވަހުގެ މާތްކަން
29 ސެޕްޓެމްބަރު 2017

ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަން

29 ސެޕްޓެމްބަރު 2017
ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަން
12 އޯގަސްޓު 2017

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ މަތިވެރިކަމާއި މާތްކަން.

12 އޯގަސްޓު 2017
ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ މަތިވެރިކަމާއި މާތްކަން.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް