Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ސަރުކާރު

މިއީ ޑިމޮކްރަސީ އާއި ބީރައްޓެހި ސަރުކާރެއްކަން ސާބިތުކޮށްދީފި - ޑރ.ޑީޑީ

މި ސަރުކާރުން ކަންކަން ނިންމާ އިރު މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 18:56
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

މިއީ ޑިމޮކްރަސީ އާއި ބީރައްޓެހި ސަރުކާރެއްކަން މި ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ސަރުކާރުން ކަންކަން ނިންމާ އިރު މަޝްވަރާ ނުކުރާ ކަމަށް ފާހަގަކުރައްވާ ޑީީޑީ ެވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މަޝްވަރާކުރާ އިރު ވެސް މަޝްވަރާ ކުރަނީ ސަރުކާރުގެ ފިކުރަށް ތާއީދު ކުރާ ވަކި ބަޔަކާ ކަމަށާއި އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ޚިލާފުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޑިމޮކްރަސީ އަކީ ޚިޔާލު ތަފާތު މީހުންނާއި އެކުގައި ވެސް މަޝްވަރާކޮށްގެން ކަންކަމުގައި ހައްލު ހޯދުން ކަމަށާއި އެ ސިފަ މި ސަރުކާރުން އެއްވެސް ވަރަކަށް ފެނިގެން ނުދާކަމަށް ޑީޑީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ބައެއް ކަންކަމުގައި އާއްމުންނާއި މަޝްވަރާކުރާ ކަމަށް ބުނެ އޮޅުވާލުމަށް ހޮވާލާފައިވާ ވަކި ބަޔަކު ގެންގޮސްގެން ސައްލާކުރާ ކަމަށެވެ. އެހެންނަމަވެސް އެއީ ތަފާތު ޚިޔާލުތަކާއި ކަންބޮޑުވުންތައް ހޯދުމުގައި ނާކާމިޔާބު ގޮތެއް ކަމަށް ޑީޑީ ވިދާޅުވިއެވެ.

އެނާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ސަރުކާރުން ވެރިކަމަށް އައީ ކުރީ ސަރުކާރުގެ ވާހަކަ ނުދައްކާނެ ކަަމަށް އަމިއްލަފުޅަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ކަމަށާއި ނަމަވެސް ކަން ހިނގަނީ އެއާއި ދިމާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމަށް އައުމުގެ ކުރިން ކިތަންމެ ބޮޑު ދަރަންޏެއް އޮތަސް ދަރަނި ދެއްކޭނެ ސިޔާސަތުތައް ރާވާފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭނެ ކަމަށް ފާހަގަކުރައްވާ ޑީޑީ ވަނީ މި ސަރުކާރުން އަމަލުކުރާ ގޮތަށް ފާޑު ވިދާޅުވެފައެވެ. މި ސަރުކާރުން ވައުދެއް ވެއްޖެ ނަމަ އެ ވައުދާއި ޚިލާފުވާނެކަން މިހާތަނަށް އަމަލުކުރަމުންދާ ގޮތުން ފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ މަޤާމްތައް އިތުރު ނުވާނެ ކަމަށް ބުނެ އައި ސަރުކާރުގައި 2000 އަށް ވުރެ ގިނަ ސިޔާސީ މީހުން ތިބި ކަމަށް ޑީޑީ ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ބޭކާރު ޚަރަދުތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވެރިކަމަށް އައިސް އިތުރު ވުޒާރާތައް އިތުރުކުރުމާއި ނުކަތާ ވަރަށް ސިޔާސީ މަޤާމްތައް އުފެއްދުމަކީ އެއީ ބޭކާރު ޚަރަދުކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާޙިމް ދީދީރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު