Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ މާލީ ސިޔާސަތު

މި ސަރުކާރުން ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް، ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ނެތް: އަމީރު

އަމީރު ވަނީ ސަރުކާރު ހިންގުމުގައި 19 ވަނަ މަޖިލީހުން ބަޖެޓް ހަދާފައިވާ ގޮތުގެ ސަބަބުން ދަތިވާކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމަށް ވެސް ރައްދުދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ޖޫން 2024 | ހޮނިހިރު 12:32
އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުން

މި ސަރުކާރުން ވެރިކަމަށް އައިސް ޢަމަލުކުރީ ރިކަރަންޓް ޚަރަދު ބޮޑުތަނުން އިތުރުވާ ގޮތަށް ކަަމަށާއި, ދެމެހެއްޓެނެވި ވިސްނުމެއް ނެތް ކަމަށް ކުރީގެ ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ މި ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު މަސައްކަތް ކުރެއްވީ ސަރުކާރުގެ މަސައްކަތްތައް ފުޅާކުރުމަށް ކަމަށާއި އެކަން ކުރެއްވީ ވައުދު ފުއްދުމުގެ ނަމުގައި ކަމަށް އަމީރު ވިދާޅުވިއެވެ. ސަރުކާރުން އޭރުވެސް މަސައްކަތްކުރަމުން އައީ ދައުލަތުގެ ފުދުންތެރިކަމަށް ފަރުވާލެއް ބެހެއްޓުމަކާއި ނުލާ ކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ސަަބަބުން މާލީ ބޮޑެތި ގޮންޖެހުންތަކަކާއި ދިމާވި ކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހަފްތާ 14އިގެ ނަމުގައި އެތަކެއް ވައުދުތަކެއް ވެގެން، އޮފީސްތަކުގެ ބަޖެޓްތަކުން އިތުރު ޚަރަދުތައް ކުރަމުން އައި ކަމަށް އަމީރު ވިދާޅުވިއެވެ. އެކަންކަން ކޮށްފައި ވަނީ އެ ވައުދުތައް ފުއްދުމަށް ބޭނުންވާ ބަޖެޓު ހުރިކަން ޔަޤީން ނުކޮށް، އެ މަސައްކަތްތަކުގެ ދެމެހެއްޓެނެވިކަން ޔަޤީންކުރުމަކާއި ނުލާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. ހަމައެހެންމެ ރިކަރަންޓް ޚަރަދުތައް ވެސް ބޮޑުވަމުން ދިޔަ ކަމަށާއި، ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަމީރު ވަނީ ސަރުކާރުން ރިކަރަންޓް ޚަރަދުތައް ބޮޑުވާ ގޮތަށް ކޮށްފައިވާ ބައެއް ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ބަޖެޓުން ބޭރުން ގިނަ ކަންތައްތަކެއް ކުރުން ހިމެނޭ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ ސަރުކާރު ކުންފުނިތަކުގެ ޕޭރޯލް އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.

އަމީރު ވަނީ ސަރުކާރު ހިންގުމުގައި 19 ވަނަ މަޖިލީހުން ބަޖެޓް ހަދާފައިވާ ގޮތުގެ ސަބަބުން ދަތިވާކަމަށް ސަރުކާރުން ބުނަމުންދާތީ އެކަމަށް ވެސް ރައްދުދެއްވާފައެވެ. އެހެންނަމަވެސް 2024 ވަނަ އަހަރުގެ ބަޖެޓާއި 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހެދުމުގައި ވެސް، ޓްރާންސިޝަން މަރުހަލާގައި މި ސަރުކާރުގެ ފަރާތްތަކުގެ ބައިވެރިވުން ފުރިހަމައަށް ހިމަނާފައިވާނެ ކަަމަށް އަމީރު ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުގެ އިސްނެގުމަށް މި އަހަރު އާ މަޝްރޫއެއް ވެސް ހިމަނާފައި ނުވާނެ ކަމަށާއި އެ ފަދަ ހުރިހާ ކަމެެއް ކޮށްފައިވާނީ މި ސަރުކާރުން އެދުނު ގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ. ބަޖެޓުގައި ހިމަނާފައިވާނީ ޓްރާންސިޝަން ޕީރިއަޑުގައި މި ސަރުކާރުން ފޮނުވި ލިސްޓުގައި ހުރި ކަންކަން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު