Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދުތައް

މާޗް މަހުގެ ދައުލަތުގެ ޚަރަދުތައް 115.3 މިލިއަން ރުފިޔާ އިތުރުވެއްޖެ

ދައުލަތުގެ ކެޕިޓަލް ޚަރަދު ދަށަށް، ރިކަރަންޓް ޚަރަދު މައްޗަށް

ރާއްޖެ އެމްވީ | 28 ޖޫން 2024 | ހުކުރު 17:28
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - އެމްއެމްއޭ އިން ބުނެފައިވަނީ އިތުރުވެގެން ދިޔައީ ރިކަރެންޓް ޚަރަދު ތައް ކަމަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - އެމްއެމްއޭ އިން ބުނެފައިވަނީ އިތުރުވެގެން ދިޔައީ ރިކަރެންޓް ޚަރަދު ތައް ކަމަށް

މި އަހަރުގެ މާޗް މަހު ދައުލަތުން ކުރި ޖުމްލަ ޚަރަދު، ކުރީ އަހަރުގެ މާޗް މަހު ކުރި ޚަރަދަށް ވުރެ 115.3 މިލިއަން ރުފިޔާ އިތުރު ވެފައި ވާކަން ހާމަވެއްޖެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ޝާއިއު ކޮށްފައިވާ ޖޫން މަހުގެ "އިކޮނޮމިކް އަޕްޑޭޓް" ގައި ބުނެފައިވަނީ އެއީ 3% ގެ އިތުރުވުމެއް ކަމަށެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ އިތުރުވެގެން ދިޔައީ ރިކަރެންޓް ޚަރަދު ތައް ކަމަށެވެ.

މިއަހަރުގެ މާޗް މަހު ރިކަރަންޓް ޚަރަދުތަކުގެ ގޮތުގައި ޚަރަދު ކުރި މިންވަރު 559.8 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ދައުލަތުގެ ޖުމްލަ ޚަރަދުތައް ބޮޑުވިއިރު އެމްއެމްއޭ އިން ބުނެފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހު ކޮށްފައިވާ ކެޕިޓަލް ޚަރަދުތަކާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މާޗް މަހުގެ ކެޕިޓަލް ޚަރަދު ތައް 444.5 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށެވެ.

އަނެއްކޮޅުން އެމްއެމްއޭ އިން ބުނެފައިވަނީ ދައުލަތައް މާޗް މަހު ލިބުނު ޖުމްލަ އާމްދަނީ ކުރީ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު 560.3 މިލިއަން ރުފިޔާ މައްޗަށް ގޮސްފައިވާ ކަމަށެވެ. އާމްދަނީ 20 އިން ސައްތައިގެ ކުރިއެރުމެއް ލިބުނު އިރު އެއީ ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އިތުރު ވުމުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި، މާޗް މަހު ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 671.1 މިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފައިވެއެވެ. އެހެން ނަމަސްވެސް ޓެކްސް ނޫން ގޮތުގައި ލިބުނު ފައިސާ ވަނީ 117.1 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު