Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަމީރު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅު

ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާ ބައްދަލު ކުރައްވައިފި

26 ޖޫން 2024 | ބުދަ 02:39

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކުގެ ކަންބޮޑުވުމުގެ ވާހަކައެއް ނެތް

ރާއްޖެ އެމްވީ | 26 ޖޫން 2024 | ބުދަ 02:39
ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާ ބުދަ ދުވަހު ވޮޝިންގޓަން ގައި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން "އެކްސް" ގައި ވިދާޅުވެފައިވަނީ، އެމެރިކާ އާއި ރާއްޖެ އާ ދެމެދުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުންނާއި، އިގްތިސާދީ ތަރައްގީ އާއި ކަނޑުމަތީ ސަލާމަތާ ބެހޭ ދާއިރާ ތަކުން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރާ މަޝްވަރާ ކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

އެމެރިކާ އަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު ދަތުރުފުޅެއް ކުރައްވާ މި ދަނޑިވަޅަކީ އިޒްރޭލުން ގާޒާގެ ފަލަސްތީން ރައްޔިތުންނަށް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ދެމުންދާ ދަނޑިވަޅެއް ކަމަށް ވާއިރު މިކަމުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ އަށް ހުށަހަޅާނެ ކަމަށް ރާއްޖޭގެ ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް އެފަދަ ވާހަކަތަކެއް ދެކެވުނު ކަމަކަށް ބްލިންކަން ވިދާޅުވެފައި ނެތްކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ރާއްޖެ އާއި އެމެރިކާގެ ޚާރިޖީ ވަޒީރުން މި ބައްދަލު ކުރެއްވީ، ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް ސަރުކާރުން ނިންމި ކަން އިއުލާން ކުރުމާ ގުޅިގެން އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް ދޭ އެމެރިކާގެ އެހީ ހުއްޓުވުމަށް އެމެރިކާގެ ކޮންގްރެސް އަށް ބިލެއް ހުށަހެޅުމަށް ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެމިއަރ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާގައި ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

ޒަމީރު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގައި ޔޫއެސް އެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާ ވަނީ އަންގާރަ ދުވަހު ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމަށް ފަހު ޒަމީރު "އެކްސް" ގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްގީއަށް ޔޫއެސްއެއިޑް އިން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރެއްވި ކަމަށެވެ. އަދި ޔޫއެސްއެއިޑް އާ ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރައްވާ އިތުރަށް ފުޅާ ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ އަށް ޒަމީރު ދެއްވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޒަމީރު މި ދަތުރުފުޅުގައި އެމެރިކާއަށް ވަޑައިގަތީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންފޮރިން މިނިސްޓަރު މޫސާ ޒަމީރުއެމެރިކާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް