Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ދަރަނި

ރައީސް މުއިއްޒު ދަރަނި ދައްކަވަން 13 ބިލިއަން ހޭދަކުރެއްވުމުން ދެން ހިނގި ޚަރަދުތައް ފޫބެއްދީ ކިހިނެއްތޯ ސުވާލު އުފެދިއްޖެ!

ބާކީ އޮތީ 13 ބިލިއަން، ހަމަ އެކަނި ދަރަނި ދައްކަން؟

ރާއްޖެ އެމްވީ | 24 ޖޫން 2024 | ހޯމަ 09:44
ރައީސް މުއިއްޒު 13 ބިލިއަން ރުފިޔާ ދަރަންޏަށް ދެއްކެވި އިރު، މި އަހަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން އެބަފެނޭ

ރައީސް މުއިއްޒު 13 ބިލިއަން ރުފިޔާ ދަރަންޏަށް ދެއްކެވި އިރު، މި އަހަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން އެބަފެނޭ

ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި 13 ބިލިއަން ރުފިޔާ ކުރީ ސަރުކާރުގެ ދަރަނި އަދާ ކުރަން ދައްކަވައިފި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވުމުން އެކަމާ މުހިންމު ސަވާލުތަކެއް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ކުރައްވައިފިއެވެ.

"ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި އަޅުގަނޑުމެން މި އޮތީ ދައްކާފައި." ރައީސް މުއިއްޒު ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް އާދިއްތަ ދުވަހުގެ ރޭ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

މުއިއްޒުގެ މި ވާހަކަފުޅާ ގުޅިގެން ކުރީގެ މާލީ ވަޒީރުގެ އިބްރާހިމް އަމީރު "އެކްސް" ގައި މުހިންމު ސުވާލުތަކެއް ވަނީ ކުރައްވާފައެވެ.

އަމީރު ފާހަގަ ކުރައްވާ ނުކުތާ އަކީ، ރައީސް މުއިއްޒު 13 ބިލިއަން ރުފިޔާ ދަރަންޏަށް ދެއްކެވި އިރު، މި އަހަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން އެބަފެންނަ ކަމަށެވެ. އަމީރު ވިދާޅުވީ، ސަރުކާރުން އާއްމު ކޮށްފައިވާ ހިސާބުތަކުން މުސާރަ އަށް ޚަރަދު ކޮށްފައިވަނީ އެ މުއްދަތުގެ ތެރޭގައި 5 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން ދެން ބަޖެޓުން 13 ބިލިއަން ރުފިޔާ އަކީ ހުސް ކުރީ ސަރުކާރުގެ ދަރަނި އަދާ ކުރަން ދެއްކި ފައިސާ އަށް ވެއްޖެ ނަމަ، ސަރުކާރުން ދެން އިތުރު އެއްވްސް ކަމެއް ކުރާނެ ފައިސާ އެއް ހުންނާނެ ގޮތެއް އޮވެގެން ނުވާނެއެވެ.

އެހެން ކަމުން އަމީރު ކުރައްވާ ސުވާލަކީ، "މި ސަރުކާރުން އޮފީސްވެސް ނުހުޅުވަނީތޯ؟ ޑްރޯންވެސް ނުގަންނަނީތޯ؟ ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރުވެސް ނުކުރައްވަނީތޯ؟" އެވެ.

މި ކަންކަމަކީ ޔާގީނުންވެސް ހިނގި ކަންކަން ކަމަށް ސާފުކޮށް ފެންނަ ހުރި އިރު، އެކަންކަމަށް ހިނގި ޚަރަދު ފޫބެއްދީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. ދައުލަތުގެ ބަޖެޓުން މި ޚަރަދުތައް ކުރިނަމަ ރައީސް ޑރ. މުއިއްޒު އެވިދާޅުވާ ވަރަށް ދަރަނި ދެއްކޭނެ ގޮތެއް ނޯންނާއެވެ.

އަމިރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޚަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ޚަރަދުކޮށްފި ކަމަށެވެ. އޭގެ އިތުރުން މުސާރަ އާއި ދައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެ ކަމަށެވެ.

އަމީރު ވިދާޅުވެފައިވަނީ ކުރިން 700 ގައި ހުރި ސިޔާސީ މަޤާމްތައް މިހާރު 2000 އަށް ވުރެ މަތީގައި ހުރި ކަމަށެވެ.

މި ހުރިހާ ކަމަކީވެސް ޚަރަދުތައް ކުޑަ ވުމުގެ ބަދަލުގައި ޚަރަދުތައް ބޮޑުވާނެ ކަންކަމަށް ވާތީ، އެކަންކަމުގެ ޚަރަދުތަކަށް ހިނގިއެއްޗެއް ޑރ. މުއިއްޒުގެ ހިސާބުތަކުގައި ހިމެނުމުން، މި ވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި 13 ބިލިއަން ދަރަނި އަދާ ކުރުމަށް ހޭދަ ކުރުމުން ދެން ހިނގި ޚަރަދުތައް ފޫބެއްދި ގޮތާ މެދު ސުވާލު އުފެދެއެވެ.

ޑރ. މުހައްމަދު މުއިއްޒުރާއްޖޭގެ ބަޖެޓްކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު