Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިހާންގެ ކޮރަޕްޝަން މައްސަލަތައް

ނިހާންގެ މައްޗަށް ކުރާ ހުރިހާ ދައުވާ އެއް އަނބުރާ ގެންނަން ނިންމައިފި

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމާއި، އަދި މަނީ ލޯންޑްރިންގެ ފަދަ ސީރިއަސް މައްސަލަތައް ހިމެނޭ

ރާއްޖެ އެމްވީ | 7 ޖޫން 2024 | ހުކުރު 10:52
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު

ރައްޔިތުންގެ މަޖިލީހުގެ ބިއުރޯ ޗީފް ކަމުގެ މަގާމަށް ހުސްވި ހަފްތާގައި ހަމަޖެއްސި އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ކުށުގެ ބޮޑެތި ދައުވާތައް އަނބުރާ ގެންނަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައްސަލަތައް އަނބުރާ ގެންނަން ނިންމި ކަން ރާއްޖެއެމްވީ އަށް ޕީޖީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ނިހާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ނަގަން ނިންމި އިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމާއި، އަދި މަނީ ލޯންޑްރިންގެ ފަދަ ސީރިއަސް މައްސަލަތައް ހިމެނެއެވެ.

ނިހާންގެ މައްޗަށް ކުރި ތުހުމަތު ތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ މަގާމުގައި ހުރެގެން ނާޖާއިޒް ގޮތުން ގިނަ އަދަދެއްގެ ފައިސާ އާއި އަގުބޮޑު ގަޑި އާއި މުދާ ހޯދުން ހިމެނެއެވެ.

މީގެ އިތުރުން ނިހާންގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ނުހައްގުން ހޯދި 150،000 (ދޮޅު ލައްކަ) ޑޮލަރު ބޭނުން ކޮށްގެން ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއް ގަތުން ވެސް ހިމެނެއެވެ.

ކޯޓުގައި ހުރި ނިހާނުގެ މައްސަލަތައް އަނބުރާ ނަގަން ނިންމި އިރު ނިހާން ކުށް ކޮށްގެން ހޯދި ކަމަށް ބެލޭ މުދާތައް ދައުލަތައް ނެގުމަށް ކޯޓުގައި އޭރު އެދުނެވެ.

ހުސްވި ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ބިއުރޯ ޗީފްކަން ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. އަބްދުއްރަހީމްގެ ބިއުރޯ ޗީފްގެ މަގާމުގައި ނިހާނު ހުންނަވާއިރު، އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝަރުއީ ދާއިރާ ރެގިއުލޭޓް ކުރާ މުއައްސަސާ ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް އިންނަވާނެއެވެ.

މަނީ ލޯންޑަރިންގއެމްއެމްޕީއާރްސީމަޖިލިސް ބިއުރޯ ޗީފް އަހުމަދު ނިހާން ހުސައިން މަނިކް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
09 ނޮވެމްބަރު 2025

އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު

09 ނޮވެމްބަރު 2025
އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު