ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 11:46
އިޒްރޭލުން މި ބިރުވެރި ހަމަލާ ދީފައިވަނީ ބުރާސްފަތި ވިލޭރޭ ފަތިސްވުމާ ގާތް ވެފައިވަނިކޮށް
އިޒްރޭލުން މި ބިރުވެރި ހަމަލާ ދީފައިވަނީ ބުރާސްފަތި ވިލޭރޭ ފަތިސްވުމާ ގާތް ވެފައިވަނިކޮށް
އަލް ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ސްކޫލް އިމާރާތަކަށް އިޒްރޭލް ސިފައިން ބޮން އަޅާ 32 ފަލަސްތީން މީހުން މަރާލައިފި
ނުސީރަތު ކޭޕްމްގައި ހުންނަ މި ސްކޫލް އަކީ ގެދޮރު ގެއްލިފައިވާ އެތައް ހާސް ފަލަސްތީން މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެއް
މަރުވި މީހުންނާ ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ބައިވަރު ކުޑަކުދިންނާ އަންހެނުން ހިމެނޭ

ގާޒާގެ މެދުތެރޭގައި ހުރި ސްކޫލް އިމާރާތަކަށް އިޒްރޭލު ސިފައިން ބޮން އެޅުމުގެ ސަބަބުން މަދުވެގެން ފަލަސްތީނުގެ 32 މީހުން މަރުވެއްޖެ ކަމަށް ފަލަސްތީންގެ ވަފާ ނޫހާއި ހަވާލާދީ އަލް ޖަޒީރާ އިން ބުނެފިއެވެ.

ހަމާސް އިން ބުނީ މި ހާދިސާގައި އެތައް ބައިވަރު ކުޑަކުދިންނާ އަންހެނުން މަރުވި މީހުންނާ ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އިޒްރޭލުން މި ބިރުވެރި ހަމަލާ ދީފައިވަނީ ބުރާސްފަތި ވިލޭރޭ ފަތިސްވުމާ ގާތް ވެފައިވަނިކޮށްނެވެ.

ފަލަސްތީންގެ ވަފާ ނިއުސް އެޖޭންސީން ބުނެފައިވަނީ، ނުސީރަތު ކޭޕްމްގައި ހުންނަ މި ސްކޫލް އަކީ ގެދޮރު ގެއްލިފައިވާ އެތައް ހާސް ފަލަސްތީން މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އޮފީހުން ހަމަޖައްސާފައިވާ ތަނެއް ކަމަށެވެ.

ގާޒާގައި އޮންނަ ހަމާސް ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ އިސްމާއީލް އައް ތަވަބްތާ އާ ހަވާލާދީ އަލް ޖަޒީރާ އިން ބުނީ، ގާޒާގެ މެދުތެރޭގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލަށް މަރުވެފައިވާ މީހުންނާއި ޒަޚަމަވެފައިވާ މީހުން ގިނަ އަދަދަކަށް ގެނެސް ހޮސްޕިޓަލު ތޮއްޖެހިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގެ ކެޕޭސިޓީއަށް ވުރެ 3 ގުނަ އިތުރަށް ޚިދުމަތްދޭން ޖެހިފައިވާ ކަމަށެވެ.

އިޒްރޭލުން ވަނީ މި ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. މި ހަމަލާގެ ބަހަނާއެއް ގޮތުގައި ބުނެފައިވަނީ، އިޒްރޭލުގެ ފައިޓަރ ޖެޓް ތަކުން ހަމަލާދިނީ ސްކޫލެއްގެ ތެރޭގައިވާ ހަމާސްގެ ކޮމާންޑް ޕޯސްޓަކަށް ކަމަށެވެ. އިޒްރޭލުން ބުނީ ބޮން އެޅުމުގެ ސަބަބުން އިޒްރޭލަށް ހަމަލާ ދިނުމަށް ރާވަމުން ދިޔަ ޓެރަރިސްޓުން ތަކެއް ނައްތާލެވިފައިވާ ކަމަށެވެ.

ހަމާސް އިން ވަނީ ސްކޫލްގެ ތެރޭގައި ހަމާސްގެ ކޮމާންޑް ޕޯސްޓެއް ހުރި ކަމަށް އިޒްރޭލުން ބުނާ ވާހަކަ ދޮގުކޮށްފައެވެ.

ހަމާސްގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ އާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ޔަހޫދީ އިޒްރޭލަކީ އާއްމުންނަށް އޮޅުވާލުމަށް އަބަދުވެސް ދޮގު ހަދާ ބައެއް ކަމަށާއި، މައުސޫމް އެތައް ބަޔަކު މަރަން މިފަހަރުވެސް ދެއްކި ސަބަބަކީ ބޮޑު ދޮގެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް